ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައި ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށާއި ގޯތި ވިއްކުމުގެ އެއްވެސް ވާހަކައެއް ހިމަނާފައިނުވާނެ ކަމަށް ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

ރައީސް އޮފީހުން އެހެން ވިދާޅުވީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 1،000 ގޯތި ހިލޭ ދިނުމަށް އެދިވަޑައިގެން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވެވުމުން އެސިޓީގެ ޖަވާބުގައެވެ.

މޭޔަރު މުއިއްޒު, ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ ރާއްޖޭގެ އެހެން ރަށްރަށުން ވެސް ގޯތި ދޭ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަށެވެ.

އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން އިއްޔެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ގޯތި ވިއްކުމާ ގުޅޭ އެއްވެސް ވާހަކައެއް ހިމެނިފައިނުވާ ކަމަށެވެ. ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު އިއުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރު ފަޅު ވެސް ހިއްކައިގެން ގޯތި ދިނުމަށް ކަމަށް ސިޓީގައި ވިދާޅުވެފައި ވެއެވެ.

ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން ޕްލޭނިން މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ހުޅުމާލެ އިން ދާދިފަހުން ބޮޑު އަގުގައި ގޯތިތަކެއް ވިއްކުމުން ސިޓީ ކައުންސިލުންނާއި އަދި އާއްމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގޯތި ބޮޑު އަގުގައި ވިއްކުމުން ބިން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް ބިން ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސެންޗޯ

    އެހެންތަވާނީ ގައުމުގައި ހުރީ މާލޭރަތްޔިތުންގެ ފައިސާވީޔަ ހިލޭގޯތިދީފަ ބެންކުންލޯނުދީފަ ބުރިބުރިއަށްގެ ނަގާފަ ރާއްޖެތެރޭ މީހުންނަށްކުއްޔަށްދީގެން ރާއްޖެތެރޭމީހުން ފެލަން

    26
    14
    • ހޭބަލި

      ބަލަ މާލޭ މީހުން ވެސް އުޅެނީ ކުއްޔަށޭ. ރަށު މީހާ ގޯތި ރަށުގަ އޮވެ މާލޭގަ ކުއްޔަށް އުޅޭއިރު މާލޭ މީހާ އެއްވެސް ތާކު ގޯތި ނެތި މާލޭގަ ކުއްޔަށް އުޅެން ޖެހެނީ. މައިންބަފައިންގެ ގޯތި އޮތަސް ދިހަ ބާރަ ކުދިންނަށް ގޯތި ބެހީމަ ނުލިބޭ ފާހާނާ ގަނޑެއްގެ ޖާގަ ވެސް. އަދި ދަރިންގެ ދަރިން ނަށް ލިބޭނީ ކޯޗެއް. މާލޭ ރައްޔިތުން ހާ ނިކަމެތި ބައެއް ނެތް މި ރާއްޖޭގަ. އަމިއްލަ ވަޒަނުގަ ބޮޑު ކުލި ދީގެން.

      15
      6
  2. ޙަަަހަ

    ޢެހެން ވިއްޔާ މިހާރު އޮންނާނީ ރަށްރަށު މީހުން މާލެއަށް ދާއިމީވާން ފަށައިފަ

    27
  3. ަައިބޫ

    ދެން ވޯޓު ދޭނީވެސް ހަމައެކަނި މާލޭ ބޭފުޅުން

    29
    5
  4. އިސްމާއިލް ކްރީމް

    ހިލޭ ދޫކު ރަންވާނީ މާލެއިން. އެެހެން ތަނެއް ފަ ރެއް ހިއްކާފަ މާލޭ މީހުންނަށް ދިނުމަކީ ވަ ރަށް ނާތަހުޒީބު އަދި ބޮޑު ތަފާތުކުރުމެއް. އެމްޑީޕިގެ 100 އެއްހާ ބޮޑުންނަށް ހިލޭ ގޯތިހޮދާލަން އަޅުވާ އަނދުނެއްތީ. އެންމެނަށް ގޯތިދެވޭވަ ރުގެ ޖާގައެއް ނެތް. ލިބޭނީ ބޮޑުންނާ އެމީހުންގެ އައުވާނުންނަށް. ތީ ހަަމަ ބޮޑު މަކަ ރެއް. ހިޔަޅުވިސްނުން. ކައްވާލަން ވިސްނުންތިހު ރީ!

    24
    7
  5. ކަނބުލޮ

    މާލެޔެއް ރާއްޖެތެރެޔެއް ތަފާތު ކުރެވިގެން ނުވާނެ ހިލޭ ގޯތި ދޭނަމަ އެންމެންވެސް ހަމަހަމަ ވާން ވާނެ

    27
    7
  6. ކަނބުލޮ

    މާލެޔެއް ރާއްޖެތެރެޔެއް ތަފާތު ކު ރެވިގެން ނުވާނެ ހިލޭ ގޯތި ދޭނަމަ އެންމެންވެސް ހަމަހަމަ ވާން ވާނެ

    19
    8
  7. Anonymous

    ހުސް ބަންޑާރަ ގޯތި

    11
    1
  8. ޅިޔަނުބެ

    އެއްވެސް އިންސާފެއް އޮތް ކަމެއްކަމަށް ތިކަން ނުދެކެން. މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭންވާނީ މާލެ އާއި ވިލިނގިލިން. ތިލަފުއްޓާއި ގުޅީފަޅާއި އަދި ހުޅުމާލެ އެއީ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކާފައިވާ ތަންތަން. އެހެންވީމާ ސިޔާސީ ފައިދާ ހޯދުމަށް ތިގޮތަށް ހިލޭ ބިން ދެވިގެން ނުވާނެ. ތި އަމަލަކީ އެހެން ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް. މާލޭގަ މިހާރުވެސް އެބަހުރި ބޭކާރު ކަންކަމުގަ ބޮޑެތި ބިންތައް ސަރުކާރުން ބޭނުންކުރާ. އަދި ވިލިނގިލިން ވެސް ބިން ހިއްކެން އޮތްނަމަ އެކަން ވެސް ކޮށްފަ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭންވީ ހަމަ.

    8
    6
  9. ޝާނީ

    ޝުކުރިއްޔާ😀

    10
    8
  10. ޟޮފޫރާ

    ތީ އިނގޭ ރައިސުންނަކީ. ހާދަ ރަނގަޅޭ އަޅުގަނޑުމެންނާ ދޭތެރޭ ވިސްނާލީތީ. އެއްގެއިން އަނެއްގެއިން ސަލާންޖަހަމުން ދުވާތާކޮންދުވަހެއް.

    8
    23
  11. Anonymous

    ދަފުތަރު ރަޖިސްޓްރީގައިވާ ރައްޔިތުންނަކީވެސް ހިމެނޭތޯ ހިލޭ ގޯތިދޭ ރައްޔިތުންގެތެރޭގައި؟؟؟ މިއަހާލީ އެމީހުންނަކީ އެއްވެސް ރަށެއްގައި ވަޒަނެއް ނެތް ބަޔެއްވީމަ، މީގެކުރިންވެސް ހުރިހާ ކަމެއްގަވެސް އެމީހުން ހިމަނާފައިވަނީ މާލޭ ރައްޔިތުންކަމަށް،

    9
    2
  12. ހުސެންްކޮ

    މިހާރަކު ނުދެވޭނެ މިހާރު އެއީ ކުރީގެ ރައީސް ތިގޮދައް ދެވެންޏާ މައުމޫނު ނަޝީދު ވަހީދު ޔާމީންއައްވެސް މީހުންނައް ގޯތިދެވޭނެ އެއީވެސް ހަމަކުރީގެ ރައީސުން

    10
    2
  13. Anonymous

    ދެން ގޯތި ދޫކުރަންވީނުންތޯ އަވަހަށް

    4
    1
  14. Anonymous

    ތި ގޯތިތައް ދޭންވީ ދަފުތަރުގައި ތިބި މާލޭގެ ރައްޔިތުންނަށް. އެއީ އެންމެ ނިކަމެތި ބަޔަކީ. އެމީހުންގެ ގެދޮރެއް ވަޒަނެއް އެއްވެސް ތާކު ނެތް.

    2
    3
  15. އިއްބެ

    ރައީސް މީހާ ގުއިރޯނުގަ ޖެއްސައިފި . މޭޔަރ މުއިއްޒު އަށް ޝުކުރިއްޔާ ،

    9
    1
  16. ހަސަންބުރުސްލީ

    ތިއުޅެނީ ރައްހިތުންނޭ ބަނޑޭ ހަންގަނޑޭ ކިޔައިގެން ތިމާމެންގެ ގާތްތިމާގެ ބައިގަނޑަކަށް ހިލޭ ބިން ދޭން!

    12
    2
  17. ބޯގޮސް

    އަވަހައް އެއްމެން ދަފްތަރުގަ ޖައްސާ ގޯތި ހޯދަން

  18. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ރާއްޖެތެރޭ މީހުންނަކީ މުސްސަދިން މާލޭމީހުންނަކީނިކަމެތިން އާބާދީއަށްބެލިއަސް ސަރުކާރުގެ މެޖޯރަޓީއޮތީ މާލެމީހުންއަތުގަ ފަރުމަތިންކަމަކާއުލޭ ފިރުވައުނުގެ މެނިފެސްޓޯ އެމްޑީޕީ ގެންގުޅޭނީ ބޭނުންގޮތަކަށް ކަންތައްކުރާނީ

  19. ރާއްޖެތެރެ މީހާ

    އަހަރެމެންނަށް ވެސް ދީބަލަ ގޯއްޗެއް...އެންމެ ކޮޓަރިގަޑެއްގަ މިއުޅެނީ... ފާހާނާގަ ތަށިތެލި ދޮވެގެން ކައިބޮއެ އުޅެނީ.. ހިތްފަޅައިގެން ދާވަރުވޭ...😭
    ބޮޑެތި ދަރިން ކުރިމަތީ ދެމަފިރިން ނިދަން މިޖެހެނީ
    ދެން ބުނާނެ ވަރިގިނަވާ ވާހަކަ

  20. ސަފާ

    ރަން އިލޮށިން ކަދުރު ކާންދިނަސް މި ފަހަރު ދޭން ވޯޓެއް ނެތް

  21. ޑައެލޯގް

    އެމްޑީޕީއަކީ އަމިއްލައަށް އުފައްދައިގެން އެއްވެސް ކަމެއްކުރެވޭބަޔެއްނޫނެވެ. ވެށިފަހިން ގޯތިދިނީ މައުމޫން ހިއްކާފައިވާބިމުންނެވެ. މިހާރު ދޭންއެއުޅެނީ ޔާމީން ހިއްކެވިބިމުންނެވެ. ވެރިކަން ލިބުނީމަ ގައުމު ހިންގަން ހަވާލުކުރީ އިންޑިޔާއަށެވެ. މާލީވަޒީރަށް ފިނޭންސް ހިންގަންނޭގުނީމަ އިންޑިޔާއިން އެޑްވައިޒަރެއް ގެނައީއެވެ. ކާޅު ހާލިހެދީމަ ކޮވެލިބިސްއަލަނީއެވެ.

  22. އަތޯލާ

    މާލޭގައި ގެދޮރުގެ ދަތިކަމުގައި އުޅެނީ އެންމެ 1 ހާސް އާއިލާތޯ. އެހެން ނޫނަސް ތިޔަ އުޅެނީ އެއްވެސްތާކު އެއްވެސް ނިކަމެއްޗަކަށް ބިމެއް ދޭކަށް ނޫން. އެމްޑީޕީގެ އިބޫގެ ފެކުޝަނުގެ މީހުންނަށް ދޭން. އެފެކުޝަނުގެ މީހުން އެބަ ބުނޭ ތިމަންނާމެން އެމްޑީޕީގެ ހުރިހާ ބާރެއް ވެސް އިބޫއަށް ނަގުލުކޮށްދޭ ނަމޭ ގޯތި ދިނީމާ. އަދި 2023 ވެސް ހޯދަ ދޭ ނަމޭ. އެކަމުގެ އެދުމުގައި އިބްރާހީމް މޮޔަވެގެން ކުރަން އުޅޭ ކަމެއް. އެކަން ކުރަންވެސް ކުރާނެ. އެކަމަކު ލިބޭނީ މިހާރުވެސް ގެދޮރާއި ބިމާއި ތިބި އެމްޑީޕީގެ އިބޫ ފެކްޝަން އެކްޓިވިސްޓުންނަށް.