އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި އެމްބިއުލާންސެއްގެ ދަށުވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ސައިކަލް ދުއްވާފައި ދަނިކޮށް ފަހަތުން އައި އެމްބިއުލާންސަކުން ޖެހި އަނިޔާވެފައި ވަނީ 18 އަހަރުގެ ޒުވާނަކަށެވެ. އެމްބިއުލާންސުން ޖެހި އޭނާ އެމްބިއުލާންސްގެ ދަށުވިއެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ވެސް އެކްސިޑެންޓް ހިނގިތާ ވިއްސަކަށް މިނެޓް ފަހުންނެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނާ ގޮތުގައި ޒުވާނާގެ ބޭރުފުށުން ބޮޑެތި އަނިޔާތަކެއް ފެންނަން ނެތް ނަމަވެސް އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޓެސްޓްތަކުން ދައްކާތީ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭނާ އަށް މިހާރު ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި އެމްބިއުލާންސާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    ތިޔަ އެމްބިއުޅެންސް ތައް ޖެހޭނެ ލައިޓް އަށް މަޑުކުރަށް، 40 ހަކަށް ސުކުންތު ލައިޓްގައި މަޑުކުރިޔަސް މީހަކު މަރެއް ނުވާނެ، މަޑުނުކޮށް ދިޔަސް ވާން ހުރިކަމެއްވާނެ. މާނުރައްކާ ބޮޑު ލައިޓް ފަޅާފަ ދިޔާމަ. ގިނަފަހަރު ދަނީ އިމަޖެއްސީ ވެގެނެއްވެސް ނޫން

    2
    5
  2. ރަދީފްއޮފިޝިއަލް / ސ.ހިތަދޫ މޫލެކެޑެ ބެދި ސަރަހައްދުން

    ފަހަތުން އައިސް ޖެހުނީމަ ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް.އެމްބިއުލާންސްގެ ޑްރައިވަރގެ މައްސަލަ ވެސް އެބަ އޮތް މިކަމުގަ. (އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް'' މިނޫން ގޮތެއް އައްޑުއަށް ފެންނާނެ ބާ؟؟ ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން.

  3. އިންބެރެޑް

    ފަހަތުން އައިސް ޖެހުނަސް ކުރިމަތިންޖެހުނަސް އެންބިއެލެންސްގެ ސައިރަން އަށް އިޖާބާދޭންޖެހޭނެ.

    12