ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެއް ދީފިއެވެ.

ރޭ ކްރޮސްރޯޑްސްގައި ބޭއްވި މި ހަފްލާގައި މި އެވޯޑްތައް ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.

އެމްޕީއެލްގައި ގިނަ ދުވަސްވީ އަންހެނުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ އެވޯޑް ޖުމްލަ 12 އަންހެން ބޭފުޅުން ހާސިލްކޮށްފައިވާއިރު މީގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ދުވަހަށް ވުރެ ގިނައިން ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ހިމެނެއެވެ.

މި ހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް އެމްޕީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތްކޮށް ހޯއްދެވީ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއަރ ޗީފް މެނޭޖަރ ރަޒިއްޔާ މޫސާއެވެ.

ކުންފުންޏަށް ގިނަ ދުވަސް ހިދުމަތް ކޮށް އެވޯޑް ހޯދި ފަރާތްތައް:

• ރަޒިއްޔާ މޫސާ – ސީނިއަރ ޗީފް މެނޭޖރ – ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް
• ފާތިމަތު ސާދުނާ – ސީނިއަރ މެނޭޖަރ – ފައިނޭންސް ޑިޕާޓްމަންޓް
• ފާތިމަތު ބަދޫރާ – މެނޭޖަރ - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް
• ރަހުމަތު – ސީނިއަރ މެނޭޖަރ – ފައިނޭންސް ޑިޕާޓްމަންޓް
• ފާތިމަތު އަލީ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރ - އެޗް.އާރު. ޑިޕާޓްމެންޓް
• ފާތިމަތު ނާޝިދާ – ސީނިއަރ މެނޭޖަރ - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް
• ފާތިމަތު ނާޒިމާ – މެނޭޖަރ – މާލެ ނޯތް ހާރބަރ
• އަޒްލީމާ އަބްދުލް ސަމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ – ސެކިއުރިޓީ، ސޭފްޓީ އެންޑް އިމަރޖެންސީ ސާރވިސަސް
• އަމީޒާ އަލީ – ސީނިއަރ މެނޭޖަރ - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް
• ބިޝާރާ އަބްދުލްލަތީފު – އޮފީސް އެޓެންޑެންޓް – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް
• އައިޝަތު ސުނީޒާ – ސީނިއަރ މެނޭޖަރ – ހުޅުމާލެ ޓާރމިނަލް އޮޕަރޭޝަންސް
• އައިޝަތު ޝިމްލާ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރ – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މީގެ އިތުރުން، ރޭ ބޭއްވި ހަފްލާގައި ވަނީ ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އެކި ފަރާތައް ހާއްސަ ސެކްރެޓޭރިއެޓް އެވޯޑެއް ދީފައެވެ. ޖުމްލަ 4 އަންހެން ބޭފުޅަކު ސެކްރެޓޭރިއެޓް އެވޯޑް ހާސިލްކޮށްފައިވެއެވެ. އޭގެތެރޭގައި، ހިމެނެނީ، ފާތިމަތު ސިޔާނާ، ހިއުމަން ރިސޯސަސް ޑިވިލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ، އެޗް.އާރު ޑިޕާޓްމެންޓް، މަރިޔަމް ފަރީޝާ، ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް، އައިޝަތު އަރީން އިލްޔާސް، ޑިސިޕްލެނެރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ، އެޗް.އާރު ޑިޕާޓްމެންޓް އަދި ސުހާ ޝަރީފު، އިންޓަވިއު ޕެނަލް ސެކްރެޓަރީ، އެޗް.އާރު ޑިޕާޓްމެންޓްއެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއެވެ.

އެމްޕީއެލްގައި ގިނަ ދުވަސްވީ އަންހެނުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

މީގެއިތުރުންވެސް، މި ހަފްލާގައި ވަނީ އަންހެނުންނަށް ހާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ. އަދި "ޓްރައުމާ ލީވް ޕޮލިސީ" އެއް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި މީހުންނަށް އުނދުޅި ދިނުން މަނާ. އެވޯޑް ދިނުން ހުއްދަ. ދެންޏާ ހުރިހާ އެއްޗެއް ދޭންވީ. ނުދެންޏާ އެއްވެސް އެއްޗެއް ނުދޭންވީ. ކޮންމެވެސް އެއްގޮތެއް ހަމަޖައްސާ.

    • މޮޔަނިމޮސް

      އިސްލާމީ ދައުލަތެއްގަ މީ ހުއްދަ ކަމެއްތަ

  2. ޙަހަ

    މިނިސްޓަރު މުޅިން ބޮޓޮކްސް ކުއީން ހެދިފަ

  3. ގަލަން ތުނޑު

    ތިޔަ އެމްޕީއެލްގެ ނޫޓީޝާޓްލީ މަގުމަތީ ހޭބަލިވެގެންދުއްވާ ފިރިހެން ''ހުސް ރައީސުން'' އެއީ ކިއްކުރާ ބައެއްތޯ؟