އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު މެދުކަނޑާލީ މިހާރު މަޝްރޫއު އޮތް ގޮތުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ފާހަގަވުމުން ކަމަށާއި ގެއްލުން ކުޑަ ގޮތްތައް ހޯދުމަށް ފަހު އެ މަޝްރޫއު ފެށިގެން ދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝައުނާ ހާޒިރުވުމުން މެންބަރުންނަށް ސުވާލު ކުރައްވަން ދިން ފުރުސަތުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމާއި ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ އައްޑޫ މަރަދޫއާއި މަރަދޫފޭދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ވިދާޅުވިއެވެ.

އައްޑުއަށް އުފަން މިނިސްޓަރު ޝައުނާ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ތައްޔާރު ކުރި އީއައިއޭ ރިޕޯޓުން ފެނުނު ކަމަކީ އައްޑޫގެ ފަޅުން ބޮޑު ބައެއް ހިއްކާތީ އަންނާނެ އަސަރުތަކެއް ހުރި ކަން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މެންދުރު ފަހު 2:30 ގައި ބައްދަލު ކުރަން އެބަ އޮތް ޕްލޭނިން މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީއާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަނަލް އެޖެންސީއާއި އެކު، މި ބައްދަލުވުމުގައި އަޅުގަނޑުމެން މަޝްވަރާ ކުރާނެ،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި އެކު ކުރެވޭ މަޝްވަރާތަކުން، އެ މަސައްކަތް ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތެއްގައި ގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ގޮތެއް ހޯދުމަށް ފަހު، އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫގެ ތަރައްގީއަކީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މޫސުމަށް މި އަންނަ ބަދަލުތަކާއި އެކީ، އައްޑޫގެ ރީތި ކަމާއި، އައްޑޫގެ ވެއްޓާއި، އައްޑޫގެ މާހައުލީ ނިޒާމު ރައްކާތެރި ކުރެވޭނެ ގޮތްތަކާއި މެދު ވެސް ވިސްނާފައި ކުރަން ޖެހޭ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އެއް ބިިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ދިމަ ދިމާލުން 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

މި މަޝްރޫއަށް ނެގުމަށް ހަމަޖެހިފައި ވަނީ 6.9 މިލިއަން ކޮޑި މީޓަރުގެ ވެއްޔެވެ. އެއީ 465 ފުޓްބޯޅަ ދަނޑަށް ދެ މީޓަރު އުސްމިނަށް އެޅޭނެހާ ވެއްޔެވެ. ވެލި ނަގާ އެ ދެ ސަރަހައްދު އެއްކޮށްލުމުން އެއީ މުޅި އެތެރެވަރީގެ %42 އެވެ.

އީއައިއޭ ރިޕޯޓުގައިވާ ގޮތުން، މިހާރު ހުށަހަޅާފައިވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނައިގެ މައްޗަށް ވެލި އެޅި ވަޅުލެވިގެންދާނެއެވެ. ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަގުކޮށްފި ނަމަ 21 ހެކްޓަރުގެ މުރަކައިގެ ސަރަހައްދުގެ އަގު 858-343 މިލިއަން ޑޮލަރަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    އައްޑޫ ފުރިގެން ތޮއްޖެހުނީތަ؟

    8
    1
    • ދޯދީ

      2018 ގަ ތިހެން ބުނަން ނޭގުނު ދޯ.... ދެން 2023 ހަށް ހިއްކަން ބުނެލާ ... މޮޔަ ގޫބައްޑާ

  2. ލަފާ

    އައްޑޫގެ ބިންހިއްކުމަށް ގެއްލުން ކުޑަގޮތެއް ކަމަށް ބެލެވެނީ
    ހިލަވެލި ގެނެސްގެން އެތަން ހިއްކުމެވެ އައްޑޫގެ އެތެ ރެ
    ވަ ރިން ވެލި ނެގުން ނު ރައްކަލެވެ

    9
    2
  3. ނަގުލު ފިއްތި

    ތިކަން ދެން ތިނިމުނީ. އައްޑޫގަ ކަމެއް ކިރަން ޖެހިއްޖެއޔާ ތިމާވެއްޓަކުން ސަލާމަތް ނުވެގެން އުޅެން ޖެހެނީ.

    11
    4
  4. ބެއްޔާ

    މީނާއަށް ފައިސާކޮޅެއް ދެނިކޮށް ވަރަށް އަވަހަށް ތިކަންހަމަޖެހޭނެ.

    12
    1
  5. ލަކީ

    ޙެހެ ތިބުނާ މުރަކަ ތަކަކީ މިރަށުގަ ހުރިޑިންގީ ތައް ޑިންގީ ބާްއްވަން ޖެހެނީ ގެ ކާރީގަ އެހެންވީމަ މުރަކައިގެ ވާހަކަ މި ދެއްކެނީ ކޮބާ ހުޅުމާލެ ހިއްކީމަ މުރަކައެއްނެއް ސ.ފޭދޫ ވަށައިގެން ހިއްކީމަ ތިމާވެއްޓަކަށް ގެއްލުމެއް ނުވި. ޙަމަ ހިތަދޫ ހިއްކަން ބުނާ އިރަށް ތިމާވެށި މިރަށުގަ އެކަނިތޯ ތިމާވެށި އޮތީ ތިކަހަލުގެ މޮޔަވާހަކަ އަހަރުމެން ކާރީގަ ދެން ނުދައްކާ ވޯޓް ހޯދަން އާދޭ ނިކަން މިރަށުން ނަތީޖާ ބަލާތި

    8
    1
  6. ނިންމި

    އައްޑޫއިން ބިން ހިއްކަންވީމަ މުޅިދުނިޔޭގެ ތިމާވެއްޓަށް ނުރައްކާ އެބަވޭ، މާލެއާއި އެނޫން ތަންތަން ހިއްކާ ނިންމާފަ މިވަރުގެ ބޮޑުތަނެއް ހިއްކާފީމޭ ބުނެލަނިކޮށް ފުދޭ... ހަދާން އެބަވޭ މާފަރު އެއަރޕޯޓް އަޅަން ބިންކަންވީމަ ތިމާވެށި މައްސަލަ ފެންމަތިވި. މިހާރު އެއޮތީ ހިއްކާފަ އެއަރޕޯޓް އަޅާ ނިންމާފަ. އެ އެއަރޕޯޓް ހަރަދު ކުރަނީ އަރަބި މަހުޖަނުން ވެފަ ލާރިކޮޅު ފެނުނީމަ ތިމާވެށި އައިދޮރުން ވަދެ ފިލާފި. ....

    5
    1
  7. ޑައެލޯގް

    އެކަމަކު ކޮމަންޑޫގައި ތިމާވެއްތަށް ގެއްލުންވޭތޯ ތިވަރަކަށް ޓެސްތެއްނުކުރެއެވެ. ސަރުކާރުން ބޭނުންވީމާ ނޯވޭ ތިމާވެއްޓެއް

  8. އަލިބެ

    މުސްލިމު އަންހެން ކަނބަލުންގެ ހެދުން އެޅުން ހުންނަން ޖެހޭގޮތް އަދާލަތުން ޝައިޚް ޢިމްރާން މިނިސްޓަރ ޝައުނާއަށް ވިދާޅުވެދެއްވުން އެދެން.

  9. ރޮނޑާ

    ކަބުލޯ ތިޔަ އަކީ އައްޑޫ އައްވީމަ އާވާހަކަ އެއްނޫން. އިގިރޭސިން އައްޑޫގައި އުޅުނު ޒަމާނުގައި އެމީހުން އައްޑޫ މަގު ތާރަ އަޅާ މަގުތައް ބަދަން އުޅުނު. އެކަމަށް ހުރަސް އެޅީ މާލެ ސަރުކާރުން. ބަހަނާ އަކައް ވީ ރައިއްޔަތުން ތާރު މައްޗައް ވެއްޓި ބޯފެޅި ދާނެ ކަމައް. މާލެ ސަރަހައްދު ހިއްކާ އިރަކު މައްސައްލަ އަކައް ނުވޭ.

  10. Anonymous

    ގެއްލުން ކުޑަ ގޮތެއް ބުނަން އެގޭނީ މަށައް. މަގޭ ކާރިން އަހާލާ. ވަރައް ރީއްޗަސް ކިޔާދޭނަން. ބޭނުން ވާ އިރައް އަނެއް ދުވަހަށް އިރު ނާރަނިސް ދިރާސާ ކޮއް ނިމޭ. ތިމާވެ ށި ތީ އަރަތެއް. ރަށަކަށް ކަމެއް ކޮއްދޭން ބޭނުން ނުވާ އިރައް ބޭނުން ކުރަން އޮންނައް ހަތިޔާރެއް .