ސިޔާސީ ޕާޓީތަކުން ޚާރިޖީ ގުޅުންތަކަށް އިޙްތިރާމް ކުރަން އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް އިން މާދަމާ އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ވަކި ޕާޓީއެއްގެ ނަން ފާހަގަ ނުކޮށް ބުނީ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކާއި ސިޔާސީ ޙަރަކާތްތައް، ޤާނޫނާއި ޤަވާއިދުގެ ޙުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ދައުލަތުގެ ޚާރިޖީ ސިޔާސަތުތަކާއި ޚާރިޖީ ގުޅުންތަކަށް އިޙްތިރާމު ކުރުމާއެކު ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރާކަމަށެވެ.

އަދި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރާކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އަބަދުވެސް އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ފުލުހުން ވެސް ވަނީ ޕީޕީއެމް އިން މާދަމާ ބާއްވަން އުޅޭ މުޒާހަރާގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ ޕީޕީއެމްގެ މުޒާހަރާގައި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސްއެލޭ ގޮތަށް ކަންތައްތައް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކޮށް އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތި ކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް ދަނީ ރާވަމުން ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުންގެ ތުހުމަތުތައް ޕީޕީއެމް އިން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފަވާޒް

    އިލެކްޝަނުން ދަލު ބޭރުން ނުޖެހޭށެވެ. ގާނޫނީ އިމުގެތެރޭގައި ތިބޭށެވެ.

    34
    1
  2. ޢިސްމާޢީލް

    ފުއަާދު ހާމޯޝް

    30
  3. ލުޓޭރުންގެ ސަރުކާރު

    ޙާޖީ ގުޅުންތަކާ ގައުމުގެ މިނިވަންކަމާ މިއީ ތަފާތު ދެކަމެއްކަމެ ނޭގޭތަ އިލެކްޝަނަށް...ޙާރިޖީ ގުޅުމަށް ހީނަރުވެދާނެތީ އަހަރެމެންގެ އަންހެން ދަރިން ދޭން ވީތަ ރޭޕްކުރަން ...ތަންފުކެ ބޮޑު ވަރު ރާއްޖޭގެ މުއަސައްސާތަކުގަ. ތިބި ވެރިން އަޅު ވެތި ވެފަ ތިބި ވަރު..މި21 ވަނަގަރުނުގަ މިހާ ޖާހިލު މިހާ ޙިޔާނާތްތެރި މިހާ ގައްދާރު ބައެއް ގައުމެއްގަ ތިބެދާނެކަމެ ހިޔެނު ވޭ...މިއީ ގަބީލާ ޒަމާނުގަ ވެސް ނެތްފަދަ ޙާއިނުންތަކެ މިއަދު މިގައުމުގަމިތިބީ...

    41
    1
  4. ޟމ

    ޤައުމުގެ ޙައްގުގައި އެއްޗެއް ބުނެވޭކަށް ވެސް ނެތްދޯ މިހާރު، އެހެންވީނަ ސިފައިން މިޤައުމު ޙިމާޔަތްކުރަން ކޮށްގެން ތިބި ހުވާވެސް ބަދަލު ކުރަންޖެހޭނެ، ހާރިޖީ ގުޅުމަށް ބުރޫއަރާފަފަ ހުވަޔަކަށް ވާތީ

    34
  5. ހުސޭނުބޭ

    ޕާޓީ މީހަކަށް ވާތީ ފުއާދުބެޔަށް ތި މަޤާމު ލިބުނީ. ވީމާ ފުއާދުބޭވެސް ބަތާ ހަލާލުވާވަރު އެކުރީ.

    35
  6. ރަން ރީނދޫ

    ދެން ފަހެ އޭނާ މުސާރަ ހަލާލް ވާވަރު ކޮއްފިއެވެ

    31
  7. ޖުލައި

    2018 ގައި ކަލޯވެސް ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ރައްޔިތުން މިހާރުވެސް ކުރޭ. އެކަންތައް ބެލޭނެކަން ހަނދާނުން ފޮހެނުލާތި.
    މުސްކުޅިވި ދުވަހު އަނެއްކާވެސް ހަމަ އެތަނާ ހަވާލުވެ ތިހުރީ. ރައްޔިތުންނަށް ބާރު ލިބޭނެ ދުވަހެއް ލަހެއްނުވެ އަންނާނެކަން ދަންނާތި

    31
  8. މާރިޔާ މައުތް

    ފުއާދު ވެސް މިހިރީ ހަމަ ވިކިފަ އިންޑިޔާ ޕަޕެޓް

    31
  9. މާރިޔާ މައުތް

    ފުއާދު ވެސް މީ އިންޑިޔާ ގެ ޕަޕެޓެއްދޯ!!!!

    29
  10. އަބްދޫ

    ޢޭ ފުއާދޭ މިއުޅެ ނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު އެގްރީމަންޓް ހަދައިގެން ގާނޫނުއަސާސީއާ ހިލާފުވާން ހިޔްވަރުދިނުން.ފުއާދުއަށް ހުއްދަދިނީ ފާނޫނުއަސާސީގެ ކޮންމާއްދާއަކުންކަން ބުނެދީބަލަ.

    29
  11. ޤައުމު

    ކަލެޔާ ކޮންބެހޭކަމެއް ޚާރިޖީގުޅުމަކީ މިޤައުމުގަނެތޭ ހަމަހޭގަހުރި ހަމަ އެއްވެސް މުއައްސަސާއެއް ބަޔަކު ބީތާވިޔަސް ބޮޑުވަރު
    ކޮބާ ޤާނޫނުގެބާރު!
    ބުނަން ބީތާނުވޭ ރައްޔިތުންގެ ބާރުމާގަދަވާނެ!!!
    ވ ވެދުން

    32
  12. ދަށު ގެރި

    ދަށު ވިޔަސް ވިކި ހުސްވިޔަސް ތިދެން ބޮޑުވަރު. ފުއާދު....
    މި ސަރުކާރުން ހަދާ އެއްބަސްވުންތައް ހާމަކުރާށޭ ބުނާކަށް ނުކެރުނު ފުއާދުއަކަށް

    29
  13. ޖަވާދު

    ހަހަހަ. ފަހުގެ ހަތިޔާރު އެބޭނުންކުރަނީ

    28
  14. ކޮމެންޓު

    ބަލަ ރާއްޖޭގެ ރައްޔިތުން އެބައުޅޭތަ އިންޑިޔަ މީހުން އުޅެހެން ގޮސް އެހެން ގައުމުތަކުގަ ބަނޑަހަގެ ޖަހައިގެން؟

    25
    1
  15. ކާފަބޭ2020

    ފުއާދޫ ޚާރިޖީގުޅުންތަކަށްއިޙްތިރާކުރަންޖެހެނީ ހަމައެކަނި ދިވެހިންނަށްތަ؟ ހުރިހާފަރާތަކުންވެސް އިޙްތިރާމްކުރަންޖެހޭނެ! އިޙްތިރާމްބޭނުންނަމައިޙްތިރާމްކުރަން ދަންނަންޖެހޭނެ! އިޙްތިރާމްވަކިބަޔަކުކުރަންޖެހެނީ އަޅުންގެގޮތުގައިތިބޭމީހުނަށް!

    24
  16. ގައުމުދެކެލޯބިވާ ދަރިއެއް

    ނަސީދު ޗައިނާގެ ހާރިޖީކަންތައްތަކާ ބެހުނުއިރު ފުވާދުހުރީ ވާނުވާނޭނގޭ އެއްޗެއް ބޮއިގެންތަ ގައުމުދެކެލޯބިވާ އަހުންނާއި އުހުތުން މިގައުމުން އިންޑިއާ ސިފައިންނާ އާއްމުކޮށް އިންޑިއާގެ ވަކިތަކުން ތާއަބަދައް މިގައުމު މިންޖުކޮއް ދެއްވާށި. ވަގުތުނޫސްވެސް މިހާރުވަނީ ބިރިޔާނީދޮލަގައް ވެއްޓިފަ.ހިތްވަރެއް ހުރިއްޔާމިކޮމެންޓް ހިއްސާކުރާނެކަމަށް ހީކުރަން.

    24
  17. Anonymous

    ފުއާދު ބޭބޭ އެމްޑީޕީ ބޮޑުން ޗައިނާ އައުޓު ގޮވީ ކީއްވެތޯ ؟

    28
  18. Anonymous

    މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން މުޅި ޔޫރަޕްގައި ދިވެހިރާއްޖެ ބޮއިކަޓް ކޮށް ޓޫރިސްޓުން ނައައުމަށްގޮވާ ޓުވަރިޒަމް ބޮއިކަޓްކުރަން އަދި ބަޔެއް ރިސޯޓް ތަށްވެސް ބޮއިކަޓްކުރަން މުޅި ޔޫރަޕްގައި ދުވެ އުޅުނީ އެމްޑީޕީގެ ބޮޑުން ނުންތޯ ؟

  19. ފުއާދުބިންއިލެކްޘަން

    އިންޑީއަށް ކުރި އިލްތިމާސްއެއްތޯ. އެމީހުން އެއްވެސް ގޮތަކަށް އިހުތިރާމް ނުކުރޭ އަހަރަމެންގެ ދާހިލީކަންކަމަކަށް

  20. Anonymous

    ފުވަާދުބޭ ހާރިޖީ ގުޅުމާ ދިވެހިންގޮވާ އިންޑިއާ އައުޓާ މީ މުޅިން ދެކަމެއް ވީމާ މިވޏުވާ އެގިގެން ހުންނާތި

  21. ބަގުދާދޫ

    ބަލަފުއާދޫ! ސިޔާސީޕާޓީ ތަކުގެ ބެލެނިވެރިކަމޭ ބުނަނީ ހާރިޖީގުޅުންތައް ހިމެނޭކަންކަމު ކަމަށް އަނބިގޮއްޔެ ފޯނުކޮށްފަ ބުނީތަ ރަސްމީ ޖަލްސާއެއްގައިންދާ؟؟؟؟؟؟ ލޮލް.

  22. ހާޖަރާ

    ބަލަތައުފީގުއި ހާ ރިޖީގުޅުމަކީ އެހެންގައުމެ
    ސިފައިންގިނާސްގެންބާގުޅުމައްގަބޫލު ތަކަހަ
    ލެއި ރރމީހުން

  23. އިންޑިއާއައުޓް

    ފުއާދު ޚާރްޖީ ގުޅުން ސިފަކުރަނީ ކޮންގޮތަކައްތޯ ހަމައެކަނި އިންޑިޔާކަމައްތޯ ބަލަގަ ޚާރުޖީ ގުޅުމަކީ އެއައްވުރެ މާފޫޅާދާއިރާއެއްގަ އޮންނަކަމެއް އެއީ ގިނަޤައުމުތަކާއެކު ގާތްގުޅުން ބޭއްވުން ފައިދާވެސް އެހާބޮޑު ގައުމުތަކާ ގުޅުން ބޭއްވީމަ އެކަމަކު މިސަރުކާރުގަ އިންޑިޔާފިޔަވައި ދެން ގާތްގުޅުމެއްބޭއްވި ޤައުމެއް ދައްކަބަލަ އެވެސް އަޅުވެތިކަމުގެ ގުޅުން އެހެންވީމާ ފުއާދުވެސް ޚާރުޖީގުޅުމޭ ނުކިޔާ މަސްއޫލިއްޔަތު އަދާކުރޭ ޚާރުޖީކަންތަކީ ފުއާދުއާ ބެހޭކަމެއްނޫން

  24. ކޮއްޔާ

    މިގައުމުގެ މިނިވަންކަމަަށް ފުއާދު އިހްތިރާމް ކުރުން ނެތީތަ !!

  25. މުނާބަގުދާދީ

    ފުއާދަކީ އިލެކްސަނަށް މަކަރުހަދަގެން އެއްފަހަރު ސަސްޕެންޑުހުކުމެއް އައިއްސަ ހުރި އިންޑިޔާ ޕަޕަޓެއް