އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

ރޮޒެއިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުންދާ ކަމަށާއި އެހެންކަމުން ކަމުގެ ހަގީގަތް އޮޅުން ފިލުވުމަށް ކޮމިޓީ ބައްދަލުވުމެއް ބާއްވަން އެދިފައިވާނެ ކަމަށެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރީ 59 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ އެރަށު ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އެ ކުއްޖާއަކީ އެ ސްކޫލްގައި ތައުލީމު ހާސިލުކުރާ ކުއްޖެކެވެ.

ފުލުހުން ތުހުމަތުކުރަނީ އެ ކުއްޖާ ފާޚާނާއަށް ދިޔުމުގެ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމަށެވެ. އެ ކުއްޖާ ފާޚާނާއަށް ގޮވައިގެން ދިޔައީ އެ އަންހެން މީހާއެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަކީ އެއް ދުވަހުން ދެވޭނެ އަނިޔާތަކެއް ނޫން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށާއި އަނިޔާކޮށްފައިވަނީ އެކުއްޖާގެ ކާފަ ކަމަށް ތަހުގީގުގައި ވެސް ކުއްޖާ ބުނެފައިވާ ކަމަށް އަންހެން މީހާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން އައްޑޫގެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރޮޒެއިނާ ވިދާޅުވީ މި މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިޔެކިޔުމުން ހޯދުމަށް މިހާރު މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ ކަމަށާއި މައްސަލައިގެ ހަގީގަތް ރަނގަޅަށް އޮޅުން ފިލަން ޖެހޭ ކަމަށެވެ.

"މިވަގުތު އެއް ބަޔަކު މި މައްސަލަ ސިޔާސީކޮށް، މިނިސްޓަރު ފަޔާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާކަން މިއީ ހިތާމަ ހުރި ކަމެއް. މިފަދަ ހައްސާސް މައްސަލަތައް ސިޔާސީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް" ރޮޒެއިނާ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން މައްސަލައިގެ ކަންކަން ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށާއި ކުށެއް ނެތް އެއްވެސް މީހަކަށް ކުޑަ ހިނދު ކޮޅަކުވެސް އަދަބެއް ލިބޭކަށް ނޭދޭ ކަމަށް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.

މައްސަލައިގައި ތުހުމަތުވާ ކުއްޖާގެ ކާފައަކީ އައްޑޫ ސިޓީ ވެމްކޯގެ މެނޭޖަރު ޝަފީއު ޖަމީލުގެ ބައްޕައެވެ. ޝަފީއު ޖަމީލަކީ އެމްޑީޕީގެ މިހާރު ކުރިޔަށްދާ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރިގަދަ ކެމްޕޭންގައި މިނިސްޓަރު ފައްޔާޒުގެ އައްޑޫ ސިޓީ ކެމްޕޭން މެނޭޖަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްފަތު

    ޤައުމުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް މަޖިލިސް ވަދެގެން ކަންކަން ބަލާކަން މީޑިޔާގެ ޒަރީޢާއިން ހާމަކުރޭ. ނަމަވެސް ދުވަހަކުވެސް މީން ކަމެއް މަޖިލީހުން ހައްލުކޮށްދިންކަން އެނގޭކަށް ނެތް. އަދި މަޖިލީހުން މީން ކަމެއް ނިންމި ގޮތެއްވެސް މީޑިޔާ މެދުވެރިކޮށް ހާމަކޮށްފައެއް ނުވޭ. ހައްތާ މިފެންނަނީ ސައިބޯނި ބޮކި.

  2. ޒިއްޓެ

    ސަރުކާރަށް ނުވީމަ ރައްޔަތުން ޝަރީއަތް ފަށަން މި އުޅެނި.