"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގަވާ ހަރަކާތަކީ އެމަނިކުފާނު ވެރިކަމުގެ ދަހިވެތިކަމުގައި ހިންގަވާ ވަރަށް ހުތުރު ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރެންދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި އެ ރަށަށް ވަޑައިގެން ނަޝީދު ވިދާޅުވީ، ޔާމީން އިންޑިއާ އައުޓް ކިޔުއްވާފައި އެކުރައްވަނީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި އެއީ އެހާމެ ނުރައްކާތެރި ކަމެއްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް މިއަށްވުރެ ބޮޑު ގެއްލުމެއް ވަކި ނުދެވޭނެ. މިއީ ވަރަށް ވަރަށް ނުރައްކާތެރި ހަރަކާތެއް. ރައީސް ޔާމީންގެ ބޭނުމަކީ ބޮޑެތި ގައުމަތަކާއި ރާއްޖެއާ މައްސަލަ އުފެއްދުން. ނަފްރަތު އުފެއްދުން. އެ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންގެ ހިތްބަރު ކުރުން." ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަކީ އަވަށްޓެރި ގައުމުތަކާ ވަރަށް ގުޅިގެން އެކުވެރި ކަމާއެކު މަސައްކަތް ކުރާ ގައުމެއް ކަމަށާއި، ދޭދޭ ގައުމުތަކާ އޮތް ގުޅުމަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ހިންގުމަކީ އެއްވެސް ގޮތަކަށް ޖާގަ ދެވިގެންވާނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާ ނަޝީދު ވަނީ އިންޑިއާ އައުޓް ކެމްޕޭންގެ އަސްލު މަގްސަދަކީ އަލުން އަނބުރާ ވެރިކަން ހޯދުން ކަމަށް ސިފަ ކުރައްވައިފައެވެ.

"ރައީސް ޔާމީން މިކަން ކުރަނީ ވެރިކަމުގެ ބޭނުމުގައި، ވެރިކަމުގެ ދަހިވެތި ކަމުގައި. ވަރަށް އިހުލާސްތެރި ކަމާއެކު ޕީޕީއެމްގެ ހުރިހާ މެމްބަރުންނަށް ދަންނަވާލަން ބޭނުން، ޔާމީނާއި، ޕީޕީއެމްއަށް ތާއީދުކުރުން އެއީ ވަކި ކަމެއް. ނަމަވެސް ރާއްޖެއަށް ގެއްލުންވާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ބައިވެރިވުމަކީ ބުއްދިވެރި ކަމެއްނޫން." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަހުމަދު

    ނަޝީދު ގައުމު އިންޑިއާއަށް ވިއްކަމުންދަނީ ވެރިކަމުގެ ދަހިވެތިކަމުގާ

    51
    • ޙައްގުބަސް

      އިންޑިޔާ ސިފައިންނާ އިންޑިޔާއިން އައްޑޫގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގައި އުޅޭ މީހުންގެ އުނދަގޫ އައްޑުއަތޮޅު ރައްޔިތުންނަށް ފޯރައިގެން އުޅޭ ޚަބަރު އައްޑޫ ރައްޔިތުންގެ ފަރާތުން ލިބޭ!! ގަހުގައި އޮންނަ އަބުކޮޅާ ބަބުކެޔޮކޮޅުވެސް މަގުމަތިން ދުއްވާ އެއްޗެހިތަކުގައި ދަމުން ކަނޑައިގެންދަނީ އިންޑިޔާ މީހުންކަމަށް!! އައްޑޫގައި އިންޑިޔާ މަސައްކަތު މީހުނާ ހިލަވެއްޔާ ތަކެތި ބައްޓާފައި ހުންނަ ސައިޓަށް (އާރޫއޭފް ސަރަހައްދުގައި ހުންނަ) ފުލުހުންނަށްވެސް ނުވަދެވޭކަމަށް ވަނީ! ކޮންމެވެސް ޗިޓަށް ހަދައިގެން ހުއްދަ ހޯދައިގެން ދިއުމުންނޫނީ ގޭޓްގައި ހުންނަ ގާޑްމީހާ ވަނެނުދޭކަމަށްވަނީ!! ހިލަވެލި ހިފައިގެން އިންޑިޔާއިންއަންނަ ބޯޓް އައްޑޫ ބަދަރާ ކައިރިކުރީމާ ބޮޑު ލޮރީއެއްގައި ބަދަރުކައިރިއަށް ގޮސް ބޯޓުގެ ކްރޭނުން ނަގާ ލޮރީއަށް ބާލާއެއްޗެއް ބާލާގޮތަށް މިބުނާ ސައިޓަށް ވައްދަނީ!! އެތެރޭގައި ހުރީ ކޯޗެއްކަމެއްނޭނގެ! މަސްތުވާތަކެތީގެ ވިޔަފާރި މީގެތެރެއިންކުރާކަމަށްވަނީ! ދެން މުޅި އައްޑޫއަށް ބަނގުރާ އެތެރެކޮށް މިއިންޑިޔާ މީހުން ސުމާރެއްނެތި އައްޑޫގައި އެބޭނުންކޮށް މީހުންނަށް ބަހާ ހަދާކަމަށްވަނީ!! މިމީހުން އެއްވެސް ހަމައެއްލަމައެއްނެތި މުޅި އައްޑޫގައި ތެޅިބާލާއިރު މިމީހުންގެ އަމަލުތަކެއް ދިވެހިދަައުލަތުގެ ފަރާތުން ނުބެލެހެއްޓި އަމުރު މައުރޫފު އެމީހުންގެ މައްޗަށް ނުހިންގި މުޅި އައްޑޫ ހަލާކުކުރަމުންދާކަމަށް ވަނީ!!! އެކި ނަންނަމުގަ މިހާރު އައްޑުއަތޮޅުގައި 3000 ވުރެންގިނަ އިންޑިޔާ މީހުން އުޅޭކަމަށްވަނީ!! މޭޔަރު ހުންނަނީ މިމީހުންގެ ދަށުލާފަ ބޭނުންވާ ކަންކަންކޮށްދީފަ މައުލޫމާތު ލިބޭ! މިހާރު މިރާއްޖެއަށް މަސައްކަތު މީހުންގެ ގޮތުގައި ހަމައެކަނި އެތެރެކުރެވެނީ އިންޑިޔާގެ ރައްޔިތުން!! މިކަން މިގޮތަށް ކޮށްފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާގެތެރެއިން!! އެހެން ގައުމެއްގެ މީހަކު އެތެރެކުރަން ހުއްދައަށް އެދި ދެތިންމަސް ވާއިރު ހުއްދަނުދޭއިރު އިންޑިޔާއިން މީހުން ގެންނަނަމަ ހަފްތާއެއްތެރޭ ހުރިހާކަމެއް ހަމަޖެހި މީހާ ރާއްޖެގެނެވޭގޮތްވޭ!! މިއީ ސަރުކަރާ އިންޑިޔާ ސަރުކާރާ ގުޅިގެން ހިންގަމުންގެންދާ ޖަރީމާއެއް!! އިންޑީޔާ މީހުން މިރާއްޖޭގައި ގިނަކޮށް މިރާއްޖޭގެ ކަންކަމަށް އަތްގަދަކުރުވުމުގެ ބޭނުމުގައި! އަޅުގަނޑު ނޫސްވެރިންނަށް ގޮވާލަން މިކަން ދިރާސާކޮށް ބަލަން!! އައްޑުއަތޮޅުގައި މިމީހުން ހިންގާ ޖަރީމާތައްވެސް ބަލަން ނޫސްވެރިން!! މިއީ ވަރަށް ދެރަވަރުކަމެއް!! މިދޯހަޅި އިންޑިޔާ ގޮނޑިކޮށްކޮ ސަރުކާރު ވެރިކަމުން ދުރުކުރަންޖެހޭ ރައްޔިތުން!!

  2. މަހުދީ

    ދިވެހިރާއްޖެ ބޮއިކޮޓްކުރަން ނަސީދު ގޮވާލި ހަދާން އެބަހުރިތޯ، ތިޔަ ވެރިކަމުގެ ދަހިވެތިކަމުގައި

    46
  3. ހާމިދު ޝާހިދު

    ކިތަންމެ ވަރަކަށް ތިޔަބައި މީހުން ތިހެން ކީނަމަވެސް، އަހަރުމެންނަށް ވިސްނިފައި އޮތީ އިންޑިއާއަކީ އަބަދުވެސް އެމީހުން އެއްޗެއް ދިއްކޮށްލައިފިނަމަ އޭގެ ބަދަލު ބޮޑުތަނުން ހޯދަން އުޅޭ ބައެއްކަން. 80 ގެ އަހަރުތަކުގައިވެސް އެމީހުން ކަންކުރަމުން ދިޔައީ އެގޮތަށް. އެމީހުންގެ އެހީގައި އިމާރާތެއް އެޅިނަމަވެސް، އެތަނެއް ނިންމަން ލައްކުދުވަސް ހޭދަވާއިރު، ނިމޭއިރު ހުންނަނީ ހަލާކުވާންފަށާފައި. ލޯނެއްދިނަސް އެމީހުން ހިންހަމަ ނުޖެހިއްޖެނަމަ ވަގުތުން އެއަބުރާ ހޯދާފަ އެބަހުރި. "އިންޑާ ފަސްޓް" ޕޮލިސީއަކީ އަހަރުމެން ގަބޫލުކުރާ އެއްޗެއްވެސް ނޫން. އަހަރުމެން ފަސްޓަކީ "އިސްލާމް ދީން ހިމާޔަތްކުރުން". އެކަން މިކުރަނީ. ތިޔަބައިމީހުން ބުނަމުންދިޔައީ ޗައިނާއަށް ބަރޯސާ ނުވާށޭވެސް. އެކަމަކު ވެރިކަމަށް އައިސް އިންޑިއާއިން ނޫން ތަނަކުން އެހީތެރިކަމެއްވެސް ނުހޯދުނު. ހުރިހާކަމެއް އެމީހުންނަށް ބަރޯސާވެ ނިމިއްޖެ. ވަގު އެގްރީމެންޓްތައް ހަދާ އެމީހުންގެ އަސްކަރިއްޔާ މުޅި ރާއްޖޭގައި ރުކުރުވާލައިފި. ދެން މިހެން ކިޔާނެކަމެއްނެތް، އިންޑިއާގެ ނޮހުރުއްޕާނުން ނުޖެހޭ ކަމެއް ތަނެއް ނެތްކަން ސިވިސްލާވިސްގެ އިސް މުވަޒަފުންފެށިގެން ސަރުކާރަށް ލައްވާފައިތިއްބެވި ބައެއް ސިޔާސީ ބޭފުޅުންގެ ދުލުން ވެސް އިވެން ފަށައިފި. މިހުރިހާކަމެއް މިހެން ހުރީމާ، މުބުނަނީ ތިއީ ގޯހެކޭ. އިންޑިއަން މިލިޓަރީ އައުޓޭ. އެމީހުންނަށް އެކަނި ބަރޯސާވެ އިންޑިއާގެ ލަވަކިޔުންތެރިން ގެނެސްގެން ހައްދަން ނޫޅޭށޭ. އަހަރުމެންގެ ހިތް ވަރަށް ސާފު. އަހަރުމެން 2023 ގައި ވޯތުލާނީ، އިންޑިއާ އައުޓް ކެމްޕޭނު ހިންގާ ބަޔަކަށް. އެބަޔަކީ ޕީޕީއެމް ގެ ފަހުލަވާނުން.

    37
  4. މުރާސިލް

    ނަޝީދެވެ. ތިމާގެ އަމިއްލަ ޤައުމުގެ ޤައުމިއްޔަތާއި މިނިވަންކަމަށްވުރެ މަވެތިކަން އިސްކުރާ ކޮންމެ ''ޣައްދާރެއް'' ގެ ކުރިމަތީގައި މިނިވަންކަމާއި ޤައުމިއްޔަތުގެ ހަރަތާކްވާނީ ނުރައްކާތެރި ހަރަކާތަކަށެވެ. ޔާމީން އެހިންގަވަނީ ޤައުމީ ޖިހާދުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ލޮލުން ބޮލުން އަދި އަމަލާއި ބަހުން ރައްޔިތުންގެ ތާޢީދު ލިބެމުން އެދަނީވެސް އެހެންވެއެވެ، ނަޝީދު ކަހަލަ އަމިއްލަ އެދުމުގެ މަސްތުގައި އާވާރާވެ 24 ގަަޑި އިރު ހަމައިން ނެއްޓިފައި ތިބޭ ޚާއިނުން މިަފަދަ ޤައުމީ ހަރަކާތް މާނަކުރާނީ ތިހެންކަން އަހަރެމެން ދަންނަމެވެ. ﷲގެ ވާގިފުޅާއި އެކު އިންޑިޔާ ސިފައިން މިޤައުމުން ބާލާނީ އަހަރެމެން ރައްޔިތުންގެ ވޯޓުން ނަޝީދުގެ އައުވާނުން ނާއިވެސް އެކުގައެވެ.

    36
    1
  5. ޖަރާ

    ބަނގުލަދޭސް އައުޓު ގޮވާބަލަ.

    2
    26
  6. އައްޔު

    މަނިކުފާނު ތިޔަހެއްވިދާޅުވީމާ ވަރަށް އައްޗި. މަނިކުފާނު ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއަށް ޔާމީން 16 ރަށް ދިންވާހަކައާއި ޗައިނާއަށް ޤައުމުވިއްކައިފިއޭކިޔާ ގޮވިއިރުވެސް ޔާމީނު ނުބުނޭ މަނިކުފާނު އުޅެނީ ވެރިކަން ހޯދާށެކޭ. މަނިކުފާނު ވެރިކަން ނުލިބިގެން ގަނަތެޅޭކަން ދިވެހި ރައްޔިތުންނަށް އެނގި ހާމަވެގެން ގޮސްފި ޤާނޫނު އަސާސީއަށް ގެންނަންވެގެން އުޅޭ އިސްލާހުންވެސް %30 ގެ ރައީސް ހައްހައް. ދެފުއްގެގޮތް ނުވޭ މަނިކުފާނުވެސް

    35
  7. ސަލީން

    އިންޑިޔާއާއި މިތާގެ ވެރިކަމަކާ ކޮން ގުޅުމެއް.. މިތާ ވެރިކަންކުރަނީ އިންޑިޔާތަ.؟

    19
    7
  8. އަބްދޫ

    މިގައުމުގަ ވެރިކަން ބޭނުންވާލެއްބޮޑުކަމުން އެކަމާއި ނަސިދަށް ވުރެ ބޮދަށް ތެޅިފޮޅޭ މީހަކު މިގައުމުގަ އުޅޭހެން ހީނުވޭ. ވެރިކަނ ލިބުނީމަ ކުރާކަސް ނޭގުނު . ގާނޫނުއަސަީ ހުއްޓިފައިވާކަންއިއުލާންކޮށް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގާކަމަށް ލިޔެ ހަދައިގެން ދުސްތޫރީ ބަގާވާތެއް ނެނެސްގެންވެސް ވެރިކަމުގަ ހަރުނުލައިގެން އިސްތިއުފާދީފަ ތަންތާގަ ހުޅުޖެހީމަ ވެރިކަން ލިބިދާނެހެން ހީވެ އެކަންވެސް ކޮށްފަ ވެރިކަން ނުލިބިގެން އުލެނިކޮށް ޕާޓީ މީހަކަށް ވެރިކަންލިބުނީމަ މަށަކީ ބޮޑުވަޒީރޭ ކިޔައިގެން ރައިށް ގެމައްޗަށް ބަސްކިޔަންފެށީމަ ޕާޓީދެފެކްސަނަށް ބެހިގެން މިދިޔައީ ހަމަ ތިޔަ ނަސީދުގެ ވެރިކަމުގެ ދަހިވެތިކަން ބޮޑުކަމުން ނޫންކަމަކަށް ނުވާނެ. އިންސާނައަކި ވެރިކަމުގެ ދަހިވެތިކަން ބޮޑު މީހެއް. އެގޮތުން ވެރިކަމުގެ ދަހިވެތިކަން ޔާމީނުއަސް ބޮޑުވެގެން ދިއުމުން ދެވަނަ ދަވްރެއް ޔާމީނަށް ނުލިބުނީ. އިންޑިޔާ އައުޓްހަރަކާތަކީ މިގައުމުގަ ހިންގަން ޖެހޭކަމެއް.ޔާމީނު ނުހިންގިޔަސް ހަސަނު ނިކުމެވެސް އެހަރަކާތް ހިންގުމަކީ ގައުމި ވާޖިބެއް. އަފްގާނިސްތާނަށް ރަސިޔާ ސިފައިންއެރުވީ އޭރު އޮތް ސަރުކާރުން ހެދި އެއްބަސްވުމެއްގެތެރޭނެ. އަފްގާނިސްތާނަށް ވެގެން ދިޔަގޮތް ނެގޭ ދިވެއްސަކު ހުރިކަމަށް ނުދެކެން. ދިވެހިންގެތެރޭ ތިބި ގައްދާރުންގެ ބަޔަކު ގާނޫނުއަސާސީއާހިލާފަށް އިންޑިޔާސިފައިން ދިވެހިގައުމަށް އަރުވާ މަރުކަޒުކުރުވާފަ ތިބިތިބުމަކީ ބަލައިގަނެވޭނެ ކަމެއްނޫން .ދެވަނަ އަފްގާނިސްތާނަށް ދިވެހިގައުމު ވުމަށް ނޭދޭތީ އިންޑިޠާ އައުޓް ހަރަކާތް ހިންގަންޖެހެނީ. އެހަރަކާތުގާ ބައިވެރިވުމަކީ ދިވެހި ހުރިހާރައްޔިތުންނަށް ވާޖިބުކަމެއް.ދިވެހިގައުމުގެ މުސްތަގުބަލް ފެންނަނީ ވަރަށް ނާމާންކޮށް.

    25
  9. އަފީ

    އިންޑިއާ އައުޓް ކެމްޕޭނަކީ ދިވެހިރާއްޖޭގެ ދިވެހި ލޭ ހިގާ ދިވެހި ދަރީން މިނިވަންކަމުގެ ދިފާއުގައި ހިންގާ ބިޔަ ބޮޑު އަދި ތާއީދު ބޮޑު ހަރަކާތެއް. މި ހަރާކާތުގެ ބުރަދަން ފެނި ގ.ކެނެރީގޭ މުހައްމަދު ނަޝީދު ހިތްދަތިވުމަކީ ރައްޔިތުންގެ ކުށެއް ނޫން!

    34
  10. ޢިންޑިއާ އައުޓް

    އިންޑިއާ އައުޓް ނަޝީދު އައުޓް އެމްޑީޕީއައުޓް މިނިވަންކަމުގެ ދިފާއުގައި ދިވެހީން އިންޑިއާ އައުޓް

    32
  11. Anonymous

    މައުމޫނުގެ ވެރިކަމުގައި މައުމޫނުގެ ވެރިކަން ވައްޓާލުމަށްޓަކައި އެމްޑީޕީ މީހުން ހިންގި ހުތުރުކަން ބޮޑުވެގެންވާ ހަރަކާތާއި، ޔާމީނުގެ ވެރިކަމުގައި ޔާމީނުގެ ވެރިކަން ވައްޓާލައި މިރާއްޖޭގެ ރައްޔިތުން މަގުފުރެއްދުމަށްޓަކައި ކެނެރީގޭ ނަޝީދު އިސްވެހުރެ ހިންގި ނުބައިކަން ބޮޑުވެގެންވާ ލާދީނީ ހަރަކާތަކީ ކޯއްޗެއްގެ ދަހިވެތިކަމުގައި ހިންގި ހަރަކާތްތަކެއްތަ؟
    ޔާﷲ، މި ނުބައިކަން ބޮޑުވެގެންވާ ލާދީނީ ސުންޕާ މީހާގެ ނުބައިކަމާއި ލާދީނީކަމާއި ސުންޕާކަމުން އަޅަމެން ސަލާމަތްކުރައްވައިފާންދޭވެ! އާމީން.

    28
  12. ރަން ރީނދޫ

    މި ކަލޭގެ މި އުޅެނީ ،މީނާ ޕާޓީގެ ފަރާތުން ކުރާ ވެރިކަމާ ވެސް ހަސަދަ ވެފަ،ތިމާ ރައީސް ކަމުގައި ނެތަތީ. ސައިޑް ލައިން ވަނީޔޭ ކިޔައިގެން ވެރިކަމާއި ނުފޫޒާހެދި އާވާރާވެފަ.

    25
  13. މަބޭ

    8ފެބްރުވަރީގަ މުޅިގައުމުގަ ހުޅުޖެގުނަ އެއީ މާނުރައްކާތެރި ޓެރެރިޒަމްގެ އަމަލެއް

    29
  14. ކޮރޮވަލިގޭ

    ވެރިކަމުގެ ދަހިވެތިކަން ބޮޑީ ކާކުކަން ދިވެހީންނަށް ވަރަށް ސާފު...

    މޮޔަގޮވަނީ ކާކުން... އިންޑިޔާގެ ޕަޕެޓަކީ ކާކުކަންވެސް ދިވެހީނަ މިހާރަކު ނޯޅޭ! ލަދު ހަޔާތް ކުޑަ މިންވަރުވެސް މެ

    އަސްލު ދިވެހި ޤައުމުދެކެ ލޯބިވާ، ހަޤީޤީ މާނައިގަ ދިވެހި ދަރިޔަކު ނޭދޭނެ އިންޑިޔާގެ މިލްޓްރީ މަގައުމުގައި ތިބޭކަށް..

    މީގެން އިސްތިސްނާވަނީ، އަމިއްލަ އެދުމުން ފޯވެފައިވާ، ކުޑަ އަގަކަށް ގައުމު ވިއްކަން އެދޭ، ލާދީނީ، މަދުބަޔަކު

    އެމީހުންތައް މިހާރު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެގެމުން ފާހަގަވަމުން އެބަހަރަދޭ..!

    ދެންތިބެ ނިކަން އަހަރުމެންކާރިޔަށް ވޯޓޭ ކިޔާފަ ނާންނާތީ..
    ގައުގެ ޚާއިނުން، ޢައްދާރުން.. ޓެރަރިސްޓުން.. ބާޢީން..

    ދިވެހި ގައުމު ދެކެލޯބިވާ ދަރިޔެއްގެ އަޑު

    20
  15. ހަސަން

    އަންނި ތިބޭފުޅާ ކޮންމެ ފަދަކަމެއް ވެސް ކޮއްފާނެ ވެރިކަމުގެ ބޭނުމުގަ

    23
  16. ޝަވީ

    އިންޑިޔާގެ އެޖެންޓުކަން ކުރާ ބަޔަކަށް ވެރިކަމުގަ ނުތިބެވޭނެ.

    22
  17. މަހުދީ

    ކެނެރީގޭ ބުރާންތި ނޫންތަ ހޭބަލަނީ. އަމިއްލަ ޕާޓީންވެސް މިކަލޭގެ ބޭރުވަނީ.

  18. ޖުލައި

    ރައީސް ނަޝީދެވެ. މޮޔަމަކުނުބަލި ޖެހުނީމާ ތިޔަކިޔާއެއްޗެއް މަރު ދުވަހަށްވެސް ކިޔޭނެ.

  19. ގލޅ

    ރާއްޖެ އިންޑިއާ ދޭދޭ ގުޅުން ގަޑުބަޑު ކޮށް ފަސާދަ ކުރީ
    ނަސީދެވެ ރާއްޖެއަށް އިންޑިއާސިފައިން ގެނައުމުގެ މެދުވެރިއަ ކީ ވެސް ނަސީދެވެ ރާއްޖެއަށް އެންމެބޮޑު ގެއްލުންދީ ހަލާ ކުތައް މެދުވެރި ކުރީ ނަސީދެވެ ވެރި ކަމުގެ މަސްތުގައެވެ.

  20. އިސްޢާފް ސަލީމް

    އިންޑިޔާ ސިފައިން ޤަވްމުން ބޭލުމަށްފަހު ދެން ތިޔަބުނާ ޙަރަކާތެއް ޕީޕީއެމް އިން ހިންގާނަމަ ތިޔަކަން ޤަބޫލުކުރާނަށް!