މަޖިލިސް އަށް ހާޒިރު ނުވެ އެލަވަންސް ނެގުމަކީ ކުރި ކުށެއް ކަމަށް ހިތަދޫ ދާއިރާގެ މެމްބަރު ޢަލީ ނިޒާރު އެއްބަސް ވެއްޖެއެވެ.
މެންބަރު ނިޒާރު މިކަމަށް އެއްބަސްވެފައިވަނީ މީސް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއެއްގައެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި މެންބަރު ނިޒާރާއި ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް ނިސްބަތްވާ ފަރާތަކާއި ދެމެދު ކުރެވުނު ހޫނު ޒުވާބެއްގައި މެންބަރު ނިޒާރު މި ސަރުކާރުން އައްޑޫ ސިޓީއަށް ކޮއްދިނީ ކޮންކަމެއްހޭ ސުވާލުކުރުމުން ޕީޕީއެމް އަށް ނިސްބަތްވާ ފަރާތުން ވަނީ މެންބަރު ނިޒާރު މަޖިލީހުގެ ޖަލްސާތަށް ބޮއިކޯޓްކޮށް ފެށުނީސުރެން ޖަލްސާތަކަށް ހާޒިރުނުވެ އެލަވަސްނަންގަވަނީ ކީވެއްގެންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި މެންބަރު ނިޒާރު ވަނީ ވަރަށް ސީދާ ބަހުން އެއީ ކުރެވުނު ކުށެއް ކަމަށް އެއްބަސް ވެފައެވެ.
އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުނުވެ މުސާރަ އާއި ކޮމެޓީ އެލަވަންސް ނަންގަވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އިދިކޮޅު ގިނަ މެންބަރުން މަޖިލިސް ޖަލްސާތަށް ބޮއިކޯޓް ކުރާ މައްސަލާގައި "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގެމަނަފުށި ދާއިރާގެ މަޖިލިސް މެންބަރު ޖަމީލު އުސްމާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަކިހުވައެއް ކޮއްގެން ތިބި ބައެއް ކަމަށާއި މުހިންމު ވޯޓުތަށް ނުނެގިދާ މައްސަލާގައި ހާޒިރުނުވާ ހުރިހާ މެންބަރުން ޒިންމާ ނަގަން ޖެހޭ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގައިވެސް އެބަ ލަަޒިމު ކުރޭ މަޖިލީހުގައި އަހާ ވޯޓުގައި ބައިވެރިވާން ވާނެ ކަމަށް , ވަކި ކޮޅަކަށް ވޯޓް ނުދެއްވިޔަސް މަޖިލީހުގެ ޖަލްސާގައި އިންނަވަން ވާނެ ކަމަށް" ޖަމީލް އުސްމާން ވިދާޅުވިއެވެ.
ޖަމީލު އުސްމާން ވިދާޅުވީ ގިނަ މެންބަރުން ފެންނަނީ މަޖިލިސް އަށް ހާޒިރުވުމަށް ފަހު ފޮތުގައި ސޮއިކޮށް ސައިކޮޓަރީގައި ތިއްބަވާތަން ކަމަށެވެ. އަދި މުހިންމު ބަހުސްތަކުގައި އެބޭފުޅުންގެ ބަސްވެެސް އިއްވާތަނެއް ނުފެންނަކަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ މިހާރުގެ މުސާރަ އަކީ 62،500ރ. އެވެ. އެއީ ބޭސިކް މުސާރައިގެ ގޮތުގައި ލިބޭ 42،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އެވެ. މީގެ އިތުރުން ކޮމިޓީ ތަކަށް ހާޒިރުވާ ނިސްބަތުން ކޮމިޓީ އެލަވަންސް ވެސް މެންބަރުންނަށް ލިބިވަޑައިގަންނަވަ އެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ވެސް ގިނަވެގެން ލިބިވަޑައިގަންނަވާނީ 20،000ރ. އެވެ.
ތިއަޑު އެކަނިދޯ އިވުނީ. ވެރިކަން ކުރާ މީހުން ތި ރަށަށް ކޮށްދިން ކަމެއް ބުނެދެވުނުތަ؟؟ ބޮޑުވަރު ވަކި ކޮޅަކަށް ޖެހުނަސް ތި
ސަރުކާރުން ކޮށްދޭ ކަންކަން ފެންނާނީ، ފެންނަ ޙާލަތުގައި ތިބިބަޔަކަށް، އެމްޑީޕީ ސަރުކާރުން މަގުމެދަށް އެޅި ތާރުގަނޑަށާއި އަދި އީސީސީ ހަދާފަ ފައިސާ ނުދީއޮތް އެތައް މިލިޔަން ރުފިޔާ ދައްކާ ހަލާސްކުރީ މިސަރުކާރުން، މަގުމެދަށް އަޅާފައިވާ ތާރުގަނޑު ފިޔަވައި މަގުތަކުގެ ދުވާރު ހަދައިމަގު ކުރަހާ ސައިން ބޯޑުތައްޖަހާ މަގު ރަގަޅު ފެންވަރަކަށް ހެދީވެސް މިސަރުކާރުން، 100 އެނދުގެ ހޮސްޕިޓަލެއް ހަދާ ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭ ހުޅުވޭވަރުވާނެ، ނަރުދަމާ އާއި ސާފުބޯފެން ފޯރުކޮށް ދިނުމަށް ކުރަންހެޖޭ މަސައްކަތް ދަނީ މިހާރުވެސް ކުރަމުން މިއީ ކައުންސިލް މެންބަރުންގެ ދުއްތުރާލާއެކުވެސް ހިތަދޫއަށް ކޮށްދެވިފައިވާ ކަންކަން، ދެން އެހެން ރަށްރަށް ބެއްޔަސް މިފަދަ ކިތަންމެ މަޝްރޫއެއް ކުރިޔަށް އެބަދޭ،
ކޯޑިނޭޓަރައް ބުނެދެވުނު ތޯ ޔާމީން ސަރުކާރުން ކޮއްދިން ކަމެއް. އެވާހަކަ ވެސް ޚަބަރުގަ ހިމަނާލި ނަމަ ތިލަފަތް ހަމަހަމަ ވީސް ނޫން ތޯ.މިނިވަން ނޫސް ވެރިކަމެއްގަ ދެފަރާތުގެ ވާހަކަ ހަމަ ހަމަ ކަމާއެކު ގެނެސް ދޭން ވާނެ ނޫން ތޯ؟
މަޖިލީހުން ވައްކަން ކުރީ ދެއްތޮ މީ އެމްޑީޕީ ގެ ތަސައްވުރު ކިހާރީތި
ޢެހެންމީހުންނައް ކރަޕްސަނައް ވައްކަމައް ގޮވާއިރު ތިމާ މިހުރީ ހަރާންލާރި ކައިގެން
މާދަން ބުނޭ މަގޭބޮލުގަ ފާހާނާ ދޮންނަ ބުރުސް ޖައްސައިގެން ބިރުދެއްކީޢޭ އެއީ ތިމަންނަ ބުނިއެއްޗެއްނޫނޭ.. މީ ކަލޭމެން ގެ ކެނެރީގެ ފާދިރީ ކަލޭމެންނަށް ދަސްކޮށްދިން ފިލާވަޅު. އަހަރު ދުވަސްވާއިރު ވެސް ކުށެއްކަން ކަލެއަށް ނޭގުނީ އަބަހައްދަވެފައި ހުރީމަތަ؟
ތިއޮތީވާމޮޅުކަމެއް ކުރެވިފަ! ޥެހޭތާގަ ފެންނެގޭނީ. މަޖްލީހަށްނުވަދެ މުސާރަވެސް އެލަވަންސްވެސް. އެކަމަކު ޚިޔާނާތުގެވާހަކަ ދައްކާ ދައުލަތުގެ ފާއިސާ ނަގާވާހަކަ ދައްކާ މީހެއް! ތާހިރުކަމެއް ނެތް. ދެން ކޮންޙައްޤެއް ހޯދައިދެވޭނީ؟ ޢެކަމަކު އަމިއްލަޔަށް އިޢްތިރާފު ވެ ޕަބްލިކަށް ހާމަކުރީތީ މަޢާފުކޮށްފިން.
އަނެއްކާވެސް ފައިސާ ނަގާނީ.......... އެއީ ކަލޭމެންގެ ކަށީގައި ހިފާފައި ހުންނަ ކަމެއް! ބަޅެއްގެ ނަގޫ ހާސް އަހަރުވަންދެން ސަންފާ އޮނަކަށް ލާފައި ބޭއްވިއަސް ތެދެއްނުވާނެ!
މިވިޑިއޯއިން ނިޒާރު ކުރި ސުވާލަކަށް ޕީޕީއެމްގެ އެކްޓިވިސްޓު މުއާޒަށް ޖަވާބެއް ނުދެވުމަކީ އޭނާ އައްޑޫ ދަރިއަކަށްވެހުރެ ލަދުގަންނަންޖެހޭ ކަމެއް...ނިޒާރު މުއާޒު ކައިރިން އެހީ ޔާމީން އައްޑޫގެ ތަރައްގީއަށް ކޮށްދިނީ ކޮންކަމެއްހޭ؟ ދެން އެއްވެސް ޕްލޭނެއް ނެތި ޕާކެއް ހެދުމުގެ ނަމުގަ ދިދަ ދަނޑި ތަޅާ އެތަން އެކްސްކަވޭޓަރަކުން ކޮނެ ކޯރުހެދުމަކީ އައްޑޫ ރައްޔިތުން ޤަބޫލުކުރާނެ ކަމެއްނޫން...އަބުހަރީ ޒުހައިރު ޕާޓީ އެކްޓިވިސްޓުންނަށް ގޯތިބަހަނީ ކޮން ޤަވާއިދެއްގެ ދަށުން؟ ހަސަން ޒުހައިރު އަށް އޮޑައްސައު ޝޫރާ މިސްކިތް ކައިރިން ގޯތިދޭން އުޅެނީ ކޮންގޮތަކަށް ބަލާފަ
އާނ ކަލޯ އައްޑުއަށްވެސް އަދި ރާއްޖޭގެ އެހެން އެއްވެސް އަތޮޅަކަށް މި ސަރުކާރުން ނެތް އެއްވެސް ކަމެއް ކޮށްދީފައެއް. ރާއްޖެއަށް އައި ތަރައްޤީއެއް އައިސްފައިވަނީ 2008 ނޮވެމްބަރު 11 އިން ފެށިގެން 07 ފެބްރުވަރީ 2012 ދެމެދު،
އަޅެ މީ ކިހިނެއް ވެފައި ތިބި ބައެއްތަ. ތިމާ ސަޕޯޓުކުރާ މީހާކުރާ ކަންކަން ފިޔަވައި އެހެން ކަމެއް ނުފެންނަނަމަ ކޮންމެވެސް މައްސަލައެއް އެމީހާގެ ކިބައިގައި ހުރީއެވެ.
ހަރާމް ފައިސާ
ވީމާ ތީ ނަންބަރ 1 ޚާއިނެއްތާ!
ގުއި ރެވޭ ވަރަށް ރުޅި އައިސް ފުފިފަ ހުރެތަ ތިހެންވެސް ކަލޭ ބުނީ. އަޅެ ދޮގު ނަހަދާ ބުނެބަލަ.
ބަލާބަލަ ވަގުންތައް. ޓެކުމުން ފޭރިގެން ތިތިބެނީ އަލިފާން ކައިގެން. އަނގަ ހުޅުވަން ލަދެއް ނުގަނޭނު ވަގުންތައް.
ކަލޭ ބަލާލީމަވެސް އެގޭ އެހާ ރަގަޅު މީހެއްނޫންކަން، މަކަރާއި ހީލަތުން ދިވެހި ރައްޔިތުން އަތުން އެތައްހާސް ރުފިޔާއެއް މަހެއްގެ މައްޗަށް ނަގައިގެންތިބެ، ތިބުނަނީ ތިމަންނާމެންނޭ އެންމެ އިޙުލާސްތެރީ ތިމަންމެން މިތިބީ ރައްޔިތުންގެ ޚިދުމަތުގައޭ ލަދެއް ހަޔާތެއް ނެތެއްނުން
ރައީސް ޔާމީންގެ އަމިއްލަ ރިސޯޓެއްހެން ހިންގާ ތަނަކަށް ވަންނާކަށް ނުވެސް ޖެހޭ. މަޖިލިސް ރައްޔިތުންގެ ތަނަކަށް ބަދަލުވެ ޤާނޫނާ އެއްގޮތަށް ކަންތައް ކުރީމާ ނިޒާރު ކީއްކުރަން، ހުރިހާ މެންބަރުންވެސް ވަންނާނެ...
އެހެންވިއްޔަ ތިކުށުގެ އަދަބު މަޖިލިހަށް ހުށައަޅައިގެން ފާސްކޮށް އަދަބު ލިބިގަންނަންވީނު ތިގުރޫޕްގެ އެއްމެން. ތި އެއްބަސްވީ ރަޢިއްޔަތުންގެ ފައިސާ ނުހައްގުގޮތުގަ ބޭނުން ކުރިކަމަށް އަވަހަށް އެފައިސާ ދައްކާ ހަލާސްކުރޭ
ކުށެއްކޮއްފިއްޔާ އެކުށަށް އަދަބެއް ލިބިގެން ތިލަފަތުގެ ދެކޮޅުހަމަވާނީ . މީވަރަށްވާހަކަ