ޒިންމާދާރު އިދިކޮޅު ފަރާތެއްގެ މަސައްކަތް ނުކޮށް ޕީޕީއެމް ޕީއެންސީއަށް ފެނުނީ އޮޅިގެން "ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމް" ވިދާޅުވެވުނު ބަސްކޮޅެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓިއޯ ޕީޕަލްސް ޗޮއިސް ފިހާރަ އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގެންނެވިއިރު، އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރުއަށް ވިދާޅުވެވުނީ "ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމް" ކަމަށެވެ.

އަމްރުއަށް އެގޮތަށް ވިދާޅުވެވުމުން ގުޅިގެން އިދިކޮޅުން ވަނީ ރައީސް އަކީ ކާކުކަން ޔަގީން ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމާފައެވެ.

އެކަމާއި ގުޅިގެން އަމްރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އިދިކޮޅުން އެފަދަ ކަމެއް ފެންމަތިކޮށްގެން އެއީ ބޮޑު މައްސަލައެއް ކަމަށް ހަދަން އުޅުމުން އެނގިގެން ދަނީ އެމީހުންގެ "މޮޔަ" ކަން ކަމަށެވެ. އަދި ޒިންމާދާރު އިދިކޮޅަށް ފެންމަތި ކުރަން އެހެން ކަންކަން ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޓުވިޓުގައި ކުރު ވީޑިއޯކޮޅެއް ހިއްސާކޮށް އަމްރު ވިދާޅުވީ، ވީޑިއޯއިން ވެސް އެނގިގެން ދަނީ ފައިސަލް ނަސީމަށް ނިސްބަތްކޮށްފައިވަނީ އެމަނިކުފާނުގެ ލަގަބު ބޭނުން ކޮށްގެން ކަމަށާއި އިދިކޮޅުން ފެންމަތި ކޮށްގެން އުޅެނީ އޭނާއަށް "އޮޅުނު ބަހެއް" ކަމަށެވެ.

ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވި ވަގުތު ކޮޅަށް ނައިބު ރައީސް ފައިސަލްއަށް ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު ހަވާލުވެވަޑައިގަންވަން ރައީސް ކަމުގެ ހުވާ ކުރެއްވިއެވެ. ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ކުރައްވަން ޖެހޭ ހުވައެއް ނޫނެވެ.

އަމްރުއަށް އެގޮތަށް ވިދާޅުވެވުމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވެސް މިހާރު ރާއްޖޭގެ ރައީސްއަކީ ފައިސަލް ނަސީމް ކަމަށެވެ. އަދި މި ކަން ރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ސާފުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ހަމަ ރަނގަޅަށްވެސް އަމްރު އަށް ބުނެވުނީ ރަނގަޅަށް.

    16
  2. ކަދުރޭ

    އަމުރު ކަންބޮޑުވާނެ ކަމެއްނެތް. ތިދައްކަނީ އަކީ ޒިންމާދާރު ޕާޓީ އެއްގެ ވާހަކަ އެއްނޫން ބޯ ފިތިފަ ތިބި ކުށުގެ ވެށިން ސަލާމަތް ނުވެވި ގެން އުޅޭ ބަ އެއްގެ ވާހަކަ. ތި ބައި ގަޑުގެ ފަރާތުން ރައިއްޔަތަކައް ގައުމައް ކުރާނެ ފައިދާ އެއްނެތް. އެފައިސާ އައް ވީ ގޮތެއް މިފައިސާ އައް ވީގޮތެއް ނޭގިގެން އުޅެނިކޮއް އެމީހުންގެ 5 އަހަރުގެ ދައުރު ނިމުނީ.

    2
    22
    • ހަައިނުން

      ލަދީނީ ބައިގަނޑަށް ފެންނާނީ ޔަހޫދީންގެ ޑިމަކުރަސީ ދީނަށް ފުރައްސާރަކޮށް ގައުމަށް ހިޔާނަތްތެރިވި ވަގުން މިތުބީ ވެރިކަމުދަ 19ދިވެހިން ސަހީދުކޮސްލި ބާޢީ ހާއިނުން ލަދުހަޔާތުގެ ކންފުޅެއްވެސްނެއް ގައުމު އިންޑިޔާ އަށްވިއްކާލަގެން މިތިބީ ކޮން ޒިންމާއޭ ބޯޓޭ ކޯޓޭ މިކިޔަނީ

      6
      1
  3. ޚޮއްޔާ

    ޒިންމާދާރު ކަމުން ތަ ވެރިމީހާ އޮޅުނީ // ވާނުވާގަ ބާ //

    23
    1
  4. ޖީހާން

    އަމްރު ތިޔަ ކިޔުނީ އޮޅުމަކުންވެސް ރަގަޅަށް...ކޯޓުން އަންނަ މަހު ހުކުމް ކުރާނެ އިބޫ އަލުން ހުވާކުރަން އެއީ އަންނި ރާވާފަ އޮތް ގޮތް

    4
    1
  5. އަލީމޫސާ

    އެއްޗެހީގެ އަގު އުދެރެސްގަ ޖެހެނީ، ތެލުގެ އަގު އަތްނުފޯރާފަށުގަ. ސަލާމަތް ނުވެގެން ތެޅިފޮޅެނީ. ކިޔޭނުކިޔޭއެއް އެ ހަސަނެއް މިހަސަނެއް ނޭގޭ ފެންވަރުގަ.

    4
    1
  6. އާޒިމާ

    ޒިއްމާދާރު ބޮޑެތި ވަޒީފާގަ ތިބޭމީހުން އަގައޮޅުމަކީ ތިމާމެންނަށް ކަންކަން ނޭގޭވަރު . ރާއްޖޭގެ ކޮއްމެ ރަށެއްގެ ބޭސްފިހާރައެއް އަޅާފަ އެބަހުރި. ކޮން ތަނަކުންތޯ ޕެނަޑޯލް ގުޅައެއް ވަރު ހަމަޔަށް ލިބެނީ. ފެންވަރު ނެތް މީހުން ބޮޑެތި ވަޒީފާތަކުގަ ތިބީމަ ވާގޮތްމީ.

    5
    1
    • ލޮލް

      ފެންވަރުނެތްކަމަށް ތަނެއްދޮރެއްނޭގޭ ބަޔަކު ބުންޏަސް ހަމަބުއްދިހުރި ކޮންމެމީހަކަށް އިނގޭނެ ކުންފުންޏަށް އަންނަކުރިއެރުން ފެނިފަ ދަންދޮރުއިނގޭވަރު.

  7. ާއަލީ ބުނީ

    ތިފަދަމަގާމެއްގަ ހުންނަވާގެން ރައީސްގެ ނަން އޮޅިގެންވެސް އެހެންމީހެއްގެ ނަން ކިއިއްޖެނަމަ އެއީ އިސްތިއުފާދޭންޖެހޭވަރުގެ ކަމެއް. ޢަދިވެސް އެހެން މީހުން ކުއްވެރިކުރަން ތިއުޅުއްވަނީ ތިމާމީހާގެ ހުރި ލަދުކުޑަކަމުން.

  8. ކޮވިޑް

    އަމްރު ކަލޭ ވީނު ޒިންމާ ކިޔަވަން. ބަލަ ކަލޭ ޒިންމާދާރު މަޤާމެއްގަ ހުރެ މަޤާމު ދިން މީހާ ހަންދާން ނެތުނީ އޭ ބުނީމަ ކަމޭއާމެދު ސުވާލު އެފެދޭ ނޫންތަ؟ ޒިންމާ ޔޯ. " ޒިންމާދާރު އިދިކޮޅަށް ފެނުނު ކަމަކީ އަޅުގަނޑަށް އޮޅުނު ބަހެއް- އަމްރު " ޝުކުރިއްޔާ އަމްރު ކަލޭ ވެސް ޤަބޫލު ކުރަން ދޯ ޕީޕީއެމް ޒިމްމާދާރު ކަން؟ ދެން ޕީޕީއެމް އިން ކުރާ ކަންތައް ކަލެއަށް ނުފެނުމަކީ ކަލޭގެ ނުކުޅެދުން ތެރިކަން .

  9. ނާޒިލާ އަލިމަނިކު

    ގަސްތުގައި އެހެން ހަމަބުނީ. މީނާއަކީ އަންނި ފެކްޝަނުގެ މީހެއް. ރައީސް ސޯލިހުއަށް ޖެއްސުންކުރުން މީނަގެ އަމާޒަކީ.

  10. Anonymous

    އަމުރު އަގައޮޅުނު ކަމަށް ބުނުމަކީ ޒިއްމާ ދާރުކަމެއް ނެތުން. ބޮޑު މަގާމެއްގަ ތިހުރީ. ތީ ފިޔަވަޅުވެސް އަޅަން ޖެހޭވަރުގެކަމެއް. ރާއްޖޭގެ ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ކާބޯތަކެތި ، ބޭސް ފޯރުކޮށްދޭން ހުންނަ މީހަކަށް އޮޅިގެން ބަސް ބުނެވިގެން ނުވާނެ.
    އަމުރު ތަންތަނަށް ލާފަ ތިބޭ މީހުންނަށްވެސް އޮޅެނީ. ދަރިފުޅު ބަލިވެ ހޮޑުލަވާތީ އައްޑޫ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކީމަ ދިން އިންޖެކްޝަން ފާރމަސީންވެސް ދިނީ ނުބައި އިންޖެކްޝަނެއް. އިންޖެކްޝަން ޖަހަން އުޅެނިކޮށް އައިސްބުނީ އޮޅިގެން ދެވުނީ ނުބައި އިންޖެކްޝަނެއްކަމަށް. މީ މީހުންގެ މަރުފުރާނާޔާ ގުޅިފަ ހުންނަ ކަންތައްތަކުގައިވެސް ތިޔާ ތަނުގެ ފާރމަސީތަކުން ކަންތައް ކުރާ ގޮތް. އޭނާ އެއީ ޓްކްސީކުރަން އުޅުނުމީހެއް މިހާރު އެ އިނީ ބޭސް ދޫކުރާ މީހަކަށް އެސްޓީއޯގަ. ކަން ކަމަށް ލާން ވާނީ ތަޖްރިބާ ހުރި ދަންނަ މީހުން . ސަރޓިފިކެޓެއް އޮތީމަ ވަޒީފަ ދީފަ އެއްވެސް ޓްރޭނިންގ ނެތި ބޭސް ދޫކުރެވިގެން ނުވާނެ. ދެން ބުނޭ އޭ އޮޅިގެންނޭ.

  11. ހަސަނު

    އަމުރު އަގައޮޅުނު ކަމަށް ބުނުމަކީ ޒިއްމާ ދާރުކަމެއް ނެތުން. ބޮޑު މަގާމެއްގަ ތިހުރީ. ތީ ފިޔަވަޅުވެސް އަޅަން ޖެހޭވަރުގެކަމެއް. ރާއްޖޭގެ ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ކާބޯތަކެތި ، ބޭސް ފޯރުކޮށްދޭން ހުންނަ މީހަކަށް އޮޅިގެން ބަސް ބުނެވިގެން ނުވާނެ.
    އަމުރު ތަންތަނަށް ލާފަ ތިބޭ މީހުންނަށްވެސް އޮޅެނީ. ދަރިފުޅު ބަލިވެ ހޮޑުލަވާތީ އައްޑޫ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކީމަ ދިން އިންޖެކްޝަން ފާރމަސީންވެސް ދިނީ ނުބައި އިންޖެކްޝަނެއް. އިންޖެކްޝަން ޖަހަން އުޅެނިކޮށް އައިސްބުނީ އޮޅިގެން ދެވުނީ ނުބައި އިންޖެކްޝަނެއްކަމަށް. މީ މީހުންގެ މަރުފުރާނާޔާ ގުޅިފަ ހުންނަ ކަންތައްތަކުގައިވެސް ތިޔާ ތަނުގެ ފާރމަސީތަކުން ކަންތައް ކުރާ ގޮތް. އޭނާ އެއީ ޓްކްސީކުރަން އުޅުނުމީހެއް މިހާރު އެ އިނީ ބޭސް ދޫކުރާ މީހަކަށް އެސްޓީއޯގަ. ކަން ކަމަށް ލާން ވާނީ ތަޖްރިބާ ހުރި ދަންނަ މީހުން . ސަރޓިފިކެޓެއް އޮތީމަ ވަޒީފަ ދީފަ އެއްވެސް ޓްރޭނިންގ ނެތި ބޭސް ދޫކުރެވިގެން ނުވާނެ. ދެން ބުނޭ އޭ އޮޅިގެންނޭ.

  12. ރަން ރީނދޫ

    އޮޅިގެން ވެންޓިލޭޓަރުތައް ދިރުވާލައިގެން ތިބި ޒިންމާދާރު ޕާޓީ.

  13. ޒަރ

    މީނަގެ އަގަދޯއޮޅުނީ ބުނި ބަހެއް ނޯޅޭތަ.