އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި އެމްބިއުލާންސެއްގެ ދަށުވި މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ސައިރަން އަޅަމުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެމްބިއުލާންސްއެއް ގޮސް ސައިކަލެއްގައި ޖެހިފައި މީހާ އެމްބިއުލާންސް ދަށުވީ މިއަދު ހަވީރުއެވެ.

އޭގެ 20 ވަރަކަށް މިނިޓް ފަހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހިތަދޫގައި އެމްބިއުލާންސްއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަަމށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ/

އަދި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައްޑޫ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.