ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރަމުގެ އަމަލުތައް ހިންގާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މިގޮތަށް ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަށް ހިންގި "ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

އެގޮތުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއް ކަމަށާއި ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓް ކުރާ ކަމަށެވެ.

ހަރުކަށި ފިކުރަށް ޖަލުތަކުން މީހުން ރެކްރޫޓް ކުރާކަން ފާހަގަ ކުރައްވަމުން މުހައްމަދުފުޅު ވަނީ ޖަލު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސް އިން ހުށިޔާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް މުހައްމަދުފުޅު ވިދާޅުވީ، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާޙައުލުގައި މި ޓްރޭނިންގ އިން ލިބުނު ޢިލްމުގެ ޢަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުމެވެ. މިގޮތުން މިފަދަ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ ގާއިމްކޮށްފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުގުރި

    އަދި ކިރިޔާތޯ ތިކަންވެސް ތިޔަ އެގުނީ.
    މާފުށީ ޖަލަކީ މިހާރު ތީގެ ހާއްޔެއް ތިޔައީ ތައް ކޮޅެއް ކުރިން ފެށިގެން އައި ކަމެކެވެ. މަސައްކަތް ކޮއްފިނަމަ
    އިންޝާ ﷲ ސަލާމަތް ކުރެވިދާނެ އެއުޅެނީ ނުބައި ގޮތަކައް ކަންތައްތަކެއް އެނގިގެން..

    1
    1