ހަ ރަށެއްގައި އިއާދަކުރެވި ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓް ނިމުމުން ދައުލަތު ތެލަށް ކުރާ ހަރަދު 55.5 މިލިއަނަށް ކުޑަކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ އެކްސްލަރޭޓިން ސަސްޓެއިނަބަލް ޕްރައިވޭތު އިންވެސްޓުމަންޓު އިން ރިނިއުވަބަލް އެނާޖީ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި 11 މެގަވޮޓު ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު ސޮއިކުރި ސޯލާ ޕީވީ ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ސިޓީތައް އެކުލެވޭހެން ޖުމުލަ ހަ ސަރަހައްދެއްގައި 11 މެގަވޯޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އެއީ ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް ކުރެވޭ ދަތުރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށް ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ދަށުން އިއާދަ ކުރަނިވި ހަކަތައިން އަހަރަކު 18 މިލިއަން ކަރަންޓު ޔުނިޓު އުފެއްދޭނެ. މިއީ ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވޭނެ ޕްރޮޖެކްޓެއް. މިކަމުގެ ސަބަބުން މިހާރުގެ ތެލުގެ އަގު ހުރި މިންވަރަށް ބަލާފައި އަހަރަކު ގާތްގަނޑަކަށް 55.5 މިލިއަން ދިވެހި ރުފިޔާ ދައުލަތުން ތެލަށް ހޭދަކުރާ މިންވަރުން ކުޑަކުރެވޭނެ. އަދި މިދައުރު ނިމޭއިރު ޖުމުލަ 55.5 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރެވޭނެ. އޭގެ މާނައަކީ ފަސް އަހަރުތެރޭގައި ދައުލަތުން ތެލަށް ހޭދަކުރާ މިންވަރު އެންމެ މަދުވެގެން 225 މިލިއަން ރުފިޔާ އަށް ކުޑަކުރެވޭނެކަން." މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ސޯލާ ޕީވީގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމާއެކީގައި ބެޓެރި ސިސްޓަމްވެސް ގާއިމުކުރެވިގެން ކަމަށާއި އެ އެއްޗިހި ހޯދަން މިހާރު މިނިސްޓްރީން އިއުލާނުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ ވަނީ އެ ޕްރޮޖެކްޓްގެ ހިންގަން ވޯލްޑް ބޭންކުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަ ޝުކުރު އަދާކުރައްވާފަ އެވެ.

ސަރުކާރުން ސޯލާ ވީޕީގެ ނިޒާމު ގާއިމުން ކުރަން ނިންމާފައިވަނީ އައްޑޫ ސީޓި އާއި ފުވައްމުލަށް ސިޓީ އާއި ކުޅުދުށްފުށީ ސިޓީ އަދި ގދ. ތިނަދޫ އާއި ބ. އޭދަފުށީގެ އިތުރުން ޅ. ހިންވަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްދެ

    ސަލާމަތް ކު ރި 50މިލިޔަން އިތު ރު ސިޔާސީ މަގާމު އުފައްދަ ބޮޑު މުސާ ރަ ދޭ ހުޝި..

  2. ސަގަރުބޭ

    ބާކީ ހުރި ރައްތަކަކީ ބޭކާރު ތަންތަން،
    ވޯޓުލާ އިރު ހުރިހާރަށަކައް މިއަރަނީޔޯ
    ސޮރީ ވަރައްސޮރީ

  3. Anonymous

    ޢައްޑޫއަށް ތަކެތި ދިނުން ހުއްޓާލާ