އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ނަފުރަތު އުފައްދަވައިގެން ކެމްޕޭން ނުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އިލްތިމާސް ކުރައްވައިފިއެވެ.

އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ އެއް ކެންޑިޑޭޓެވެ. ރޮޒެއިނާއަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް އަންހެނުންގެ ރޫޚުގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.

އިންތިގެ ޓީމުން މި ހަފުތާ ބަންދު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ހުވަދު އަތޮޅުގެ ރަށްރަށުގައެވެ. މި ގޮތުން ރަށެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވެފައިވަނީ އެމްޑީޕީން ރައީސް ނަޝީދު ބޭރުކޮށްލަން ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

އެ އަޑު ހިމެނޭ އޯޑިއޯއެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން ރޮޒެއިނާ ސުވާލުތަކެއް އަމާޒު ކުރެއްވިއެވެ. އޭނާ ސުވާލު ކުރެއްވީ އިންތިގެ ކެމްޕޭނަކީ އިދިކޮޅު ޕާޓީގެ ބަޔަކާއި ދެކޮޅަށް ކުރާ މުޒާހަރާއެއްތޯއެވެ. އަދި އެ ގޮތަށް ނަފުރަތު އުފައްދައިގެން އެމްޑީޕީއަށް ލިބެން އޮތް ފައިދާއަކީ ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

"ތިޔަ ގޮތަށް ޕާޓީ ތެރޭ ނަފުރަތު އުފައްދަން ނޫޅުއްވައި ރީތިކޮށް ކެމްޕޭން ކުރައްވަން އިންތިއަށް އިލްތިމާސް ކުރަން،" ރޮޒެއިނާ ލިޔުއްވާފައިވެއެވެ. "މިއީ އެތެރޭގެ އިންތިޚާބެއް،"

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. ފައްޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ކެންޑިޑޭޓެވެ.

މި އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ބޭފުޅުން އެކަކު އަނެކަކަށް ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ވެސް ރައްދު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލަން ބަޔަކު އުޅޭ ކަމުގެ ވާހަކަ ދަނީ ފަތުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަން ރީނދޫ

    ފިތުނަ ފަސާދަ އުފެއްދުމާ، ދޮގު އިލްޒާމް އެޅުވުމާއި،ހުސް ވައުދުތައް ވުމަކީ އެމްޑީއެން އެމްޑީޕީ ގެ ކްލާސިކް ސިގްނޭޗާރ ކެމްޕޭން ސްޓްރެޖީ. ރޮޒޭ ހަޖަމް ކޮއްލާ.

  2. އާނަމް

    މިކަހަލަ ދެފުއް ދެގޮތް މީހުން ފެންނާތީ މީހުން ހިތުގަ ނަފުރަތު އުފެދެނީ

  3. މުސަންމާ

    ތިމާގެ ހެޔޮކަމެއް ނެތިއްޔާ އެހެންމީހުންގެ ގޯސްވާހަކަ ދައްކާނެ. ނަޝީދު ފެކްޝަން ގެ ހާލަތު

  4. ާައަހުމަދު

    އަނެއްކާވެސް ހުޅުމާލޭން ބިމެއް ހޯދަންވީތޯ؟

  5. މ.ޖައުފަރު

    އެކަމަކު ނަފުރަތު އުފެއްދުމަކީ ނޫންތޯ އެމް.ޑީ.ޕީގެ ބްރޭންޑަކީ ؟

    4
    1
  6. Anonymous

    އެމްޑީޕީގެ ޠޮބީޢަތުގައިވަނީ ނަފުރަތު އުފެއްދުމާއި ލާދީނީވުމާއި އަބުރުކަތިލުން. ވީމާ އެމްޑީޕީ މީހަކަށް އިންތި ވެސް ވާނީ އޭގެ ޠޮބީޢީ ސިފަތަކުގައި ނިކުމެ ކެމްޕެއިން ކުރީމާ. ބިރަކާ ނުލައި އިންތި ދާންވީ ކުރިއަށް، ބިރަކާ ނުލައި އިންތި އުފައްދަންވީ ނަފުރަތު. ﷲ ކޯފާ ލައްވާނެ ހުރިހާ ކަމެއް ކަލޭމެން ކުރަންވީ ބިރަކާ ނުލައި. އޭރުން އެމްޑީޕީ މީހުންގެ ގޮތުގައި ދެމިހުރެވޭނީ. ސާބަހޭ އިންތީ.

    3
    1
  7. މުޖުތާޒު

    ޠިހެން ބުނަން އެއްމެ ތާހިރީ ރޮޒެއިނާތޯއަހާލަންބޭނުންވޭ

    5
    1
  8. ދަރަނި ދަންތުރަ

    އެމް ޑީ ޕީ ގެ އުފެދުމުގެ އަސްލަކީ ވެސް ދޮގުހެދުމާ ނަފުރަތާ ރުޅިވެރިކަމާ އަނިޔާވެރިކަން އެއާނުލާ ތިޔަޕާޓީ އަށް އެއްކަމެއްވެސް ނުކުރެވޭނެ ތިޔައީ ދިވެހިންނާ ދިވެހި ގައުމުގެ ހަލާކު

  9. ޯބޯޖަލީލު

    އެމް ޑީ ޕީ އުފަލަކީ ނަފުރަތު އުފެއްދުން ، ދޮގުހެދުމާ އޮޅުވާލުމާ މަކަރާ ހީލަތްހެދުމުގެ އައްޕަ ޔަކީ ކެނެރީގޭ ނަސީދު އިންތި ޔަކީ ނަސީދުގެ އަޅެއް...

  10. ދެފުއްމިޔަ

    ރޮޒައިނާ އަކީ ތެލަބަޑި އަނގަރަކިޓިކިޓިއެއް.
    ތިޔައުޅެނީ އަނގައޮޅިގެން ކިޔާނެއެއްޗެއްނެއިގި
    ގޮތްހުސްވެގެން. ބުނަންތަ ދެން ލަލަލާ.ހައްޕު.