މާހެފުމަކީ ބިދުއައެއް ނޫން ކަމަށް ޝެއިޙް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހާއި ދިމާކޮށް މާހެފުމަކީ ރާއްޖޭގައި އާއްމުކޮށް ކުރާ ކަމެކެވެ. އާއިލާތަކުގެ މެދުގައި އާއި ރަހުމަތްތެރިންގެ މެދުގައި މިކަން ވަަރަށް ފޯރީގައި ކުރިއަށް ގެންދެއެވެ.

މީގެ ކުރިންވެސް ބައެއް ފަރާތްތަކުން ވަނީ މާހެފުމަކީ ހަރާމް ކަމެއް ކަމަށްބުނެ ވާހަކަދައްކާފައެވެ.

މި ވާހަކަތަކާއި ގުޅިގެން ޝެއިޙް އަލީ ޒައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާހެފުމަކީ ބިދުއައެއް ނޫން ކަމަށާއި، މިއީ ދިވެހިން ސަގާފީ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"ރޯދަޔާއި ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމް ދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ސައްހަ ބުނުމެއް ނޫން". އޭނާ ވިދާޅުވިއެވެ.

ޝެއިޙް ޒައިދު މިގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުވެސް ވަނީ އެއީ ހަރާމް ކަމެއް ނޫންކަމަށް ވިދާޅުވެ މީގެ ކުރިން ވާހަކަދައްކަވާފައެވެ.

އެގޮތުން 2018 ވަނަ އަހަރު ރަމަޟާން މަހުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ޙަރަކާތްތައް އިފްތިތާހް ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެއިރުގެ މިނިސްޓަރ ޑރ. ޒިޔާދު ވިދާޅުވީ، މާހެފުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައެއް ކަމަށާއި އެއީ ދިވެހިންގެ ސަގާފަތުގެ ބައެއްކަމަށެވެ. އަދި އެކަމަކީ ބަޔަކު އެކަމާއި ގުޅޭގޮތުން ދީނީ ހުކުމެއް ނެރެން ޖެހޭކަމެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ތާރީޚީ ނަޒަރަކުން އެ ހާދިސާއަށް އަލިއަޅުވާލުމަށްފަހު ރާއްޖޭގައި މިވަގުތު އިސްލާމްދީނުގެ ކަންކަން ހަވާލުވެ ހުރި މީހެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ދަންނަވާލާނީ މިކަމަކީ ދީނީ ގޮތުން ހަރާމް ކަމެއް ނޫނޭ. މިއީ ރާއްޖޭގައި ދީނީ ގޮތުން ކުރަމުންދިޔަ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ތާރީޚީ ގޮތުން އެނގިގެން ގޮސްފި. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އާދަކާދައެއް. ސަޤާފަތެއް،" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢިންޖިނިއަރ އެޑިލް

    ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވޭތޯ... މާހެފުން

    1
    6
  2. ޢަޒްރާ

    މާހެފުން ބިދުއަކަށް ވަނީކީނޫން މާހެފުން ބާއްވާއިރު އަންހެނުންނާއި ފިރިހެނުން އެއްކޮށް މާހަފާ މައްސުނި މޮޑެ ހެދީމަ އެކަންތަށް ގޯހީ އިސްލާމް ދީނުގަ އަންހެނުންނާ ފިރިހެނުން އެއްތަންވެ މަޖާކޮށް ހީސަމާސަކޮށް ހެދުމަީ ﷲ މަނާކ

    ކުރައްވާފަކުރައްވާފައިވާ ކަމެއް

  3. ާަމަރީ

    އެއްޗެއް ކާން ލިބެންޔާ ރަގަޅުވާނެ..

  4. Anonymous

    މާހެފުން ގޯސްވަނީ މާހެފުމުގެ މަގުސަދު އޮޅި މާބޮޑަށް މާހެފީމަ. އެހެންނޫނިއްޔާ މާހެފުން ގޯހެއްނޫން. މާހެފުމަކީ ދީނާއި އެއްވެސް ގޮތަކުން ގުޅޭކަމެއް ނޫން.

  5. މާސްޓަރ

    މާލޫދުކިޔުމާއި ކޭންކެއްކުމަކީވެސް ތާރީޚީގޮތުން ކުރެވެމުން އައި ކަންކަން.

  6. ޑައެލޯގް

    މިސަރުކާރުން ކޮތަންމެކަމެއް ގޯސްކޮށްކުރިއަށް މިޒައިދު، އިޔާޒް، އަނިލް، އިލްޔާސް އަދި އިމްރާނަކަށް ނުފެންނާނެއެވެ.