އިދިކޮޅު ޕާޓީ ތަކުން އުފައްދާ ވެރިކަމެއްގައި ގާނޫނުއަސާސީއާ ނުކުޅޭނަން (ޤާނޫނު އަސާސީއަށް ބަދަލެއް ނުގެންނާނަން) ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ރީރަޖިސްޓަރީ ކުރުމަށް ހުޅުމާލޭގައި ގުޅިފައިވާ ޕާޓީތަކުން ގާއިމުކުރި ވެށިފަހި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ހެދިފައިވާ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ހުރިހާ ހައްގެއް ރައްކާތެރި ކުރާނެ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ގާނޫނަކުން ކަމެއް ކަނޑައަޅައިފައިވާނަމަ ތަފާތު ކުރުމެއް ނެތި އެ ހައްގެއް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރުމަކީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިސްކަންދީގެން ކުރާނެ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު އެއް އުންމީދަކީ ބޯހިޔާވަހިކަން ކަމަށް ވާއިރު ފެންނަނީ ހުޅުމާލެއިން ބޯހިޔާވަހިކަމަށް އެދި ފްލެޓަށް ފޯމު ހުށަހަޅާ މާކްސް ލިބުމަށްފަހު ލިސްޓުގެ އެންމެ މަތީގައި އޮންނަ މީހާ ވެސް ލިސްޓުގެ އެންމެ ތިރިއަށް ދާތަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި މިކަން މިހެން ވިޔަނުދީ ރައްޔިތުންނަށް ލިބެންވާ ހައްގުތައް ހަމަހަމަކަންމަތީ އެއްވެސް ތަފާތުކުރުމެއް ނެތި ލިއްބައިދޭނެ ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ހުޅުމާލެއަކީ ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނަ އެއް ރަށް ކަމަށް ވުމުން އެފަދަ ކަންތައްތަކަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

"މިއީ ބަލައި ދޫކޮށްލަން ވާނެ ކަންކަމެއް ނޫން އެފަދަ އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް އަމާންކަން ގާއިމު ކުރުމަކީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އިސްކަން ދޭނެ ކަމެއް" ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ގުލްފާމް

    އޭއި ބުނަންތަ ވާހަކައެއް އެއް އަނގައިން ވާހަކަ ދައްކަބަލަ ގާނޫން އަސާސީއާ ނުކުޅެ ކަލޭމެން ދޫކުރަން ބުނި ބޮޑެތި ކުށްވެރިން ދޫކުރާނެ ގޮތެއް ބުނެދީބަލަ. ދެން ގާނޫނު އަސާސީއާއި ނުކުޅެ ދޮޅުއަހަރު ވެރިކަމެއްވެސް ކުރާނެ ގޮތެއްވެސް ބުނެބަލަ.

    • މުތަރުޖިމު

      އެބުނަނީ ކުޅޭނަމޭ.

  2. ސަމާސާ

    ފައިސަލް އެއް ހޮވުނަސް ނުހުންނާނެ

  3. ނަޖުވާ

    ގާނޫނު އަސާސީއާ ނުކުޅުނަސް ކަލޭމެން އިސްލާމްދީނުގެ ހުކުމްތަކާ ކުޅެ މޮޑެ ގަޑުބަޑު ކުރާނެކަން ކަށަވަރު.

  4. ބަތޮލް

    ދެން ކިހިނެތް ޖަލުގަ ތިބި ޓެރެރިސްޓުން ދޫކުރަނީ އަދި ބަރުލަމާނީ ނިޒާމެއް ގެނެސް ފައްޅި އަޅަނީ؟

  5. ގޮނާގިވް

    އިދިކޮޅު ކޯލިޝަން ވެރިކަމެއްގައި ގާނޫނު އަސާސީ އާއި ވެސް ކުޅޭނެއޭ އެމެން ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލު ކުރާނެއޭ ބަރުލަމާނީ ނިޒާމް އަކަށް ކަން މިހެން ހުުރުމުން އެއްގޮތަކަށް ވެސް އިދިކޮޅު ރަނިންގް މޭޓް ދައްކާ ވާހަކަ ގަބޫލު ނުކުރައްޗޭ މިހާރު އެމްޑީޕީގެ ޔޫތު ވިންގް ވަނީ ސީދާ އިދިކޮޅު ރަނިންގް މޭޓް އާއި ދެކޮޅަށް ވޯޓް ދޭނެ ކަން އިއުލާން ކޮށްފައޭ ސަބަބަކީ ތިޔާ ރަނިންގް މޭޓް ވަނީ އެމްޑީޕީގެ ޔޫތު ވިންގްގެ ރައީސް އަށް މާލާމާތް ކޮށް ބިރު ދައްކާފައޭ އެމްޑީޕީގެ ޔޫތު ވިންގްގެ ރައީސް އަށް އޮޅިގެން އޭނާގެ ފުރަގަހަތުން ހިނގަމުން ދަނި ކޮށް އޭނާގެ ފައިގައި އެމްޑީޕީ ޔޫތު ވިންގްގެ ރައީސް ބޫޓުން ޖެހުމުން ތިޔާ ރަނިންގް މޭޓް ދިމާ ކުރީ އެމްޑީޕީ ޔޫތުވިންގްގެ ރައީސް ފަކީރު ގައިގައި ތަޅައިގަންނަންއޭ އެއީ އެމްޑީޕީގެ ޗެއާރޕާރސަން ވެސް ދަންނަ ބޮޑު ސިއްރެއް ނޫންތޭ. އައި އޭމް ގޮނާ ގިވް ޔޫ ވަޓް އައި ނޯ ޔޫއާރ ގޮނާ ގިވް މީ ވަޓް ޔޫ ނޯ...

  6. ހަބޭސް

    ފައިސަލް ތިވިދާޅުވީ ގުޅިފައިވާ ޕާޓީތަކޭ ތިއީ ނަމުން ގުޅިފައިވާ ޕާޓީތަކެއް ވެރިކަން ލިބިއްޖެނަމަ އެއްމެފުރަތަމަ ޤާނޫނުގެ ތެރެއަށް ތިޕާޓީތަކުގެ ދިގުއަތް ބާނަނެ މިއަކީ ދެބަސްވެވެންނެތް ޙަޤީގަތެއް އެއަށްފަހު އިދިކޮޅޭން ތިބުނާ ސިޔާސީ ކުއްވެރީން ތައް ދޫކޮށްލާނެ އެހިސާބުން ތިކޯލިސަންގެ ބާރު ކެޑޭނެ އަމުރުމައުރޫފް ނެރޭނީ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ހޭބޯނާރާހުރި އަންނި ތިއަކީ މިގައުމަކަށްވެސް އަދި މިރާއްޖޭގެ ވެރިކަމަކަށްވެސް އައުބައެއްނޫން
    ދެންއޮތީ ބޯހިޔާވަހިކަން ފްލެޓް އަޅާ ފުލެޓް ދެނީ ހަމަ ދިވެހި ރަޢިއްޔަތުންނަށް އެއީވެސް ފުލެޓް ލިބެންޖެހޭބައެއް
    ދެންއޮތީ ހުޅުމާލޭގައި ހިނގާ އެކުސިޑެންޓުގެ ވާހަކަ އެއަކީ ވެރިކަން ލިބިއްޖެނަމަ ކުރަންޖެހޭކަމެއްނޫން މިހާރުވެސް ތިހުރިހާ ޕާޓީއަކީވެސް ދައުލަތުގެ ފައިސާއިން އެތަށް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހިންގާ ޕާޓީތަކެއް ދަުލަތުން ،ރަޢިއްޔަތުންގެ ފައިސާ ޕާޓީތަކަސްދެނީ ހަމައެކަނި ޕާޓީތަކުން ވެރިކަމުގެ ދަހިވެތިކަމުގައި ކެންޕޭނު ހިންގާކަށްނޫން ތިބުނި އެއްވެސް ކަމެއް ތިބުނިގޮތަށް ނުވާނެކަމުގެ ސާފުހެއްކަކަށް ފުދޭނޫންތޯ މިހާރުވެސް މަޖިލިހުގެ ޖަލްސާތަކަށް ޙާޟިރުނުވެ ރަޢިއްޔަތުންގެ ޙައްގުގައި ބަހެއްނުބުނެ މަހަކު 42000ރ ނަގައިގެން ކަމުންތިގެންދާ ގެންދިއުން ދެންތިވަރު ބަޔަކު ރަޢިއްޔަތުންނަށް ކޮންހެވެއްވެވޭނީ

  7. އަހުން

    ފައިސަލް ތީ ހަމަ ހީވާ ހީވުމެއް. ވެރިކަން ލިބޭ އިރަށް އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ އިތުބާރުނެއް ކަމުގެ ވޯޓެއް ނަގާފަ ފައިސަލް ބޭރުކުރުން. އަދިވެސް ވިސްނާލާފަ ތި ރީންދޫ ބައިގަޑާ ދުރެއްދޭ. އެއީކީ ދިވެހި ރާއްޖެއަށް އަދި ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން. މީ ފެންނަން ހުރި ހުސް ހަމަ ހަޤީޤަތް. ދުވަހަކުވެސް މަގޭ ވޯޓެއް މަގޭ އާއިލާ ވޯޓެއް އަދި މަގޭ ރައްޓެއްސެއްގެ ވޯޓެއް ރީންދޫ ބައިގަޑު ދާއްކާ އެއްވެސް މީހަކަށް ނެތް. ޖޭޕީއަށް ހަމަ ތާއިދު ކުރަން އެކަމް މިފަހަރު ނެއް. ސޮރީ ހަމަ

  8. އަލީ

    ތީ ހުސްބުހުތާނު ދޮގު. ކަލޭމެން ދެކޭ ގޮތުގައި ވަކި އުމުރެއްގެ މީހުންނަށް ވެރިކަމަށް ކުރިމަތި ލުމަކީ ގަބޫލު ކުރެވޭކަމެއްނޫން. ދެން އެކަންތައް ގާނޫނު ބަދަލު ނުކޮށް ކިހިނެއް މިސާލަކަށް އިސްލާހު ކުރާނީ. ރައްޔިތުން ގުނބޯހައްދަން ނޫޅޭ.

  9. ތައްޚާން

    ގާނޫން އަސާސިއަކާ ނުކުޅޭނެ އެކަމަކު ގާޒީން ހައްޔަރުކޮށް ނިޒާމުންގެއްލުވާލާނީ...

  10. 7

    އިދިކޮޅު ކޯލިޝަނުން ނުކުރާނަމޭ ބުނާކަންކަން
    ކުރަން އަވަސްވެގަންނާނެއެވެ އެހެންކަމުން އިދިކޮޅު ކޯލިޝަނުން ފަތުރާ ޚަބަރުތަކަކީ ފުލޯކެވެ

  11. ހުސޭނުބޭ

    ޤާނޫނު އަސާސީއަކާ ނުކުޅޭނެޔޯ........... ދެން ކޮން ބައެއްތަ ސްޕްރީމް ކޯޓުގައި ބޮޑުތަޅުއެޅުވީ. ގާޒީން ވަގަށްނެގީ.......އާނ .... އެމީހުންގެ ވެރިކަމުގައި ޤާނޫނު އަސާސީ ކިޔާ އެއްޗެއްވެސް ނޯންނާނެ. އޭރުން ކިހިނެއް އެޔާ ކުޅޭނީ......

  12. Anonymous

    ގާނޫނު އަސާސީއާ ނުކުޅެ މުންޑުދަށުންނެންނު މިހާރުވެސް ކައެ ކުޅެނީ

  13. Anonymous

    ދެން ގާސިމު ދޫކޮއްލަނީ ކިހިނެއްތަ. ޜައްޔިތުން ގުނބޯ ހައްދަނީދޯ

  14. މަހަށްދޭބަލަ

    އެންމެ ވޯޓެއް ވެސް އަތުން ބީވެގެން ނުވާނެ ކަމަށް ތަމެން އިދިކޮޅު ރަނިންގްމޭޓޭ ބުނި ނަމަވެސް މިހާރު ބޮޑު ސޭޓް އެވަނީ މަމެން ޕިންކީން ނާއި އެކު ޑީލެއް ހަދާފައޭ އެޑީލް ގެ ދަށުން ފުރަތަމަ ވެސް އިބޫ އަށް ކެމްޕެއިން ކުރަން ޚަރަދު ކުރަން ޖެހޭ ފައިސާ ބޮޑު ސޭޓް ނުދޭނެއޭ ތަމެން ދެން ފަންޑް ހޯދާ އަލަދަނޑު ވިއްކައިގެން އިނގޭތޭ މަހަށް ދާން ޖެހޭނީ ވޯޓާއި ޖެހުމުން ދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަަހަށް މަހަށް ދޭބަލަ...

  15. ވައިސަރީ

    މިހާރުވެސް ގާނޫނު އަސާސީގަ ބުނެފަވާގޮތާއި ހިލާފައް ކަންތައްތައް ކުރުމަށް އެއްބަސްވެވި ސޮއިކޮށްފަ ހޮވާފަތިހިރީ. ނޮވެންބަރ މަހު 17ގފަހުން އެއްވެސްސިޔާސީ ކުއްވެރިޔެެއް ނުހުންނާނެކަމަށް އިބޫބުނި. ދޮޅުއަހަރު ފަހުން ތިހަދާާ ސަރުކާރު އުވޭނެކަމަށް އެއްބަސްވުމެއްގަ ސޮއިކޮށްފަވނީ ކީކޭދެން ތިކިޔަނީ

  16. އިބްރާ

    އިދިކޮޅު އިއްތިހާދުގައި ތިއްބަވާ ވެރިންނަކީ ވަގުތީ ބައެކޯލައެވެ. އެއްވެސް ވައުދެއް ވާކަށެއް ނުޖެހޭނެއެވެ. ނަޝީދު ހޮވެންދެން އިންތިޚާބު ބާއްވަންޖެހޭނެ. ނައިބުލީޑަރު ނިކަންއަވަހަށް ފޭލިވާނެކަމަށް ފެނޭ.

  17. މުުޫސަބެެ

    ގާނޫން އަސާސީއަ ފައިނ އަރަާނިީ

  18. Anonymous

    ބޮޑުފޮށީގަ ތަޅުލާފަ ބާއްވާނީދޯ. އެއަށް ބަލާވެސް ނުލާނަންދޯ

  19. Anonymous

    ފައިސަލް ތިހުރިހާ މަސައްކަތެއްކުރާއިރު ރިޔާސީ ކެންޑިޑޭޓް ޗުއްޓީ ހަދާލަނީ. އަސްލު ފައިސަލްއަށް ހައްގީ، ރިޔާސީ ކެންޑިޑޭޓުގެ މަގާމު. ޖޭޕީ ޖެހޭނީ ލީޑް ކުރަން. ޖޭޕީގެ ފައިސާ ކެމްޕޭނަށް ޚަރަދު ކުރަނީވެސް

  20. ވަޢުދު

    އިނދިކޮޅު މީހުން ކުރިންވެސް ވެރިކަމުގައި ތިބިއިރު ޤާނޫނު އަސާސީ އަކާއި ނުކުޅޭ. އަދި އެއްވެސް ޤާނޫނަކާއިވެސް ނުކުޅޭ. އެތަކެތި ހުރީ ފޮރުވައި ރައްކާކޮށްފައި. ކަންކުރަމުން ދިޔައީ ހިތަށް އެރި ގޮތަކަށް. އެހެންވެ މުޒާހަރާ މީހުންގެ ގައިގަ ތަޅަން ޕާޓީ މީހުން ނެރަފަ، ސިފައިން ލައްވާ އެތަނުގައި ސެކިރިޓީ މެރުވީ. އެހެންވެ ޤާޟިއަކު ވެސް ރަހީނުކުރީ. ޤާނޫނުއަސާސީއަކާއި ނުޅޭ.
    ދެން ފްލެޓްދީފައިވެސް ވަނީ މުޅިންވެސް ޕާޓީ މީހުންނަށް. ޝަރުތު ހަމަވިތޯ ފޯމު ލީތޯ ބަލައިވެސް ނުލާ. މުޅިންވެސް ޕާޓީ މީހުންނަށް ފްލެޓް ދީފައިވަނީ. މިއިން ގިނަ މީހުން އަދިވެސް ފްލެޓްގެ ފައިސާ ނުދައްކައި. ބަލާބަލަ ޣާޒީ ސްކޫލް ކައިރީގައިހުރި ފްލެޓްތައް މުޅިންވެސް ރީނދޫކުދިންނަށް ޤަވާއިދާ ޚިލާފަށް ދީފައިވަނީ. އެހެންވީ ލިސްޓްގެ މައްޗަށް އަރާފަ ތިރިވާކަށް ނުޖެހޭނެތާ. ޕާޓީ މީހުންނަށް ދީފައި ބާކީ އުކައިލާބައި ރައްޔިތު މީހާއަށް މިލިބެނީ. ހިތަށް އެރިގޮތަކަށް ކަންތައްކުރާނެ ކަަމށްބުނެ އެހެން ކަންތައް ކުރަމުންދިޔައީ. ރައްޔިތުންނަށް ދެއްކީ ވެރިކަމަށް އަންނަމުން ކުރިވަޢުދު އެއީ "ނަނާ ހުވަފެންދުށީމޭ". ވަރަށް ސަލާމް.

  21. Anonymous

    ގާނޫނާ އަސާސީއަކާ ނުކުޅޭނެ. އެގާދޫކޮލުން ބޭރުކޮއްފަ އޮންނާނީ!! ޗާޓުންބޭރުން ހުރިހާ ކަމެއް ކުރާނީ!!

  22. ބަހަބަރު

    ތިހެން ބުނެފިތަ. ޔަޤީން ކުޅޭނެކަން.

  23. މުޙައްމަދު

    ކަލޭމެންގެ ވެރިކަމެއްގައި ޤާނޫނު އޮތަސް އޮންނާނީ ނަމެއްގައި، މަޒީގައި އެކަން އެގި ހާމަވެފައިވަނީ، އަންނި އެއުޅެނީ އެކަމުން ސަލާމަތް ނުވެގެން އަދިވެސް