އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އޭނާގެ ވާދަވެރި ކެނޑިޑޭޓު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.

ނ.ކެނދިކުޅުދޫގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ފައްޔާޒު ވަނީ އިންތިއާއި އޭނާގެ ކެމްޕެއިން ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އިންތިގެ ކެމްޕޭނު ޓީމުގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ދައްކަވަނީ ވަރަށް ހުތުރު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ޕާޓީ ފިތުނަ ކުރަން ނޫޅުއްވާ ރީތި ކެމްޕޭނަކާއެކު ކުރިއަށް ދިއުމަށާއި، ރައްޔިތުންނާއި ހިސާބަށް ކުރަން ހުރި ކަންކަމުގެ ވާހަކަ ދައްކަވައިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރެއްވުމަށް އިންތިގެ ކެމްޕޭން ޓީމަށް ފައްޔާޒު ގޮވާލެއްވިއެވެ. އިންތި އާއި އިންތިގެ ޓީމަކީ މިދިޔަ 16 އަހަރު އެމްޑީޕީގެ އާންމު މެމްބަރުންނަށް ޚިދުމަތް ކުރަން ލިބި އެކަން ނުކޮށްދެވުނު ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސްޕޯކްޕާސަން އަކަށް ހުންނެވި ވައްޑެ ދައްކަވަނީ ވަރަށަ ވަރަށް ވަރަށް ދަށު ދަރަޖައިގެ ވަރަށް ހަޑި، ޗީޑި، ޕީޕީއެމް ވައްތަރުގެ ވާހަކަތަކެއް، އިތުރު ވާހަކައެއް އެކަމަށް ނުދައްކާ އަޅުގަނޑު އިލްތިމާސް ކުރަން އެ ކަންކަން މި ވަގުތުން މިވަގުތަށް ހުއްޓާލަން." ފައްޔާޒު ވިދާޅުވިއެވެ.

އިންތި އާއި އިންތިގެ ޓީމަކީ މިދިޔަ 16 އަހަރު އެމްޑީޕީގެ އާންމު މެމްބަރުންނަށް ޚިދުމަތް ކުރަން ލިބި އެކަން ނުކޮށްދެވުނު ބައެއް ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕަށް އަނެއްކާ ވެސް ހަމަ އެބޭފުޅުން އިސްކޮށްގެން އެމްޑީޕީއަށް އަންނާނެ އިތުރު ބަދަލެއް ނުފެންނާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއިއެކުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ތަޅާފޮޅުން ވަނީ ބޮޑުވެފައެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. ދެން ވާދަ ކުރައްވާ އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޮގުބާ

    ޕީޕީއެމް ގަ ނެތީތަ ހަމަ އެކަކުވެސް ވާހަކަ ދަށްކަން އެގޭ

    18
    1
  2. ޖުލައި

    ކަލޯ ޕޕމ ވާހަކަ ބާއްވާފަ އަމިއްލަ........ ވާހަކަ ދަކަބަލަ. ތާހިރުތޯ ބަލަން.

    26
    1
  3. ބަފާކަލޭގެ2

    ކަލޯ ތިޕާޓީގަ ހުރީ ބޮޑު ޓެރަރިސްޓެއްވެސް.

    21
  4. ނަރަކަ ފަރީދާ

    މަނިކުފާނު މިހާރު ބަހުރުވަ ތިޔަހުރީ 80ގެ އަހަރުތަކުގަ ބާޒާރު މަތީއުޅޭނެ ފަބި އަލި ކިޔާ މީހަކު އޭނަގެ ބަސްމަގު ހުންނަ ގޮތައް

    19
    1
  5. އަލީ

    ކަލޭގެ ޗީޑި ކަން މާބޮޑު. ދުވަހަކުވެސް ކަލެއަކަށް ތާއީދެއް ނުކުރާނަން،

    22
    1
  6. ރަން ރީނދޫ

    ރީނދޫ ޕާޓީ ޚަރާބު ވާއިރު ކުރެވޭނެ މާ ބޮޑު ކަމެއް ނެތް، އެހެންކަމުން އަސްލު މައްސަލައަށް އެޑްރެސް ކުރުމުގެ ބަދަލުގައި ޕީޕީއެމް ގެ ވާހަކަ ދެއްކެނީ. މިއީ ވަރަށް ބޮޑަށް މާޔޫސް ވުމުން ވާގޮތެއް.

    17
    3
  7. ދަރަނި ދަންތުރަ

    ޕީ ޕީ އެމް އަކީ ރީނދޫ ގުރޫޕުހާ ގޮތެއް ފޮތެއްނެތިގެން އުޅޭ ބައެއްނޫން ، ކަލޭމެން ރީނދޫ ގުރޫޕު ޕީ ޕީ އެމް އޭ ކިޔައިގެން އަނގަދިޔާނުކުރޭ ، އެމް ޑީ ޕީ ވަރުގެ ހަޔާތްކުޑަ ބަޔަކުނޫޅޭނެ...

    26
    2
  8. މަމީ

    ރީންދޫ އެޅި އެޅި ބޮނޑިބަތް ކައިގެން މަގޭ އަތުގެ އިނގިލިތަކުން ނާއި ނިޔަފަތިން ރީނދޫކުލަ ނުފިލައިގެން މިއުޅެނީ އަތްޗީޑި .

    4
    1
  9. މާމީ

    މުޅިސަރުކާރު ދަވާލައިފި

    17
    1
  10. ކިންގްސްޓަން މާޝާ

    ޗީޑި.. މީ ދެން ކާކުތަ އިންތިއާ ވާދަކުރަން! ޗީޑި

    2
    1
  11. މުޖޫ

    އިންތިއަކީ ގުނބޮލެއް.
    ފައްޔަ އަކީ ޝަހުސިްޔަތެއް.
    އިންތިއަކީ ހުސް ހަނގައެއް.
    ފައްޔަ އަކީ އޮށްޓަރުހުރި ވާހަކަ ދައްކާ މީހެއް.
    އިންތިއަކީ ލޯޔަރެއް.
    ފައްޔައަކީ ހިންގުންތެރި ލޯޔަރެއް.
    .