އުތުރުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ 47 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މިކަން ޖެންޑާ އާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.