މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަމުނަމާދު ކުރާނީ މާލޭގެ 18 މިިސްކިތެއްގައާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައެވެ.

އިއުތިކާފަށް އިނުން ހަމަޖެހިފައިވަނީ މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 6 މިސްކިތެއްގައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ދަމުނަމާދު ކުރުން ކުރިއަށް ގެންދެއެވެ. މި ނަމާދުގައި ގިނަބަޔަކު ބައިވެއެވެ.