ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދިނުމަށް ފަހުގައި ތިން މަސްދުވަހުގެ ތެރޭގައި މެންބަރުން ހަމަނުވެއްޖެ ނަމަ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ 3،000 މެމްބަރުން ހަމަވުމުންނެވެ. 3000 މެންބަރުންގެ ސޮއެއާއިއެކުގައި ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު ވަނީ އެއަށްވުރެ މަދުވެފައެވެ.

މިގޮތުން 3،000 އަށްވުރެ މެމްބަރުން މަދު ޕާޓީތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަދި ޑީއާރުޕީ ހިމެނެއެވެ.

މެންބަރުން މަދު ޕާޓީތަކާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި ނިންމަވާފައިވަނީ 3،000 މެމްބަރުން ހަމަކުރަން އެ ޕާޓީތަކަށް ނޯޓިސް ދޭށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އީސީން ދެން ފަށާނީ ޕާޓީ އުވާލުމުގެ މަސައްކަތް ކަމަށް ވެސް ވަނީ ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމްއަކީ އެންމެ ފުރަތަމަ ރައީސް މައުމޫންގެ ފުލް ކޮންޓްރޯލް އޮވެގެން އެމަނިކުފާނާއި ރައީސް ޔާމީނާއި ގުޅިގެން އުފެއްދެވި ޕާޓީއެކެވެ. އެހެންނަމަވެސް ފަހުން ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީ ދެކަފިވުމާއި ގުޅިގެން ރައީސް މައުމޫނަށް ޖެހުނީ ޕާޓީ ދޫކުރައްވާ ވަޑައިގަންނަވާށެވެ. އޭގެ ފަހުން ޕާޓީއެއް އުފައްދަވައިގެން މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރެއްވިއެވެ.

މެންބަރުން ހަމަނުވާ ލިސްޓުގައި އޮތް ޕާޓީތަކުގެ ތެރެއިން އެމްޓީޑީ ނުވަތަ މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީއެވެ. ޕާޓީ އުފެއްދެވީ ވެސް އަދި އުފެއްދެވި ފަހުން އަދީބު ހުންނެވީ ވެސް ކޮރަޕްޝަނާއި އަދިވެސް އިތުރު މައްސަލަތަކެއްގައި ހުކުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސްއަނގަ

    ތިޔައިން އެންމެ ޕާޓީއެއްވެސް އުވާލަން ތިޔަކޮމިޝަނަކައް ނުކެރޭނެ

    16
    1
  2. ޢަހު

    އަލްޙަމްދުﷲ

    18
  3. ހިނި

    😂😂😂😁😁😂🇲🇻🇲🇻

  4. އަލީ

    ވަރަށް ސަކަރާތްވީމި !! ޕާޓީތަކައްދޭ ލާރިކޮޅު ލިބޭގޮތްނުވީ މިވީގޮތުން. ކިހިނެއް ހަދާނީދެން؟؟؟ މި ޖެހުނީ އުވާލާކައްނު މިވީގޮތުން.. ބޯހަލާކު!!

    11
  5. މަހާ

    ތިކަންކުރަން ލަސްވެސްވެއްޖެ،
    ކޮންމެ ދެމީހަކަށް ޕާޓީއެއް.
    ކޮންކަމެއް.

  6. ދަރަނި ދަންތުރަ

    އަނެއްކާ އަނެއް ޕާޓީ ހަދާ ކޮބާ ނާދިރާ

  7. Anonymous

    މަޤޯތީ ރުޤިއްޔާ މޫވްމެންޓް އުވާލަންވީ. ބެއްޔާ ދެން ތުއްތުނާއާއެކު ފަތިހު ހިނގާލަން ނިކުމެ ހެނދު ލުއި ނާސްތާއެއް ނަގައިގެން ދީނީ ދަރުސްދިނުން ފަދަ މުޖުތަމައަށް ފައިދާހުރި ކަންކަމުގަ އުޅެންވީ.

  8. Anonymous

    އަވަހަށް އުވާލާ
    ތި ފިކުރަކީ މިހާރު އުވިގެންގޮސްފައިވާ ފިކުރެއް

  9. ހުސޭނުބޭ

    ބެއްޔާ ކޮބައި ރީތިވެއްޖެ. އެޔޮއް އުޅެނީ ބެއްޔަވެސް އުވާލަން. ކަޑައެއްނު.