އަވަށްޓެރި އިންޑިއާއަކީ ރާއްޖޭގެ އިސްތިގްލާލާ ބެހޭނެ ގައުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދިއްޕޮޅުގައި އާގުބޯޓުގެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިވާ ގައުމެއް ކަމަށާއި އެގައުމުން ރާއްޖޭގެ އިސްތިގުލާލާ ބެހެން ނޫޅޭނެ ކަމަށެވެ.

"ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި، އިންޑިއާގެ ދީލަތި އެހީ ފޯރުކޮށްދީފައި ވަނީ ދިވެހި ރައްޔިތުން އެކަމަށް ޓަކައި ޝުކުރު ކުރަން ހައްގުވާ މިންވަރަށް. ނަމަވެސް އޭގެ ބަދަލުގައި ބަޔަކު ނުކުމެ، ނަފްރަތުކޮށް، މަލާމާތްކޮށް، ފުރައްސާރަކޮށް، ފިތުނަ އުފައްދާ މަންޒަރު އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ." ޣަފޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިލަދުންމަތި ތަރައްގީ ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި، އެ ސަރަހައްދަކީ ވިޔަފާރި އެންމެ ފުޅާކޮށް ހިނގަމުން އަންނަ ސަރަހައްދަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ޣަފޫރު އެގޮތަށް ވިދާޅުވެފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ތިބުމާ އަދި އެގައުމާ އެކު އަދުގެ ސަރުކާރުން ހަދާފައިވާ ބައެއް ސިއްރު އަސްކަރީ އެއްބަސްވުންތަކާ ގުޅިގެން އިދިކޮޅުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މިގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންދަމުންނެވެ. މި ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ތަރުހީބު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބަކުރުބެ

    އިންޑިޔާއާއި އެކުހަދާފއިހުރި އެއްބަސްވުން ތައްދައްކާލަން ނުކެރޭ

    40
  2. ބޮގާ

    ދެން އިންޑިޔައިން ބެހެނީ ކޮންބިހަކަތަ ސަރުކާރު ހިންގާނެ ގޮތާ ކޯޓްތަކާ މިސްކިއްތަށް ހުޅުވަނެގޮތާ މީހުން ހިފާ ހައްޔަރު ކުރާނެ ގޮތާ ތިންތިހާބްތަކާ ވެރިކަން ކުރަނެގޮތާ ބެހޭ އިރު ދެން ބުނޭ ބެހޭނެ އެއްޗެއް ކުޅުދުއްފުށީ މީހުންވެސް މަ ހިތަށް އަރާ މިކަހަލަގެ ބުރާންޗެއް ފަތުގާ ތިބެނޫ ބައިވަރުތަކެއް ލިބޭތިބާވައޭ

    31
  3. ހަންބެ

    ގަފޫރު ހަމަހިލާ ތިހެދީ ދޮގެއް އެހެންނޫންނަމަ އިންޑިއާސިފައިން ރާއްޖޭގަ އެތިބެނީ ފައިސާދީގެން ހޮލިޑޭހަދަންތަ ފައިސާގެ ދަހިވެތިކަމުގަ އުޅުނު މީހަކު މީގެ ޒަމާންތަކެއް ކުރިން އިންޑިއާސިފައިން ކަނޑުފެއްތިވާހަކަ ތިޔަބޭފުޅާ އަޑުއެހިންތަ އެފަދަބޭފުޅަކަށް ތިޔަބޭފުޅާ ނުވާނެ ކަމަށް އުއްމީދުކުރަން.

    32
  4. Anonymous

    ބެހޭނެ. މިހާރު ރާއްޖޭގެ މީހުންގެ ފިކުރާ ވެސް ބެހެން ފަށައިފި. ރާއްޖެއިން އިސްލާމްދީން ފޮހެލަން މަސައްކަތް ވެސް ފަށައިފި. ރާއްޖޭގެ ހިންދީ ދީނުގެ ފައްޅި އަޅަން ވެސް ރާވައިފި. ބަލަން ހުންނާތި އިންޑިއާ މީހުން މިކަންކަން ކުރާތަން.

    28
  5. މަޖުބޫރީހާލަތް

    ކިހާވަރެއްދީގެން ތިޔައުޅެނީ އިންޑިޔާއާ ބެހޭގޮތުން އެ މްޑީޕީގެ މޮޔައިންނައް ޒައްރެއްގެ މިންވަރުވެސް ނޭނގޭ

    30
  6. ކެރަފާ

    މީނަ އެތެރެކުރަނީ ގަސްކާނާތަ ؟ ނޫނީ މަސްތުވާ ކާނާތަ ؟

    33
  7. ދަރަނި ދަންތުރަ

    މިވެސް މޯދީގެ ޕަޕެޓެއް ، މަހުޖަނަކަށްވީގޮތް ކިޔާދީބަލަ؟

    33
    1
  8. ހުސެން

    އިޒްރާއީލުން ވެސް ނުބެހޭ ފަލަސްތީނުގެ އިސްތިގުލާލަ، މަނިކުފާނަށް ހަނދާން ކޮށްދިނީ.

    31
  9. މޫސަ

    ވަރަށް ފަހުން ވެސް ދަނޑު ބޭހުގެ ތެރެއަށް މަސްތުވާ ތަކެތި އަޅައިގެން ގެނައި ވާހަކަ އަޑުއެހިން. ކުރިން ވެސް މި ގޮތަށް މިކަންކޮށް މުއްސަނދިކަން ހޯދާފައި ތިބި މީހުން މިހާރުވެސް މަޖީލީހުގައި އެބަ ތިބި. އެކަހަލަ މީހުން މިކަހަލަ ވާހަކަ ދައްކާނެ.

    13
  10. ާސިލްކް ރޯޑް

    އެކަމަކު ރައްޔިތުން ވަރަށް ނުރުހޭ އިންޑިއާ ސިފައިން ބައިތިއްބައިގެން އުޅޭ މައްސަލައިގާ

    20
  11. މޫސަ

    ގަޕޯ ނެތްތަ ފާޓިލައިޒާ ކޮކެއިން ކޮޅެއް ރައީސް އޮފީހުގައި ޕާޓީ ކުރާ ބޭބޭފުޅުންނަށް

    13
  12. އަހްމަދު

    ހަނިމާދޫގަތިބިރޯއީންއަތުންލިބޭ އެތިކޮޅުގެއްލިއްޖެނަމަ ބަނޑައްޖެހޭނެ

    17
  13. އަބްދޫ

    ދިވެހި ރާއްޖެގެ ގާނޫނުއަސަސީއަކީ ކޮންބޭނުމަކު އޮންނަ ދުސްތޫރެއްކަނ ގަފޫރު ބުނެދީބަލަ.93 ވަނަ މާއްދައާއި 253 ގެ ބޭނުމަކީ ކޮބާ.

    17
  14. ދެބޯގެރި

    ގަބޯމެން އިސންޑިޔާގެ ދިފާޢުގަ ބަސްބުނަން ޖެހިލުމެއްނުވާނެ ހުރިހާ ޖަރީމާއެއް ހިންގަނީ އިންޑިޔާއިން ގަބޯމެން މަހުޖަނުންނަށްވިގޮތާ ކުރަމުންދާ ވިޔަފާރިއާ އަދި ވިޔަފާރީގެ ނަމުގަ ހިނަގާ ޖަރީމާތައް ފޮރުވަން އިންޑިޔާ ހިމާޔަތުގަ ބަސްބުނާނެ އެއީ އާކަމެއްނޫން ނިކަން ހިންގި ޖަރީމާތައް ތަޙްޤީޤުކޮށް ބަލާލީމަ ގަބޯމެން ކެޔޮކޭވަރު އެނގޭނީ އަޑަށް ބާރުލާފަ މަޖިލީހުގަ ހަޅޭލަވާކަށް މާ ތާހިރެއްނޫން އަމިއްލަ ނަފްސާމެދު ވިސްނާލަ އަމިއްލަ ނަޒާހަތްތެރިކަމާމެދު ވިސްނާލަ

  15. ބިރިޔާނި

    މިބްރޭންޑު އުޅޭކަމެއް މިއޮއް ހުރިހާދުވަހަކު ނޭންގި އޮވެފަ ކުއްލިއަކައް ފައިދާވިތަން މިފެނުނީ ކީއްކުރާނީ މިވސް ވައްތަރެއް

  16. ހަސަން

    އިސްތިގުލާލު އިނގޭތޯ އެއީ ކޮއްޗެއްކަން ، އަދިވެސް ފައިސާ މަދީ ދެއްތޯ..

  17. އަޙްމަދު

    އަހަރެން ބުނާނީ އެމީހުން ހުރިހާމަކާއި ބެހެނެއޭ! މިހެން އަހެރެން ބުނީމާކޮބާތޯ ގެރެންޓީ! ކަލޭ މަޖްލީސް މެންބަރަކަށް ވެހުރެ ތިހެންބުންޏަސް ކޮބާ ގެރެންޓީ! ކަލޭދެކުނިންތޯ ހަދާފައިވާ އެގްރީމެންޓް! ނޭނގެންޏާ މަށަށް ނޭނގެޔޭ ބުނުމަކުން މައްސަލައެއްނެތް!

  18. ސަލާމް

    ތިކަހަލަ ގަބޯ. ތިއީ ދުނިޔޭގައި ކަންކަން ހިނގާ އުސޫލު ނޭނގި އަމިއްލައެދުމުން ފޯވީމައި ވާނޭގޮތް