މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަކެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި މާފަންނު ގެއަކުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އެ ގެ ބަލައި ފާސްކުރިއިރު 21 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނަވަރީމަގު

    ކުރީދުވަހަކު ޖަނަވަރީމަގުން ޕިކަޕަކަށްއަރުވައިގެން ގެންދިޔަ ފުޅިތަކާއެކުގެންދިޔަމީހާ 3ދުވަސްތެރޭ އެބަުޅޭމަގުމަތީ

  2. އަހްމަދު

    މާފަންނުގެއަކުންނޯ އަނެއްކާ މުރައިދޫގޭންތަ ؟ މާފަންނޭކިޔާތީ ހަމައަނހާލީ

    • ސަންފަ

      މުރައިދޫގެ ހުންނަނީ މައްޗަންގޮޅީގަ މާފަންނުގަ ހުންނަ ތިޔަ ހީކުރާ ގެއަށް މަހިތުން ކިޔަނީ " މުރައިދޫ "

      މުރައިދޫ އިންތޯ އަހަންވާނީ

      1
      1