ހަރުކަށި ފިކުރުގެ މީހުން ބަންދު ކުރުމަށް މާފުށީ ޖަލުގައި ޤާއިމުކުރާ ވިންގުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ބައިނަލް އަގުވާމީ އެހީތެރިކަމާއި، ރާއްޖޭގައި ތިބި އެންޖީއޯތަކާއި ގުޅިގެން މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް މާފުށީ ޖަލުގައި ޤާއިމުކުރާ ވިންގުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އެގޮތުން ހަރުކަށި ފިކުރުގެ މީހުން ވަކިން ބަންދުކުރުމަށް މާފުށީ ޖަލުގައި ޤާއިމުކުރާ ވިންގުގެ މަސައްކަތް އަންނަ ޖުލައިމަހު ނިމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމާ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއްގެ މަސައްކަތް މާފުށީ ޖަލުގައި މިހާރު ދަނީ ކުރިޔަށް. މި އަހަރުގެ ޖޫން، ޖުލައި ހިސާބުގައި ވިންގް ނިންމާލެވޭނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަފާތު ކުށްކުރާ މީހުން ވަކިކޮށް ބަންދުކުރުމުގެ ސިޔާސަތު ނުގެންގުޅޭ ކަމަށާއި މިސަރުކާރުގައި ވަކިން ހާއްސަކޮށް ހަރުކަށި ފިކުރުގެ ގައިދީން އެސެސް ކުރާނެ ވަސީލަތްތައް ގާއިމްކޮށް، އެސެސްކޮށް އެހެން ގައިދީންނާ ވަކިން ބައިތިއްބޭނެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ސިންގަޕޫރުފަދަ ބޮޑެތި ޤައުމުތަކުގައި ހަދާފައިވާ ޑިޒައިންތައް ޑިވެލޮޕް ކުރުމަށް 50 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކަމަށާއި ރާއްޖެ އަށް އެ މަސައްކަތް ކުރަން ލިބުނީ 35 މިލިއަން ދިވެހި ރުފިޔާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެންނަމަވެސް ރާއްޖޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާފައި އެފަދަ ފަރާތްތައް ގެންގުޅޭނެ އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް މާފުށީ ޖަލު ބަދަލު ކުރާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ހެދި ދިރާސާ ރިޕޯޓުގައި ބުނާގޮތުގައި ހަރުކަށި ފިކުރުގެ މީހުންނާއި އެހެނިހެން ކުށްކުރާ މީހުން އެއްކޮށް ބަންދުކޮށްފައި ތިބުމުން އެމީހުންނަށްވެސް އޭގެ ނުފޫޒު ފޯރައެވެ. އެމީހުންގެ ސިކުނޑި އާއި ކުޅެ ދީނީ ގޮތުން ނުބައި މައުލޫމާތުތަކެއް ދީ ނުރައްކާތެރި ކުށްތަކަށް އަރައިގަތުމަށް އެމީހުންނަށް ހިތްވަރު ދެމުން އަންނަ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ކުރިޔަށް އޮތް ދުވަސްތަކުގައި ތިމާ ވަންނަންޖެހޭ ޖަލުތައް ތައްޔާރުކުރަނީބާ؟ ތިއީ އަމިއްލަ އަތުން އަމިއްލަ ސަންދޯއް ޖެހުން.

    11
  2. ފާއިޒް

    ސުބްހާނަﷲ ތީ ބަޔަކަށް އަނިޔާވެރި ވުން ނޫން ކޮންކަމެއް މިޤައުމުގަ ތިބުނާ ހަރުކަށި ބަޔަކު ނޫޅޭ ތީ އެމް ޑީ ޕީ ސަރުކާރުން ވުޖޫދުގައި ނެތް ކަމެއް އުފައްދާގެން ދައްކާ ވާހަކައެއް. ޢިންޝާﷲ ތިތަނައް ވަންނާނި ތި ބައިގަނޑު ކަމުގައި ލައްވާށި.

    12
  3. ގުއަންޓެނެމާ

    ސާބަސް ގުއަންޓެނެމާ ޖަލުގަ ވޯޓަބޯޑިންވެސް ހަދާފަ އިމްރާން ވަކިވާނީ އެއިރުން އަހަރެ ކަލޭގެ ވޯޓަބޯޑިން ޖައްސާނީ ނޭވާހާސްވާވަރައް.

  4. ކޮރަލް

    ދީނައް ފުރައްސާރަ ކުރާ މީޙޫން ހަރުކަށި ފިކުރަށް ނުވާ ސަބަބެއް ބުނެ ބަލާށެވެ. އަދި އެމީހުން ޖަލުގަ ހައްޔަރު ނުކުރާ ސަބަބު ބުނެބަލާށެވެ.

  5. ޭކރ މނސޓރ

    ކިރ މިނިސްޓަރ ހާދަ ގޮތަކައް މިހުންނަނީ، ފަހަރި ކަލޭގެ ތުބުޅިޔައް ކިހިނެތް މިވީ، ކަލޭތީ ހަރުކަށި މީހުންގެ ލީޑަރު، މިކަލޭގެ އެއްނު ޖަހާލަތު ޕާޓީ އޮފީހުގަ މުޅި އޮފީސް ރޫޅޭވަރައް އަންހެނުން ތަކައް ނަމާދު ދަސްކޮއްދެނީ، ލަދެއްވެސް ގަންނަ އިންސާނެއްނުން