ހުޅުމާލޭގައި ގެއެއްގެ ހަތަރު ވަނަ ފަންގިފިލާ އިން ވެއްޓުނު ކުޑަ ކުއްޖާ ނިޔާވެއްޖެއެވެ.

ހުޅުމާލެ ބޮޑުމަގު، ނިރޮޅުމަގުގައި ހުންނަ ޕިކްޕޯސްޓް ކައިރީ ގެޔަކުން ވެއްޓި ޒަހަމްވީ ހަތަރު އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ކިޔައި ދިން ގޮތުގައި ކުއްޖާ ވެއްޓުނު ގޮތަށް ހޭނެތުނީއެވެ. އަދި އެތަނުގައި ތިބި ބަޔަކު ވަގުތުން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައެވެ.

ފުލުހުން ބުނީ އެ ކުއްޖާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ކުއްޖާ ވެއްޓުނު ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 12:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި އެ ކުއްޖާ ވެއްޓުނީ، އެ ގެ ކައިރީގައި ހުރި ފިހާރައަކަށް އެއްޗެއް ގަތުމަށް މަންމަ އާއި ބައްޕަ ބޭރަށް ނުކުތް ގަޑީގައެވެ.

އަދި އެ ވަގުތު ގޭގައި ކުއްޖާ ފިޔަވައި އިތުރު މީހަކު ނޫޅޭ ކަމަށްވެއެވެ.

އިމާރާތްތަކުގެ މަތިން ވެއްޓި މީހުން މަރުވުމުގެ ހާދިސާތަކަކަކީ ރާއްޖޭގައި ވަރަށް މަދުން ހިނގާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާއަޖާއިބުވެއްޖެ

    ކޮންކަހަލަ 2 މީހުނެއް ތީ، ކުޑަ ކުޑަ ކުއްޖަކު އެކަނި ބަހައްޓާފަ ދާން ކެރުނުކަން.. ކުއްޖާނިދާފަ އޮތަސް ، އަދި ހޭލާ ހުއްޓަސް އެކަނި ބަހައްޓާފައި ދާން ހެޔޮވާނީ ކިހިނެއް، ކޮންކަހަލަ ބައެއް ތީ...

    83
    14
  2. ޕޮގުބާ

    ގަސްތުގަ ކުރިކަމެއް ހައްގު އަދަބެއް ދޭންޖެހޭނެ

    33
    23
  3. ސަނީ

    މައިންބަފައިންގެ އިހުމާލު ތީ. މިނިޓަކައްވެސް އެވަރު ކުދިން ލޯމަތީން ގެއްލިޔަދީގެން ނުވާނެ. ރުޅިއަޔަސް ހެއޮ، މިހެން ބުނާނަން!

    85
    6
  4. މީ މުންކޮ

    މާތްﷲ އެކުޑަ ކުޑަ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އާމީން.................

    ކުއްޖާގެ މަންމަ ޔާ ބައްޕަ އަށް ކެއްތެރި ކަން ދެއްވާށި އާމީން.......................

    ކުޑަ ކުދިން އެކަނި ގޭގައި ބައިތިއްބާފައި ތަން ތަނަށް ދިއުން ރައްކާތެރިއެއް ނޫން އިތުރު

    ޗޮއިސް އެއްނެތިގެން ދާނަމަވެސް ގޭގެ ދޮރު ހުރީ ރަނގަޅައް ތަޅުލެވިފަތޯ ބަލަންޖެހޭ

    އަދި ކުޑަ ދަރިފުޅު ގެ އަތް ޖެހޭހިސާބު ގައި ވަޅި ކަޓަރު އޫ ފަދަ ދޫނުއެެއްޗެހި ހުރިތޯ

    ވެސްބަލަން ޖެހޭ އަދި ފަސޭހައިން އަތް ނުޖެހޭހިސާބުގައި ކަރަންޓް ކޭބަލްތައް ވެސް

    ބެހެއްޓުން ވަރަށް ވަރަށް މުުުހިންމު

    މިބުނިކަންތަކަށް ސަމާލް ވާނަމަށް އިންޝާ ﷲ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމަކީ

    ނާދިރު ކަމެއް ކަމުގަ ވެގެންދާނެ...............

    85
    3
  5. މިކަމުން ފިލާވަޅު ލިބިގަނޭ

    ކަލޭނޭ، ހިތާމަވެރި މިޙާދިސާއިން ފިލާވަޅު ލިބިގަންނާށެވެ! ކުޑަކުދިން އެކަނިވުމަށް ދޫކޮށްނުލާށެވެ! އެއީ އެންމެ ކުއްޖަކު ވިޔަސް އަދި އެއަށްވުރެ ގިނަ ކުދިން ވިޔަސް އެކަނި ތިބެން ދޫކޮށް ނުލާށެވެ!

    72
    1
    • ބަން

      ދިވެހިނަގެ އާންމުކަމެތް ކަމެތްވީމަ އިބުރަތެއް ހާސިލްވާނެ ދެނެތް އެދެމީހުންނަކަށް ނުކެރޭނެ ކުއްޖަކު ބަހައްޓާފަ ބޭރައްދާކައް

      3
      1
  6. ދިދަ ދަނޑި

    ބެލެނިވެރިންގެ ފަރުވާ ކުޑަކަމުން މިހެން ވާންޖެހެނީ.. މާލެ އައިސް އުސް އިމާރާތްތަކުގައި ކުދިން ގެންގުޅެނީ އެއްވެސް ބެލުމެއްނެތި.. ކަމެއްވީމަ ގޯސްވާނީ އިމާރާތް ކުރި މީހާ…

    11
    3
  7. ހާލުފޮޅި

    މަންމަ ނޫނީ ބައްޕައަށް އެކަނި ފިހާރައަށް ނުދެވުނީ ކީއްވެތަ؟ އެދަންވަރު ކުޑަކުއްޖާ އެކަނި ގޭގަ ބެހެއްޓުނު..

    10
    1
  8. އަޖުނާން އާދަމު

    އިހުމާލުވި ފަރާތް ހޯދާ އަދަބު ދޭންޖެހޭ. ކުދިން ހޯދާފައި އެކުދިންގެ ސަލަމާތާ ރައްކާތެރިކަމަށް ނުވިސްނަ އަޅާލުންކުޑަވެ ދޯދިޔާކަމުން ލިބޭ މިފަދަގެއްލުން ތަކުގައި އެކުދިންގެ ބެލެނިވެރިން ނާއި ސުވާލުކޮށް އިހުމާޅުވެފައިވާނަމަ ވާފަރާތަކަށް އަދަބު ދޭންޖެހޭ. ވަރަށް ދެރަކަންކަން މިހުންނަނީ!

    8
    1
  9. ރަން ރީނދޫ

    މިކަހަލަ ހުރިހާ މަރެއް ކުރިން އެޅުވީ ޔާމީނު ބޮލުގައި. ވީމާ މިހާރު ހިންނަވަރު ކުޑަ މޯދީ ބޮލުގައި އެޅެން ވާނެތާ.