ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ފުރަން ވެލާނާ އެއާޕޯޓުގައި އޮތް "އިންޑިގޯ" އެއާލައިނަށް އެރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހިގެން ބޯޓު ތެރެއަށް ނިޔާވެއްޖެއެވެ.

އެބޯޓުގައި ހުރި މީހަކާއި ހަވާލާދީ "ދައުރު" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވެފައިވަނީ އިއްޔެ އިންޑިއާއަށް ބޭސްފަރުވާއަށް ދާން އުޅުނު ދިވެއްސެއް ކަމަށެވެ. އޭނާ އާއި އެކީ އެބޯޓުގައި އާއިލާގެ 14 މީހަކު ތިބި ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ބޯޓު ތެރެއަށް ނިޔާވުމުން ބޯޓު ފުރުން ވަނީ އެތައް ގަޑިއިރަކަށް ލަސްވެފައެވެ. އެގޮތަށް ލަސްވެފައިވަނީ ނިޔާވި މީހާ އާއި އޭނާގެ އާއިލާގެ މީހުން ބޯޓުން ބާލައި އެމީހުންގެ ފޮށިތައް ބޯޓުން ބާލަން ޖެހުމުންނެވެ.

މިހާދިސާގައި ނިޔާވި މީހާއަކީ ކޮން ބައްޔަކަށް ފަރުވާ ހޯދަން އިންޑިއާއަށް ފުރަން ތައްޔާރިވި މީހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސސ

    ތިއޮތީ އެއާރްޕޯޓްގައި އިމެޖެންސީ ބޮޑު ހާދިސާއެއް ހިގާފަ، ކޮބައިތޯ އިމެޖެންސީ މީހުންތަށް !

    36
    2
    • me

      މިއަދު އެމީހުން ޑްރިލް ޖެއްސީ

  2. ލޮލް

    ދެން އާމީން ޖަހާ ފުރާލާ މިތަން އެންމެން. ވާނުވާ ދިވެހިން

    2
    6
  3. އަލީ ބުނީ

    އެމީހާ ދާން އުޅުނީ ބޭސްފަރުވާއަކައްނޫން ދަރިއެއްގެ އޮޕަރޭސަނެއްކުރާތީ އެހީތެރިޔަކައް. މަރުވިއިރު ކޮވިޑައް ޕޮޒިތިވް.

    2
    1
  4. ބަބޫ

    ވެކްސިންގެ ގެ ބީސްޓާރ ގެ މައްސަލަ

    1
    1
  5. ވިސްނާފިކުރުކުރޭ

    އެއްވެސް ބައްޔެއް ޖެހިގެން އިންސާނަކު މަރެއް ނުވާނެ. މަރުވުމާ ބަލިވުމާ އެއީ މުޅިން ދެކަމެއް. އަޖަލު ހަވަމާ ވަގުތާ އެމީހާ ބައްޔެއްގައި އުޅޭ ވަގުތާ ދިމާވެދާނެ. ހިނގަހިނގާ ހުންނަ ވަގުތާވެސް ދިމާވެދާނެ. ކުޅެން ހުންނަ ވަގުތާވެސް ދިމާވެދާނެ. ނަމާދަށް ހުންނަ ވަގުތާވެސް ދިމާވެދާނެ. ގިނަ ފަހަރަށް ކޮންމެވެސް ބައްޔެއްގައި ނުވަތަ އެހެން ހާދިސާއެއް މެދުވެރިވާ ވަގުތާ އެމީހާގެ އަޖަލު ހަމަވާ ވަގުތާ ދިމާވާތީ މިވެނި ކަމެއް މެދުވެރިވެގެން މަރުވިއޭ ބުންޏަސް މަރުވީ އެކަމެއް ވެގެނެއް ނޫން. އަޖަލު ހަމަވުމުން ކޮންމެ މަޚުލޫޤެއްވެސް މަރުވާނެ.

    4
    1
  6. Anonymous

    ކަލޭމެން މީހަކުނިޔާވީމަވެސް ބޭކާރު ވާހަކަށް ދެޢްކޭތޯ ބަލަނީ

  7. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    އެމަޖަންސީ ހާލަތުގަ އެހީވާން މިތިބެނޭ ގުޑާ ނުލެވޭ ފަލަ މީހުން... ކިހިނެއް ދުވެލާނީ... ބޮޑެތި ގެރި ....

  8. Anonymous

    ތެދާ ދޮގާ މިކްސް އިޓް އަޕް، ޔޫގާއިސް ޖަސްޓް ދައްޖާލްސް

  9. ޙަސަން

    ކަން ހިނގާ ދިޔައީ ތިޔަހެނެއް ނޫން. އޭނަ ފުަރަތަމަ ހޭ ނެތުނީ. ފުރާނަ ދިޔައީ ފްލައިޓް މަތީގަ އެއް ނޫން. އެެއަރޕޯޓް އިން ޙިދްމަތް ލިބުނުލެއް ހަމަ ވަރަށް ބޮޑަށް ލަސްވީ. އެމަރޖެންސީގަ އަންނާނެ އެމްބިއުލެންސެއް ޑޮކަޓަރެއް މި ކިޔާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގަ ނެތް. އެމްބިއުލެންސެއް އަންނަން ބައިގަޑި އިރަށް ވުރެން ގިނަ އިރު ނެގި. އެއަރޕޯޓް މެނޭޖްމެންޓް ގެ އިހުމާލް އެބައޮތް. އަހަރެންގެ ލޮލުން އެކަން ދުށިން. އަހަރެންވެސް ދަތުރު ކުރީ ހަމަ އެ ފްލައިޓުން.