އައްޑޫސިޓީގައި މިއަދު ހުޅުވި އައްޑޫގެ ޕޮލިސް އެކަޑަމީ ނުވަތަ "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް (އެންސިޕޯލް)ގެ ދަށުން ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ހޯމް މިނިސްޓަރ އަމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ޕޮލިސް އެކަޑަމީ ހުޅުވުމަށް އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ، ޕޮލިސް އެކަޑަމީ ހުޅުވުމާއި އެކީ ޒަމާންތަކެއް ވަންދެން އެބޭފުޅުން ދެކެމުން އައި ހުވަފެން ހަގީތަކަށް ވެފައިވާ ކަމަށާއި ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދޭ މި މަރުޒަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ދާހިލީ ރައްކާތެރި ކަމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކޮށްދިނުމަށްޓަކައި ހުޅުވިގެންދާ މުހިންމު މުއައްސަސާއެއް ކަމަށެވެ.

"މި މުއައްސަސާގެ ދަށުން ދިވެހި ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން ފޯރުކޮށްދެވި ސަލާމަތާއި މިނިވަންކަން ހޯދައި ދެވިގެން ދާނެ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ ހަމައެކަނި ދިވެހި ފުލުހުންނަށް ހާއްސަކުރެވޭ ކޮލެޖެއް ނޫން ކަމަށާއި ރާއްޖޭގެ ލޯ އެންފޯސްމަންޓާއި ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ތަމްރީނު ދެވޭނެ ކޮލެޖެއް ކަމަށެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖާބެ

    ކޮބހޭ ޑރ.އއަފްރާޝީމުގެ ޤާތިލުން ކޮބާ ރިލްވާންގެ ޤާތިލުން އިމްރާނުމެން އަލިފާނުގަ އަނދާނެ ދީން ހަތިޔާރަކައް ބެނުންކޮށްގެން ފިތުނަ އުފެއްދުމުން... މޭޑޭގަ ރައީސް ޔާމީނު ބޮލުގަ އެޅުވި އިލްޒާމްކޮބާ ކޮބާތަ ހެކިތައް.. ޜައިސް ނަޝީދު ބޮލުގަ އެޅުވި އިލްޒާމުތައްކޮބާ... ކޮބާ ޖީ.އެމް.އާރް އެއިރު ބައިނޭޅީމަ ދޯ މައްސަލަޔަކި މިހާރު އޯކޭ ދޮލަނގާ ތާހާ ޖާޑިޔާވެސް... އިޔާޒު އާ ޒައިދު ލައްްވާ ކޮންމެވެސް ލަވައެއްކިޔުއްވާ

    19
  2. ހަމީދު

    އެހެންވީމާ އެބައިނގޭތާ ތިއީ އެކެޑަމީ އެއްނޫންކަން. ތިޔަބުނާ ރައްކާތެރިކަން އެއޮތީ ފެންނާން ކަޝްމީރާ މަލިކުން. އަދި އިންޑިއާ ގައި އުޅޭ މުސްލިމުން ގެ ތެރެއިން. އިމްރާނޫ މީގެ ކުރިން އިންޑިއާ އޭ މޑޕ އޭ ކިޔާ ދެއްކިހާ ވާހަކަ ކޮބާތޯ. ލަދުކުޑަ ވިޔަސް ތަންކޮޅެއް ބޮޑުވަރު.

  3. ޖާނޭ

    މިއީ ކިހިނެއްވާ ކަމެއް. ދުނިޔޭގެ އާޖުފާޖު ނނޭގޭ މީހަކީތަ މިއީ. އެކެޑެމީ އަކީ ސެކިޔުރިޓީ ބަލަހައްޓާ ތަންތަންތަ؟ ދުވަސްކޮޅަކުން ދިވެހި ބަހުގެ އެކެޑެމީންވެސް ތިމަސައްކަތް ފަށާނެތާ

  4. ހުސޭނުބޭ

    ފަސާއުފައްދާ މީހާ! މިއޮތީ ޑޮކިއުމަންޓޭ ކިޔާފައި ހުސް ކަރުދާސްތަކެއް ދައްކައިގެން މީހުންގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވާކީހާ! މީނަ ޖަލުގައި އޮންނަ ދުވަހެއް ދެކެންބޭނުން

  5. ހުދށ

    އިންޑިއާ މީހުންނަށް ދޯ .ދިވެހިންނޭ ނުކިޔާ ދީންވިއްކާލި ފިދަނާ

    2
    1
  6. ާާަަޢަލީ

    ޤައުމުދެކެލޯބިވާ ހުރިހާރައްޔިތުންވެގެން މިގައްދާރު އިމްރާނައް ރައްކާތެރިކަން ދޭންވާނެ. އަހަރެންވެސް އެދުވަހަކުން އެތަނުގައި އެކަކައް ހުންނާނަން.

  7. ޢަހު

    ޝެއިޚު ޢިމްރާނުއަށް ވެދުންސަލާމް

    އިމްރާންއެވެ ހޯމްމިނިސްޓަރ ކަމުގަ ހުރެ މިގައުމަށް ތިވަރަށް ޣައްދާރު ތިވަނީ ހަމަ ގައުމުދެކެ ލޯބިވާތީތޯއެވެ. ބޭރު ގައުމެއްގެ އަޅުވެތިކަމަށް ގައުމު ވައްޓަލަނީ ހަމަ ގައުމުދެކެ ލޯބިވާތީ ތޯއެވެ. ޢިންޑިއާސިފައިން މިގައުމަށް ގެނެސް ވަޒަންވެރި ކުރުވަނީ ހަމަ ރައްޔިތުން ދެކެވާ ލޯތްބަކުން ތޯއެވެ އަހަރެމެންގެ މިނިވަންކަން ތިނަގާލަނީ ހަމަ އަހަރއމެން ދެކެވާ ލޯބިންތޯއެވެ. ޢިންޑިއާ މިލިތަރީ މިގައުމުގަ ބައިތިއްބަނީ ރައޔިތުންނަށް އިޚުލާސްތެރިވެގެން ތޯއެވެ އިންޑިއާ އައުޓް ޢިމްރާން އައުޓް

  8. Anonymous

    ކަލޭ ދައްކާ ވާހަކަ ގަބޫލު ކުރާނީ ހަމަ ކަލޭ ކަހަލަ ދެފުއްކެހެރި ދޮގުވެރި ނަފްރަތު އުފައްދާ މީހުން.

  9. ލޯބިވާ ވަޠަން

    ތި ތަނުގެ މެއިންޓަނޭންސަށް އިންޑިއާގެ 300 މީހުން ތިބޭގޮތަށް އޮތީ. ޢިމްރާނަކަށް މިކަން ދޮގެއް ނުކުރެވޭނެ.