ޖަލުގައި ހަރުކަށި ފިކުރު ފެެތުރުން ހުއްޓުވަން ސަރަހައްދީ ފެންވަރުގައި ވޯކްޝޮޕްއެއް ބާއްވައިިފިއެވެ.

"ރީޖަނަލް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒްމް އިން ޕްރިޒަންސް (ސީވީއީ-ޕީ) ވޯކްޝޮޕް" ރާއްޖޭގައި ބޭއްވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓެޕް) އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެންނެވެ.

މިދިޔަ ހޯމައިން އިއްޔެގެ ނިޔަލަށް l ކްރޮސްރޯޑްސް ރިސޯޓްގައި ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި 70 އަށް ވުރެއް ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑްގެ މުވައްޒަފުން ހިމެނެއެވެ.

އޭގެ އިތުރުން ފިލިޕީންސް، ސިންގަޕޫރު އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި ކޮސޯވޯގެ ވަފްދުން ބައިވެރިވެފައިވެއެވެ.

މިއީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި ގުޅޭގޮތުން ކޮށްފައިވާ ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި އެހެން ގައުމުތަކުގައި އެކަމާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، މާހިރުންގެ އިރުޝާދު ހިއްސާކުރުމުގެ މަގްސަދުގައި ބޭއްވި ވޯކްޝޮޕެއް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

އެ ވޯކްޝޮޕްގައި އައިސިޓެޕްގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވިއިރު، ބައިވެރިވި ގައުމުތަކުގެ ވަފްދުން ކަންޓްރީ ރިޕޯޓާއި އެކި މޮޑިއުލްތަކަށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ. އެގޮތުން ގްލޯބަލް ޕަރސްޕެކްޓިވްސް އޮން ސީވީއީ-ޕީ ޕްރޮގްރާމްސް، ޕްރިޒަން އިންޓެލިޖަންސް، ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް، ފެއިތް-ބޭސްޑް ކައުންސެލިންގ، ސައިކޯ-ސޯޝަލް އެސްޕެކްޓް އޮފް ކައުންޓަރިން ވަޔޮލަންޓް އެކްސްޓްރީމިޒްމް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަރުކަށި ފިކުރު ގެ އަސްލަކީ ޔަހޫދީ ޕްރޮޕަގެންޑާއަށް ފުރުސަތު ދިނުން…އެކަން ނުހުއްޓާ ނަމަ ހަރުކަށި ފިކުރު ފެތުރުން ނުހުއްޓުވޭނެ…އަދި ޔަހޫދީ ޕްރޮޕަގެންޑާ ހުއްޓުވާކަށް ގައުމުގެ މުއްސަނދިންނާ ސިޔާސީ އިސްވެރިން ބޭނުން ނުވަނީ އެމީހުން އެ ބާރާއި މުއްސަނދިކަމުގައި ދެމި ނުތިބެވިދާނެތީކަން ހިތާމަޔާއެކު ބުނެލަން ޖެހޭ…ތިހެން ހިންގާ ވޯރކް ޝޮޕްތަކަކީ ރައްޔިތުންނަށް ދަޅަ ދައްކަން ކުޅޭ ޑްރާމާ…އިމްރާންމެން ކަހަލަ މީހުން މިކަހަލަ ކަންކަމުގައި އުޅެތީ ކަންބޮޑުވޭ…

  2. ފޯއްވަޅި އަލީ

    ﷲގެ އަދުއްވުން ހަރުކަށި ފިކުރުގެ ނަމުގަ މުސްލިމުން ނަށް ގެއްލުން ދޭން ކުރި ސައްލާ އެއް، ރައިސަކަށް އިބިލީސް ހުރިހެން ފ އިމްރާން ހުރީ

  3. އުގުރި

    ތިޔަތާނގައި އެބަހުރި ވަރަށް ނުރައްކާތެރި އެކަކު އެއީ ކޮންމެ ފަދަ ބޮޑު ދޮގެއް ވެސް ހަދާލައް ޖެހިލުމެއް ނުވާ މީހެއް.... އިމްރާން