ތިލަފުށިން ވިހަ ދުމުގެ އަސަރު ނިމުމަކަށް ގެނައުމަކީ، ސިއްހަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ އެހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރު ވަނީ މި ޒަމާނުގެ އެންމެ މުހިންމު މައްސަލައާ ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި، ހަކަތަ ބަދަލުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް އެންމެ ބޮޑަށް ގުޅިފައިވަނީ، އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ތިމާވެށްޓައް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ކުރުމަށް ރާއްޖެއިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ގިނައިން ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވާކަމަށާއި، މިއަހަރުގެ ޖޫންމަހު އެ އެއްޗިހި އުފެއްދުން އަދި ބޭނުންކުރުން މަނާ ކުރާނެ ކަމަށެވެ.

"އަތޮޅުތަކުގެ ރަށްރަށުގައި ސާފު ބޯފެނާއި، ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދު. މިހާތަނަށް ފެނާއި ނަރުދަމާ ނިޒާމު ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގެ ކޮންޓްރެޓުގައި މިހާރު ވަނި ސޮއިކޮށްފައި." މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ހަރުދަނާ އިންފްރާސްޓްރަކްޗާއަކާއި ޕްރޮސެސްތައް ނެތުމަކީ އަދިވެސް ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންނަމަވެސް ތިލަފުށިން ޒަމާންތަކެއް ވަންދެން ޖައްވަށް ދޫކުރަމުންދިޔަ ވިހަ ދުމުގެ އަސަރު ނިމުމަކަށް ގެނައުމަކީ، ސިއްހަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވި އެވެ.

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަކީވެސް ސިއްހަތު ދުޅަހެޔޮވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭ ކަމެއް ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި 79 ސަރަހައްދެއް ހިމާޔަތްކޮށް، އޭގެތެރެއިން ފަސް ސަރަހައްދެއްގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލެވިފައިވާކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    ކުނިގޮނޑްގަރޯ ނުކުރާތި ދުންނާރަނީ އެކަމަކު ކުނިގޮނޑް އޮތީ ފުރިގެންގޮސް ޓޮއްޖެހިފަ މިފަސްއަހަރު ތިލަފުށީ ގޮންޑްގަ ރޯނުކުރާތީވެ ދުންނާރަނީ ދެންވެރިކަމު އަރާބަޔަކަށް ތިއުނދަގޫ ޖެހޭނެ ތިލަފުށި ކުނިގޮޑުން ކުނި ނައްތާނުލެވޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  2. މާމީ

    މެޖެލް ޖައްސަވަން އުޅުއްވާނެ ކަމެއްނެތް ތިކަން އޭ،ޑީ،ބީ ގެ ހިލޭ އެހީގަ ކުރީސަރުކާރުން ފައްޓާގެން ކުރިއައް ގެންދިއަ މަޝްރޫއެއް ދެންކޮން ފޮންޏެއް ތިކަނޑަނީ ތިކަމަކީ މިސަރުކާރުގެ އެއްވެސް ހިއްސާއެއް ވާކަމެއްނޫން ...

  3. ކޮރަލް

    ދެން އަވަހަށް އެމްޑީއެން މައްސަލަ އަވަސް ކޮށްލަ ދިނުން އެދެމެވެ.