ސަރުކާރު ބަދުނާމުވެދާނެތީ ރައްޔިތުންގެ މަޖިލީހަށް ވަޒީރަކު ހާޒިރުކޮށް ސުވާލުކުރަން އެދެން ޖެހިލުންވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ހަސަން އެގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭނާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެންނެވެ.

އެގޮތުން ރ. އިންނަމާދޫގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާތީ ހަސަން ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި އެ މަސައްކަތް ކުރާ ކުންފުނި ބްލެކް ލިސްޓުކުރާ ހިސާބަށް މިހާރު ކަންކަން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ ޖަވާބާމެދު ހަސަން ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ.

"މިއަދު ވަޒީރު މި ތަނަށް އައިސް އެއްވެސް ކަމެއް ނިމިފައި އޮތް ކަމަކަށް ވިދާޅެއް ނުވެވޭ. ހިނގާ ކަމަކަށް ވިދާޅެއް ނުވެވޭ. އަޅުގަނޑަކަށް ނޭނގެ މި ވަނީ ކިހިނެއް ކަމެއް. ވަޒީރަކާ ސުވާލުކުރާން އަޅުގަނޑު ނުގެންނަން މި އުޅެނީ މިއަދުގެ ސަރުކާރު ބަދުނާމް ވެދާނެތީ." ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މިހާރުވެސް ގިނަ ކޮންޓްރެކްޓްތަކެއް ދީފައިވާ އިރު މަސައްްކަތް ހުއްޓި އަދި ނުހިނގާ އެތައް ޕްރޮޖެކްޓްތަކެއް އެބަ ހުރި ކަމަށާއި އަދި މާދާމާގެ މުސްތަގުބަލު ބައްޓަންކުރެވޭނެ ފަދަ ގޮތަކަށް އަމަލުތައް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    ޢަމިއްލަ އައް އޮރިއާން ތިވަނީ ލަދެއްވެސް ގަންނަ ބައެއް ނޫންވިއްޔާ

  2. އަހުމަދު

    އަނހާ....
    އެއްކަލަ ތުނޑު ހަސަނު ދޯ މި އުޅެނީ....
    ތިއީ ވެސް އަންނި ގެންގުޅޭ އަޅުން ގެ ތެރެއިން އަޅެއް...