އަވަށްޓެރި ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް ރާއްޖޭގައި ދިރިއުޅެމުންދާ އެ ގައުމުގެ ރައްޔިތުން މިއަދު އިހްތިޖާޖު ކޮށްފިއެވެ.

ލަންކާ އަށް ނިސްބަތްވާ ބައެއް ރައްޔިތުން މިއަދު ކުރި އިހުތިޖާޖުގައި ވަނީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި މިހާރު އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ޒިންމާ ނަގަން ޖެހޭނީ ގޮޓަބަޔާ ފަދަ ކޮރަޕްޓު މީހުން ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިތުރުން، އިނގިރޭސި ވިލާތާއި، އެމެރިކާ އާއި މެދު އިރުމަތީގައި އުޅޭ ލަންކާގެ ރައްޔިތުން ވެސް ވަނީ އެ ގައުމުތަކުގައި ތިބެގެން އިހްތިޖާޖު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

މިރޭ ލަންކާގެ މުޅި ކެބިނެޓު ވެސް އިސްތިއުފާ ދެއްވާފައިވާއިރު އެ ގައުމުގައި ކާފިއުގެ ވަގުތުތަކުގައި ވެސް ރައްޔިތުން ވަނީ މަގުތައް މައްޗައް ނިކުމެ ފުލުހުންނާއި ކުރިމަތިލާފައެވެ.

ލަންކާގެ ހާލަތު ގޯސްވެފައި ވަނީ އެ ގައުމުގައި ފޮރިން ރިޒާވް އިންތިހާ އަށް ދަށަށް ގޮސް ގައުމަށް ކޮންމެހެން އެތެރެކުރަން ޖެހޭ ތެލާއި ބޭހާއި އެނޫން ވެސް އެފަދަ ތަކެއްޗައް ފައިސާ ނުދެއްކި، އޭގެ އަސަރުތައް ރައްޔިތުންނަށް ކުރަން ފެށުމުންނެވެ.

މިހާރު ލަންކާގައި ގަވާއިދުން ކަރަންޓު ކަނޑަމުން އަންނަތާ އެތައް ހަފްތާ އެއް ވަނީ ވެފައެވެ. މީގެ ދެ ދުވަސް ކުރިން އެ ގައުމުން 13 ގަޑިއިރަށް ވެސް ކަރަންޓު ކަނޑާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަހަރި

    އިމްރާންކޮބާ އޭނަހުއްދަދީގެންތަކުރީ ޕީޕީއެމް ދިވެހިރައްޔިތުންކުރިނަމަ ރޮބަޓުންތައް ތިބޭނެ އެތަނެއްގަ ބޭރުމީހުނައް ކުރީމައޯކޭ މިމީހުންވެސް ލައްންކާގަތިބެ ކުރިތަންފެނުނު އެމްޑީޕީ

    5
    1
  2. Anonymous

    ރީނދޫ އެމްޑީޕީ އަޑީގައި އޮވެގެން އަވަށްޓެރި ގައުމަކާ ދެކޮޅަށް ކުރުވި ކަމެއް ނޫންބާ؟

  3. ހާނިމް

    އަމިއްލައަށް މުސްލިމުންގެ ބޮލުގައި ކަންކަން އަޅުވާފައި ގޯޓާ ހޮވާފައި ދެންކޯންޗެއް ކިޔާކަށް....

    3
    2
  4. ޙަސީނާ

    ކޮވިޑް ޖެހިގެން މަ ރުވި މުސްލިމުންގެ ހަށިތައް ޢާއިލާ އަށް ދައްކާވެސް ނުލާ އެންދިގޮތަށް. އިޤްތިސާދުވެސް އަންދާލީ ދޯ.

  5. ހައްޕު

    ކޮބާތަ ނަޝީދު ހޯދަދިން އެހީ.