ރ. އުނގޫފާރުން އިންނަމާދޫ އަށް ތަށިމުށި ބަރުކޮށްގެން ދިޔަ ދޯންޏެއް ރަސްމާދޫ ކައިރިން އަޑިއަށް ގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަޑިއަށް ގޮސްފައި ވަނީ މިޔަރެން ދޯނި ކަމަށެވެ. އަދި އެ ދޯނިން ދެ ދިވެހިން ދަތުރު ކުރި ކަމަށާއި، އެ މީހުން ރައްކާތެރިކަމާއެކު އުނގޫފާރަށް ގެންގޮސްފައިވާ ކަމަށް އެންއެންޑީއެފް އިން ވިދާޅުވިއެވެ.