ގިނަ އަހަރުތަކެއް ފަހުން ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ސަޕޯޓަރުންގެ ތެރެއަށް ސިޔާސީ ހަރަކާތަށް ނިކުމެއްޖެ އެވެ.

ރޭގައި މެޑަމް ފާތުން ވަނީ ހުޅުމާލޭގައި ޕީޕީއެމްގެ އަންހެން ކަނބަލުން މެޑަމް ފާތުންނަށް ބޭއްވި ހަފްލާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ފާތުން ބައިވެރިވި ފުރަތަމަ ސިޔާސީ ހަރަކާތެވެ.

އެ ހަފްލާގައި މެޑަމްއާއިއެކު ނެގި ޕޮޓޯތައް އާންމު ކުރަން ސަޕޯޓަރުން ބުނެފައިވަނީ އެކަމަނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމަކީ ލިބުނު އުފަވާ ކަމަށެވެ. އަދި އެކަމަނާ އަކީ އަންހެނުން ބާރުވެރިކުރުވައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނަށް ގިނަ އެހީތެރިކަން ވެދެއްވި ހިދުމަތްތެރި ފަސްޓް ލޭޑީއެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މެޑަމް ފާތުން ފާހަގަވެފައިވަނީ ވަރަށް ހިންގުންތެރި ފަސްޓް ލޭޑީއެއް ގޮތުގަ އެވެ. އެކަމަނާ ވަނީ އަމިއްލައަށް އިސްނަންގަވައިގެން އަންހެނުން ބާރުވެރި ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ވެސް ކުރުއްވާފަ އެވެ.

ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ދުވަސްފަރުގައި ވެސް އެކަމަނާ ކެމްޕޭނުގައި އަވަދިނެތި އުޅުނުތަން ފެނިފައި ވެއެވެ.

ނަމަވެސް ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމުން ފާތުން އެއްވެސް ސިޔާސީ ހަރަކާތަކުން ވެސް އަދި ބައްދަލުވުމަކުން ނުފެނެއެވެ. ހުޅުމާލޭގައި އޮތް އިވެންޓެއްގައި ފާތުން ބައިވެރިވި ނަމަވެސް މިއީ އެކަމަނާ އަލުން ސިޔާސީ މަސައްކަތް ފެއްޓެވީކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 13ވގ

    2ވަނަ ވަގުކަލޭގެ ނިކުންނަނިއްޔޯ އާންމުންގެތެރެޔައް ކިހިނެއްވީބާ މީހަކު ބުނެގެންބާ އަނެއްކާ ބުރޯ ބުނީބާ

    4
    9
  2. ޙަސަން

    މެޑަމް ފާތުންނޭވެ. ކަމަނާ މިކަމުގެ ތެރެއަށް މާބޮޑަށް ވެރިވެގަތުމުން ކަންްތައް ދަނީ ގޯހަށެވެ. މެޑަމްގެ ޒިންމާ އަކީ ޕާޓީގެ މުހިއްމު ގުނަވަންތަކުގެ ތެރެއަށް އަތްފޯރުވުމެއްނޫނެވެ. ކުރިންވެސް ވަޒީރުންނަށްވުރެ ކަމަނާގެ ބާރު މިނިސްޓްރީ ތަކުގެ މަސއްކަތްތަކުގެ ތެރެއަށް ގަދަވެގެން ބައެއް ވަޒީރުންވެސް ހިތްހަމަ ނުޖެހިގެން އުޅުނެވެ. ބައެއް ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމިންގެ ވެރިކަން ވެއްޓެން ދިމާވުމުގައި ކަމަނާގެ ބާރުގަދަކޮށް ބޭވަފާތެރިން ވަފާތެރިންނަށް އަދި ވަފާތެރިން ބެވަފާތެރިންނަށް ހަދައި ނުފޫޒު ފޯރުވުން ހިމެނެއެވެ. އެހެންކަމުން ރައީސް ޔާމީނަށް ވެރިކަން ހޯދަން ބޭނުމިއްޔާ ކަމަނާ ކަމާގެ މަޤާމުގައި ހުންނާށެވެ. ތިއީ މެޑަމެވެ. ރައީސްގެ އަނބިކަނބަލުންނެވެ.

  3. ނާދިރާ

    މެޑަމްއަށް. ވެދުން ސަލާމް.
    އިޖްތިމާޢީ ކަންތައްތައް ކުރިއަރުވަން މަސައްކަތްޕުޅު ކުރައްވާ. އެހެނަސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވެދެވަޑައި ނުގެންނެމަށް ވ އަދަބުވެރި ކަމާއިއެކު ދަންނަވަން
    2018 ގެ ރިޔާސީ އިންތިޚާބު 2023 ގައި ތަކުރާރު ވާކަށް ބޭނުމެއް ނޫން

    11
    1
  4. Anonymous

    ލޮބުވެތި މެޑަމް އަށް،
    ރަމަޟާން މުބާރަކް، އެއަށްފަހު ދަންނަވަން: އިޖުތިމާއީ ކަންކަމުގައި މެޑަމް އުޅުއްވުން އެދެން. އޭރުން ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ގިނަވެގެންދާނެ. އެކަމް ކަމަނާ ސިޔާސީ ކަންކަމުގައި އުޅެން ފަށައިފިނަމަ، ރައީސް ޔާމީނަށް އޮންނަ ސިޔާސީ ތާއީދު ކުޑަވެގެންދާނެ. މިކަން ހަނދުމަފުޅޫ ބެހެއްޓެވުން އެދެން.

  5. އަބްދޫ

    ތިޔަ ފާތުމަގެ މަސައްކަތުން 2018 ގަ ޔާމިނު ފެއިލް ކޮށްލީ މިހާރު ތިޔަތަނަށް ނިކުރަސް ފާތުމޔަސް މިހޖާރުކޮށދެވޭނެކަމެއް ނޯންނާނެ. ތިޔަ ފަތުމަ އެކުޅިގަނޑު ނުކުޅުނުނަމަ ޔާމީން ހުރީހީ ރައިސްކަމުގަ. ދިވެހިން ތިބިހީ އުފަލުގަ.