އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން ދައުލަތަށް 947.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި 480.9 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 466.5 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

އެއާޕޯޓު ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 26.5 އިންސައްތަ އިތުރުވެފައެވެ.

އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 480.9 މިލިއަން ރުފިޔާއެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނީ 466.5 މިލިއަން ރުފިޔާ އެވެ.

އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެ އެވެ. މި ފީ އިން އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުއްޅަބޭ

    މިއީ ޖީ.އެމް.އާރުން ބަނޑުއަޅަން އުޅުނުހާ ފައިސާ..

    • ހުސޭނުބޭ

      ހިންނަވަރު އިބުރާހީމުގެ ހުރި ލަދުހަޔާތްކުޑަކަމާއޭ! ބައަކު ހަފުސްވެގެން ތި އެއަރޕޯޓް އަތުލުމުން ވާ ފައިދާ!

  2. އަލީ

    ކަމެއްކުރަން އެނގޭ މީހަކު ވެރިކަމަށް އައިމަ ކަންކަން ވާކަން ތިޔަފެންނަނީ.... ރައީސް ޔާމީން ފަދަވެރިން މިޤައުމަށް ބޭނުންވަނީ...