ދެ ސައިކަލެއް ޖެހިގެން އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ހިރިގާ މަގުގައެވެ.

މި އެކްސިޑެންޓް ހިނގިއިރު ކޮންމެ ސައިކަލެއްގައި އިނީ އެކަކެވެ. އެ ދެ މީހުންނަށްވެސް އަނިޔާވެގެން އެމްބިއުލާންސްގައި މިހާރު ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ދެ ސައިކަލެއް ޖެހިގެން އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓް - ވަގުތު އިމޭޖްސް

ދެ މީހުންނަށް ލިބުނު އަނިިޔާތަކުގެ ތަފްސީލެއް އަދި ނޭނގެއެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުގައި ފުުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ދެ ސައިކަލަށްވެސް ގެއްލުންތަކެއް ވަނީ ވެފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.