ހިޔާ ފްލެޓްގެ ދިހަވަނަ ޓަވަރުގެ މީހުންނަށް ރޯދަ ހަދިޔާ ދީފިއެވެ.

މިއަދު ހެނދުނު ދިހަވަނަ ޓަވަރުގައި ހެނދުނު ބޭއްވި ސަޔަކަށް ފަހު ފްލެޓްގައި ދިރިއުޅޭ މީހުންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ އާއިލާއަކަށް ވަނީ ރޯދަ ހަދިޔާ ދީފައެވެ.

ފްލެޓްގައި ދިރިއުޅޭ މީހުންނަށް ހަދިޔާ ބެހުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިއަދު 100 އަށް ވުރެ ގިނަ އާއިލާއަށް ރޯދަ ހަދިޔާ ދީފައިވާ ކަމަށެވެ. ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ އާއިލާއަކަށް ތެޔޮ ފުޅިއަކާއި ބިސްޓްރޭއަކާއި މަސްދަޅާއި އަދިވެސް ރޯދަ މަހު އާއްމުކޮށް ބޭނުން ކުރާ ބައެއް ތަކެތި ދީފައިވެއެވެ.

ހިޔާ ފްލެޓްގެ 10 ވަނަ ޓަވަރުގައި މިއަދު ބޭއްވި ހަރަކާތް
ހިޔާ ފްލެޓްގެ 10 ވަނަ ޓަވަރުގައި މިއަދު ބޭއްވި ހަރަކާތް

"މިފަދަ ހަދިޔާއެއް ދިނުމުގެ ބޭނުމަކީ ޓަވަރުގައި ދިރިއުޅޭ މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އިތުރު ކުރުމާއިއެކު، ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުން." އޮފިޝަލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ދިހަވަނަ ޓަވަރުގައި ކޮންމެ މަހަކު ވެސް އެއްފަހަރު ހެނދުނު ސައެއް ބާއްވަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާންމު ފަރާތެއް

    10 ވަނަ ޓަވަރަކީ ނަމޫނާ ބައެއް. އެކަކު އަނެކަކަށް ވަރަށް އެހީތެރިވާ ބަޔަކު އުޅޭ ޓަވަރެއް. 👏👏👏

  2. ކިނބޫ

    ކޮން ދަފްތަރެއް؟