ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހ. ފަންތަންގުމާގޭ ފަސް ވަނަ ފަންގިފިލާއިން ދުން އަރާ ކަމުގެ މައުލޫމާތު ލިބގެން ފަޔާ އެންޑް ރެސްކިއު ޓީމުން ދިޔައިރު އަލިފާން ނިވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އެގޭގައި އުދާފައި ހުރި ތެއްޔެއްގައި ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:05 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.