އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ހަމަޖެހިފައިވާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޮޑު ހަރަކާތް ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ޔާމީން ހިންގަވާ ހަރަކާތުގެ ސަބަބުން އަވައްޓެރި ގައުމު އިންޑިއާއާއި މެދު ނަފުރަތު އުފެދިގެންދާ ކަމަށެވެ.

މި ހަރަކާތުގެ ސަބަބުން އިންޑިއާގެ އާންމު ރައްޔިތުންނާއި ދިވެހި އާންމު ރައްޔިތުންނާއި ދެމެދު ނުތަނަވަސް ކަން އުފެދުމުގެ ކުރިއަށް މި ހަރަކާތް ހުއްޓުވަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ، އެހެންވެ 2023 ގެ ރިޔާސީ އިންތިޚާބަށް ޓަކައި ފަތުރަމުންދާ "ސިޔާސީ ފިތުނަ" ހުއްޓުވަން އޭނާ ގޮވާލެއްވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެއްކޮށްގެން މި ފުރަމާލެއަށް ގެނެސްގެން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު (ކުރީގެ ރައީސް ޔާމީން) ހިންގަވަން އެ އުޅުއްވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން، އޭގެ އިންތިޒާމުތައް މިހާރުން މިހާރަށް ހުއްޓުވަން ހުށަހަޅާ ކުއްލި މައްސަލައެއް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރީ 30 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަހުސަށް ހުޅުވާލުމުގެ ބަދަލުގައި ތަޅުމުން ބޭރުކޮށްލަން ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

އަންނަ ހުކުރު ދުވަހު "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން "ނޭވާ ހޮޅިއަށް" ޝިއާރުގައި ބޮޑު ހަރަކާތެއް ބާއްވަން ޕީޕީއެމް ޕީއެންސީން ވަނީ ނިންމައިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޚާރިޖީ ސިޔާސަތު އޮތީ ވަރަށް ބޮޑަށް އިންޑިއާއަށް ބަރޯސާކޮށްފައެވެ. އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ރައީސް ސޯލިހް ގެންގުޅުއްވާ ސިޔާސަތަކީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އިންތިހާއަށް އަމާޒުވެފައި އޮތް ކަމެކެވެ.

އިންޑިއާއާއި އެކު އަސްކަރީ އެކި އެއްބަސްވުން އެކުލަވާލާފައިވާއިރު އެ އެއްބަސްވުންތައް ރައްޔިތުންނަށް ހާމައެއް ނުކުރެއެވެ. މި އެއްބަސްވުންތަކުގެ ފަހަތުގައި އޮތީ އިންޑިއާގެ ސިފައިންނާއި ޖާސޫސީ މީހުން ގާއިމްވެ ތިބޭނެ މަރުކަޒުތަކެއް ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރުން މި ކަން ދޮގު ކުރެއެވެ.

އެކި ސަރުކާރުތަކުގައި އިންޑިއާއިން ދީފައިވާ އުޅަނދުތަކެއް ބަލަހައްޓަން އިންޑިއާގެ ސިފައިންތަކެއް ގާއިމްވެ ތިބެއެވެ. ލ. ކައްދޫގައި އޮންނަ ހެލިކޮޕްޓަރަކާއި އައްޑޫ ސިޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރަކާއި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން ޖުމުލަ 75 ސިފައިން ތިބެއެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ރައީސް ސޯލިހްގެ ދިފާއީ އަދި ޚާރިޖީ ސިޔާސަތުތަކާއި ދެކޮޅަށް ހިންގާ ހަރަކާތެކެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަން ކަން ގެއްލިގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބަކުރުބެ

    ހަދަންވީ ގޮތަކީ އިންޑިޔާގެ އޯބަތް ގެނައުން ހުއްޓާލާފަ ޗައިނާ ފުރީ ޓްރޭޑް ބޭނުންހިފަންވީ

  2. Anonymous

    ނުހުއްޓުވޭނެ. އިންޑީޔާ އަައުޓް

  3. ާާަަޢަލީ

    ތިޔައަނެއްއިލޮށިގަނޑުފޭހަނީި ހަދާންކުރާތި މިވަރަށްވާހަކަ.

  4. ރައްޔިތުމީހުން

    މިޔަށްވުރެ ރަނގަޅު ކަމެއް މަޖްލިސް އިން ކުރަން ނެތީތޯ
    މަޖްލިސް އަށް މެންބަރު ން ހޮވަން ވޯޓުދިން ރައްޔިތުންވެޖެނު މި މަޖްލިސް ޒިންމާދާރު ކުރަން.

  5. ވިސްނާ

    އިންޑިއާ އައުޓް ޙަރަކާތަކީ ދިވެހިވަރަށްގިނަދަރިން ގައުމީލޯބީގައި ހިންގާހަރަކާތެއް މިހަރަކާތް
    ހިންގަން ދިވެހިދަރިންނަށް މަޖުބުރުވާފަދަ ހާލަތަކަށްގެންދިޔައީ އަމިއްލައެދުމުގައިތިބޭ މަދުބަޔަކުކަން ފާހަގަކުރެވޭ ވީމާ، މަލިކަށްވީގޮތް ދިވެހިގައުމަށްހެދުމުގެކުރިން ދިވެހިހުރިހާދަރިން
    ހޭލުންތެރިކުރުމަކީ މިއަދު ސަލާމަތުންތިއްބެވި ދިވެހިދަރިންކޮންމެހެން ކުރަންޖެހޭކަމަކަށްވާއިރު
    މަޖިލީހުން މިކަންހުއްޓުވަން އުޅުއްވަނީ ކީއްވެތޯ ތިބޭފުޅުންވެސް އަމިއްލަގައުމަށް ތެދުވެރިވެ
    ވަފާތެރިވެލައްވާ އިންޑިއާއައުޓް ހަރަކާތުގެ މެމްބަރުންގެޢަދަދު މަޖިލީހުގެ މެމްބަރުންގެ ޢަދަދަށްވުރެ ގިނަވާނެ ވީމާ. ގޯހެއްހިގުމުގެކުރިން ވިސްނަވައްޗޭ

  6. މުޖުތާޒު

    ކާށިދޫ ދާއިރާގެ މެމްބަރު އެހުށަހެޅީ ތާކުންތާކު ނުޖެހޭ މަސްއަލައެއް އެއީދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާ އިއްޒަތްތެރި މެމްބަރެށް އެއްފަހަރު އިބުރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކޮށް އަނެއްފަހަރު އަންނިއަށް ތާއީދުކޮށް ދެންޖެހޭފަހަރު ޔާމީންއަށް ތާއީދުކޮށް ވާހަކަދައްކާނެ މިހާރުވެސް ސަރުކާރުން ކަމެއްބޭނުންޖެހިގެން އުޅޭވައްތަރު ޖަހަނީ އކަމެއްކޮއްދިނީމަ ޙިމޭންވާނެ ދެންތާއީދުކުރާނީ ޔާމީންއަށް މީމިއިއްޒަތްތެރި މެމްބަރުގެ ހާލަކީ ދެންރައްޔިތުން ވިސްނަވާ މިމެމްބަރުންގެ ހާލު ހުންނާނެގޮތް

  7. ނާޒިލާ އަލިމަނިކު

    މަޖިލީހުގައި ކުރާނެ ކަމެއްނެތީމަ ދެން ކުރާނެ ކަމެއް ލިބުނީނު. މަހަށް ދާންވީނު ހުރިހާ މެމްބަރުން ދައުލަތަށް އާމްދަނީ އިތުރުކުރަން؟

  8. Anonymous

    ޚަބަރުގެ ހެޑިންގ "ރައްޔިތުންގެ މަޖްލިހުން ރައްޔިތުންނާ ދެކޮޅަށް ނުކުމެއްޖެ!"

  9. Anonymous

    ރައްޔިތުންގެ މަޖްލިހަކީ މިހާރު އަތިރިމަތީ ހަރުގެއަށް ވެއްޖެ. އެނގޭ އެއްޗެއްވެސް ނޭނގޭ އެއްޗެއްވެސް ނެތް ބަޔަކު އުޅޭ ތަނެއް. ކަލޭމެން ވީނު ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގަ ކާއެއްޗެހި ބެހުމާގުޅޭގޮތުން މަޝްވަރާ ކުރަން.

  10. މަންޖޭ

    ބާޒާރުމަތީ ކޯޅޭ ހަރުގޭގަ މިޖަހަނީ ކޮންސަކަރާތެއްތަ!

  11. ޢިޔާބު

    ޖާބިރު ގާތު މިވާހަކަ ބުނެލަދޭތި
    ހޮނޑައިދޫ އަތިރިމަތީގަ މޫނުގަ ވެލިހާކައިގެން އިން ޙާލަތު ބެލުމަށް ޤާނޫނު އަރާ ހަމަކުރާނެ...

  12. އަހުމަދުބޭ

    ޖާބެ ކަލޭއަކަށް ނޭންގޭނެ ..... މި ކިޔަނީ ދެ ޤައުމުން ހެދިފައިވާ އެއްބަސްވުން ރައްޔިތުންނަށް ހާމަ ކުރާށޭ!!! ޑިފެންސް މިނިސްޓަރ ރަތަފަ މާރިޔާ ބުނީ ދައްކާފިއްޔާ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނޭ ( މީ ހާދަ ނުރައްކާ ވާހަކައެއް) ތަންތަން ވިއްކާފަ ފައިސާ ހުރީ ބަޔަކު ކައިފަ ، މި ސަރުކާރުގެ ވެރިން ވިސްނާލާތި ޤާނޫނު އަރާ ހަމަ ކުރީމަ ދެން އޮތީ ހަމަ ކުޑަ ގޮޅި ޤައުމަށް ގައްދާރުވާ މީހުންގެ ނިމުން ފެންނާނެ

  13. ހުސޭނުބޭ

    ތި މަޖިލީހުން އިންޑިޔާގެ ފައިސާގައި ޖެހިފައިވާކަމުގެ ހެކި ތި ފެންނަނީ

  14. ސޯލިޙް

    ޢިންޑިއާ އައުޓް