އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބޭނުންފުޅި ގޮތައް އިންތިހާބު ފަސްކުރަން އެޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ގައުމީ މަޖިލީހުން ދެންމެ ފާސްކުރީ ރަމަޟާން މަހަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި އަންހެނުންގެ ރޫހުގެ އިންތިޚާބު ބޭއްވުމަށެވެ.

ފައްޔާޒް ބޭނުންފުޅުވި ގޮތައް އިންތިޚާބު ފަސްކުރަން ގައުމީ މަޖިލީހުގެ 100 މެންބަރުން ވޯޓް ދެއްވިއެވެ. އެކަމާއި ދެކޮޅު ހެއްދެވީ އެންމެ 16 މެންބަރުންނެވެ.

ހޫނުގަދަ ބަހުގެ ހަމަލާތަކަށް ފަހު ފައްޔާޒް ބޭނުންވި ގޮތައް އިންތިޚާބު ފަސްކުރަން ފާސްކުރިއިރު އެކަމާއި ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ދެކޮޅު ހެއްދެވިއެވެ. ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިމްތިޔާޒް ފަހްމީ ބޭނުންފުޅުވީ އިންތިޚާބު ބާއްވާ ދުވަހަށް ބަދަލެއް ގެންނަނަމަ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އޭނާގެ ފަރާތުން ގައުމީ މަޖިލީހަށް އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައެއް ނުވެއެވެ.

ގައުމީ މަޖިލީހުން ފާސްކުރީ ރަމަޟާން މަސް ނިމި ޝައްވާލް މަހުގެ ވެސް ފުރަތަމަ ހަތް ދުވަހަށް ފަހު ދެން އަންނަ ފުރަތަމަ ހޮނިހިރު ދުވަހަކު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހުގެ އިންތިޚާބު ބޭއްވުމަށެވެ.

އެމްޑީޕީ ގައުމީ މަޖިލިސް މިރޭ ފެށުމާއިއެކު ވަރަށް ބޮޑަށް ހޫނުވިއެވެ. ގައުމީ މަޖިލިސް ހޫނުވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އަށް ދީފައިވާ ވަގުތު ހަމަވުމުން ވެސް އޭނާ ވާހަކަ ދެއްކެވުން ހުއްޓަވާ ނުލެއްވުމާއި ގުޅިގެންނެވެ. އާޒިމްގެ ވަގުތު ހަމަވިއިރު އޭނާ ގެންދެވީ ފައްޔާޒަށް ތުހުމަތުތަކެއް ކުރައްވަމުންނެވެ. އާޒިމްގެ ވަގުތު ހަމަވުމުން ފައްޔާޒަށް ތާއިދު ކުރައްވާ ބޭފުޅުން ވަނީ އަޑުގަދަ ކުރައްވާފައެވެ.

އޭގެ ފަހުން ވެސް ދެފަޅިން ވެސް ބަހުގެ ހަމަލާތައް ދޭތެރެ ދޭތެރެއިން ބައްދަލުކުރައްވާ، އެއްބަޔަކު އަނެއް ބަޔަކަށް ފާޑުވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުން މެދުކަނޑައި ނުލައި ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބާރަވެލި

    ވަރަށް ރަނގަޅު ނިންމުމެއް މާޝާ ﷲ

    26
    1
  2. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އެހެންވީމަ ރައީސް ނަޝީދު ފެކްޝަނުގަ ތިތިބީ އެންމެ 16 މެންބަރުންތާ؟ ބާކީ 100 މެންބަރުން އިބޫ ފެކްޝަން. އަޅުގަނޑު ނަޝީދަށް ދަންނަވަންއޮތީ މަނިކްފާނަކީ މިހާރު ޕާޓީތެރޭގަ ފެއިލްވެފަހުރި މީހުން ބަލައިނުގަންނަ މީހެކޭ، އަވަހަށް ތިތަނުން ނުކުމެ ރަށުތެރޭން ކޮންމެސް އެހެން ކަމަކާ އުޅުނިއްޔާ ރަނގަޅުވާނެކަމަށް އަޅުގަނޑު ދެކެމޭ. ވަރަށް ސަލާމް

    19
    1
  3. ޝީޒާ

    ހާސްނުވޭ އިންތި ތިވީގޮތުން މާރަނގަޅު ވާނެ

    9
    23
  4. އަލީ

    އިންތިޚާބު އަވަސްކުރިޔަސް ފަސްކުރިޔަސް އިންތިއަކަށް އޮތްވަކިފައިދާއެއްނެތް ވާނީފޭލި ބޮޑުފޭލި!!

    22
    1
  5. ސޫއޫދު

    އިންތިއާ ބިއްލޫރި ލަތީފަކީ އެމްޑީޕީ ނޫން އެތައްބައެއްގަބޫލުނުކުރާ ބަލާނުގައައްނަބައެއް ވަކިބައެއްގެ ބޭނުންތަކައް މަޖިލީސްގޮނޑިވެސް ދެނީ ފައްޔާޒް ގެހިންގުމައްބަލާއިރު ވަކިބަޔަކައް ޓާގެޓްކުރާތަނެއްފުނޭ ބަހުގެހަމަލާތައްދީ ހަމައިން ނެއްޓޭތަންނުފެނޭ ކުދިހިނިއުޅޭހެން އެމްޑީޕީގެ ވެރިކަން ވެއްޓުނީވެސް އޭރު މިދެމީހުންގެ ބަސްމަގުހުރިގޮތުން ގިނަބަޔަކުހިތްހަމަނުޖެހުނީ މިދެމީހުން މާލެމީހުނައްވެ ވޯޓްހޯދަން ވީމަރާއްޖެތެރެއައްބަދަލުވެދުވަނީ.

  6. 123އެރތ

    ފައްޔާޒަކީ ބްރޯ އެއްކަން މިރޭ ކޮންފާރމްވެ ނިމިއްޖެ!! 😡

    8
    5
  7. ކަނޑު ފުރޭތަ

    މީ ރާވައިގެން މާ ޑިމޮކޮރަސީ ބައެއްކަން ދެއްކުން ހުސްރޭވުން 2023ހުގައި ރައްޔެތުން ލޮލުގަ އަނދުން އަޅުވާފަ ވޯޓް ހޯދަން ޖައްސާ ރޭވުން މިހާރު މިފެންނަނި 16ވޯޓް އިންތިޔަަައް އެދެން ކޯންޗެއް ތިވަރުލިބޭނެ މާލޭބާޒާރު މަތީ ދަމާކަނޑާ މިހަކު ކުރިމތިލިޔަަސް އެއީ ޕާޓީއައް އިހުލށްތެރިންނައް ހައްގުވާ މިންވަރު ޕަކާސް

  8. ށާވި

    ﷲަ އިރާދަކުރެއްވިއްޔާ ފައްޔާޒު ހޮވޭނީ! އިންތި ހޮވާފީޔާ އެނެއްކާވެސް މަޑުގިނީގަ ދާނީ ހުރިހާކަމެއް.

    7
    1
  9. ނަމަ

    ފައްޔާޒް ބޭނުންވި ވަރައް އައުގުރާނަ ގޮވުނީމަބާ

    2
    1