ބައެއް އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ތިއްބަވާ ބޭފުޅުންނަކީ ހަމައެކަނި ކައްކާލަން ތިއްބަވާ ބައެއް ކަމަށާއި އެ ކައުންސިލަރުންގެ މާބޮޑު ދައުރެއް ނޯންނަ ކަމަށް މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާ އީވާ އެގޮތަށް ވިދާޅުވީ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރު މަޖިލިހުގެ ތަޅުމަށް ހުށަހަޅުއްވަމުންނެވެ.

އީވާ ވިދާޅުވީ ބައެއް އަންހެން ކައުންސިލަރުންނަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި އެއްވެސް ދައުރެއް ނޯންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ހަމަ އެހެންމެ އެ ކައުންސިލަރުންނަށް އެއްވެސް ވަރަކަށް މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"މިސާލަކަށް މަޝްވަރާގައި ބައިވެރި ނުކުރުން. ހަމައެކަނި ކައްކާލަން ތިބޭ ބަޔަކަށް ހެދުން. މެހެމާނުން ދާ ގަޑީގައި ހަމައެކަނި ސަފުގައި ތިބޭ ބަޔަކަށް ހެދުން. ބައެއް ފަހަރަށް ސަފުން ވެސް ޖާގަ ނުދޭ ހިސާބަށް އެބަދޭ، ނަމަވެސް ވަރަށް ފުރިހަމައަށް އެކުގައި މަސައްކަތް ކުރާ ކައުންސިލްތައް ވެސް އެބަހުރި." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 12 އަހަރުވެގެންދާ އިރު އަދިވެސް ބައެއް ކަންތައްތަކަށް އާ ކަމަށާއި ލާ މަރުކަޒީ ގާނޫނު މި ސަރުކާރުން އިސްލާހުކޮށް ކައުންސިލްތަކަށް އިތުރު ބާރުތައް ދިން ފަހުން ވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ކޮންމެހެން ކައުންސިލްތަކުން އަންހެން ކައުންސިލަރުންނަށް ނޫނީ ޑަބްލިއުޑީސީއަށް ޖެއްސުން ކުރަނީއެއް ނޫން. ވަރަށް ގިނަ ފަހަރަށް ޖެއްސުން ގޮތުގައި ފެންނަނީ ނޭނގިގެން ވެސް މެ. އިންކްލޫސިވް ޑެސިޝަން މޭކިންއާ މިކަހަލަ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބައެއް ފަހަރަށް ނޭނގިގެން ވެސް މިކަހަލަ ނަތީޖާ އެބަ ނިކުމޭ. އަޅުގަނޑުގެ ބޭނުމަކީ އެ ރަނގަޅަށް ދިރާސާ ކުރުން" އީވާ ވިދާޅުވިއެވެ.

އިވާގެ ގަރާރުގައި ބުނީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނަން ޖެހޭ ގޮތަށް ކަނޑައަޅާފައި އޮއްވައި އަދި 33 އިންސައްތަ އަންހެން މެމްބަރުންނަށް ހާއްސަ ކޮށްފައިވާ އިރު އޭގެ މަގްސަދާ އެއްގޮތަށް ކަންކަން ހިނގާތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އަންހެން ކައުންސިލަރުން މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ކޮމިޓީ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ގާނޫނުގައި ސިފަކުރި ގޮތަށް އެ ގާނޫނުގެ ރޫހުގައި މަސައްކަތް ކުރޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ގަރާރުގައިވެއެވެ.

"އަންހެން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަ ކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއިން ރިވިއު ކޮށްދިނުމަށް ގޮވާލައި މައްސަލަ ހުށަހެޅީމެވެ." އީވާގެ ގަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނީވޭ

    އަންހެނުންކޮމިޓީތަކުގައި އޮންނަނީ މަސްކެއްކުންތޯ؟

    24
    1
    • ޒައިކް

      ތިވެސް ފިރިހެން މެންބަރަކު ބުނި އެއްޗެއްނަމަ ހައްޤޭ ހިއުމަންރައިޓްއޭ ތަފާތުކުރުމޭ ކިޔާ ހަޅޭ ފަޅޭ ޖަހާނެ އުލްމާނީ ޖާޑުޔާއިންތައް..ބުނަން އީވާމެން ތިއްތި ހެދި މަބޮޑޭވެފަ ތިއްބަސް ރާއްޖޭގެ ގިނަ އަންހެނުންނަކީ ގެވެހި އަދި ކެއްކުމަށާއި އެނޫންވެސް ކަންކަން މެނޭޖުކުރުމުގަ އަރާތިބި ފިސާރި ކަނބަލުންތަކެއް.. އެކަނބަލުން އެކަންކަން ކުރަނީ ބަޔަކު މަޖުބޫރުކޮށްގެންނެއް ނޫން ކުރާހިތުން އަދި ފިރިހެނުންނަށްވުރެއް މޮޅަށް އެކަން ކަން ކުރެވޭތީ.. ބައެއް ކަނބަލުން ހިތްހަމައެއް ނުވެސް ޖެހޭ ފިރުހެނަކު އެއިންކަމެއްގަ ބައިވެރި ވިޔަސް.. ވާނުވާ ނޭނގުނަސް އަނގަ އަރުވާތި އީވާމެން މޮޅު އެއްޗެއްކިޔައި މެޑަލެއް ޖެހޭތޯ ބަލާތި..

  2. ބޮލި މުލައް

    އޭގެންވެސް އެނގެނީ ޤާބިލް ކަމެއްނު

    19
    1
  3. Anonymous

    ޚައުންސިލުން އަންހެނުން ތިބެންޖެހެނީ ނުކާބަޑައްތަ އީވާ!

    15
    1
  4. Anonymous

    ދެން ކަލޭދާނވީނުން ރުކައް އަރާ މަހައްގޮސް ހަދަން

    27
    1
  5. ކަޕްލާން

    ބައެއް އަންހެން މަޖިލީސް މެންބަރުން އަދި އެމްޑީޕީގެ ހިންގުންތެރި އަންހެން މެންބަރުން ތިބެންޖެހެނީ ގ.ކެނެރީގޭގެ ރޯޔަލް ފެމެލީގެ އަޅުންގެ ގޮތުގައި! އީވާ ނޫނީ މަޖިލީހުގަ އަންހެނެއް ނެތް ކަމަށް ދެކި! އީވާ ބުރުގާއެޅި އަންހެނުންނަށް ފޭކު ޓުވިޓާރ އެކައުންޓް ހަދައިގެން ފުރައްސާރަ ކުރާއިރު ބުރުގާއެޅި އަންހެނުން ތިބެނީ އީވާގެ ރޯޔަލް ވެފަ! ބޯހަލާކު! ސިކުނޑި ބޭނުންކޮށްބަލަ!

    22
  6. ހަވާސާ ހަމީދު

    އެއީ އެކައުންސަލަރުންގެ ގާބިލުކަންހުރީ އެދާއިރާއިންކަމުގައިވާތީ އީވާގެ ގާބިލުކަން ހުރީމާ ތިޔަ މަޖިލީހުގައި ތިޔަ ވަކާލާތު ކުރަނީ ތިޔަ މަޖިލީހުގައި އެބަތިބި މުސާރަނަގައިގެން ބަހެއްބުނަން ނޭންގޭ އަދި ޚިޔާލެއްދޭންވެސް ނޭގޭ މީހުން އެހެންވީމާ އެމީހަކާ އެކަށީގެންވާ ކަމެއްކުރަނީ!

    14
    1
  7. ހޖދިެ

    ބަލަގަ ބައެއް ފިިރިހެން ކައުންސިލަރުންވެސް ތިބެނީ ހަމައެކަނި މަސް ބާނަން ތިބޭ ބައެއްގެ ގޮތުގައޭ

    19
  8. ދުންމާރި

    އެހެންވީމާ އަދިވެސް އިންތިހާބުކުރާ މަޤާމުތަކުގެ %50 އަންހެނުންނަށްމިލްކުކޮށްދޭން ޤާނޫނެއްހަދާލަ އޭރުން ރަނގަޅުވާނެ

    17
    1
  9. މަރުފަލި

    އިލާހީގާނޫނުގަ ނެތް ބާރެއް މަޖިލިހުން ކަބަލުންނަށް ދިނީކީވެތޯ ވަކިބަޔަކަށް ކައުންސިލް ގޮނޑި ހާއްސައެއްނުކުރެވޭނެ ކަބަލުންވެސް ޖެހޭނީ ވޯޓަކުންހޮވެން މިނޫން ގޮތަކަށް ގެެގަތިއްބާ ތަބަކަކަށް ލާފަގޮނޑިއެއްނުދެވޭނެ އިލާހީގާނޫނާހިލާފައް އެއްވެސް ކަމެއްނުނިއްމޭނެ ކީވެގެންބާ މަޖިލީހުން ކަބަލުންނަށް ވަރިކުރެވޭ ގޮތައް ގާނޫނެއް ފާސްނުކުރެއްވީ

    14
    2
  10. މާޟީ

    މީދެން އަންހެނުން ނައް ހުތުރު އަރު ވަން އުޅޭބައެއް

    16
  11. ކޮރަލް

    ގޭގަ ހުއްޓަ މަގާމް ދިނީ އެވެ. ޥޯޓް އަކާ ނުލަ އެވެ. ދެން އެމީހުންވެސް ފަސޭހަ ގޮތް އޮތީމަ އެގޮތައް އުޅޭނެ އެވެ. އެހެން މީހުނާ ބެހޭ ކަމެއް ނޫނެވެ.

    14
  12. ރައްޔިތުން

    ތިފަދަ ކަންކަން ހައްލުވާނީ ކައުންސިލަރުންނަށް ކުރިމަތިލެވޭ ތަޢުލީމީ މިންގަޑެއް ކަނޑައަޅައިގެން ކުރިއަށް ގެން ގޮސްގެން. ވީމާ ދެން އޮންނަ އިންތިޚާބަކާއި ހަމަޔަށް ޤާނޫނަށް އިސްލާޙް ގެންނަން ފެނޭ. ތަޢުލީމީ ޝަރުތު: ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު ހިންގުމުގެ ތަޖުރިބާ ލިބި ހުރުން. ހިމެނުމަށް ފެނޭ

    12
    1
  13. ކުލަބުހައުސް

    މިކޮޅުގަ އުޅުއްވަނީ ކްލަބުގަ 24

  14. ކަޅުސޮރު

    އަންހެން ކައުންސިލަރުންނަށް އީވާ ތިކުރަނީ މަލާމާތް.

    16
  15. ސަންފަ

    ތިޔަ ކޮމިޓީ ތަކަކާ ލާމަރުކަޒީ ގާނޫނެއް ހަދައިގެން ކައުންސިލަރުން ލީމަ ބަޖެޓު ބޮޑުވުން ފިޔަވައި އެއްވެސް ކަމެއް ނުވޭ.
    އަދި އެންމެ ހެއްވާކަމަކީ މި ކައުންސިލަ ރުންގެ ތަޢުލީމީ ފެންވަރެއްވެސް ބޭނުން ނުވާކަން. މަސައްކަތު މީހާއަށްވެސް އަސާސީ ފެންވަރަށް ތަޢުލީމް ހުންނަން ޖެހޭ. ފިރުހެން ކައުންސިލަރުން ކޔރާ ކަމަކީ ސޮއި ޖަހާފަ ރަސްމީގަޑީގަ ކެޔޮޅު ކަމު ދިއުުން .

    13
  16. ޖާބެ

    ޖެންޑާ ހަމަހަމަވުމަކީ މެރިޓުން އެމަޤާމަކައް ހޮވުން ނުވަތަ ކުރިމަތިލުން އެއީ ފިރިހެނެއްކަމުގަވިޔަސް އަންހެނެއްކަމުގަވިޔަސް... ދުވަސްކޮޅަކުން މިތަނުގަ ޖެންޑަރޑިސްޕޯރިއާ މީބުންވެސް އުޅޭ ކެޓަގަރީއެއް ހަދާނެ... ލިބްރަލްވިސްނުމަކީ ފެއިލްޑް ފިކުރެއް..

  17. އަހުމަދު

    އެއީ ހަންހެނުން ފަޚުރުވެރިވާންޖެހޭ މަސައްކަތެކޭ... މޮޔަގަނޑާ

  18. ޞޮއްޓި

    ބަލަގަ ބައެއް މެންބަރުވެސް އެބަތިބެޔޭ ހަމައެކަނި ކޮޅުފައިތަޅަން ބަހައްޓާފަ...
    ތީއޭގެ އެކަކު..

  19. ސޯޓުބެ

    500 މީހުން ހަމަނުވާ ރަށްރަށުގައި، ޖަޒީރާ ރާއްޖެއޭ ކިޔާ ބަހައްޓާފަ، ތިޔަކަހަލަ ކޮމެޓީ ހެދިޔަކަސް އެމީހުން ކުރާނީ ކޮންކަމެއްތޯ؟ ދުފާ ދުންފަތް ބުރި އަނބުރާ މަގުތަކަށް ރަތްކުޅު ތެޅުން ނޫންތޯ އޮންނާނީ...

  20. ރަބަރޭ

    ކަލެއަށް ކައްކާފަ ކާންދެނީ ފިރިމީހާތަ ލަދެއްވެސް ނުގަނޭތަ

  21. ހިތަދޫ މެދު ދާއިރާ

    ތަނެއް ދޮރެއް ނޭނގޭ ނުކިޔަވާ ތިބި ކައުންސިލަރުން ހޮވީމަ ކެއްކޭނީ ރިހައެއް ނޫންތަ؟؟؟ ދެން ކުރެވޭނެ ކަމަކީ ފިރިހެން ކައުންސިލަރުންނާއި އެކީ ކޮފީ މޭޒް ފަޅުފިލުވާލަ ދިނުން.

  22. އަމިރާ

    އަންހެނުން ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރުމުގެ ކުރީގައި އެއީ ރަނގަޅު މުސާރައެއް ލިބޭ ކަމެއްކަން މީހުންނަކަށް ނޭނގޭ. އެހެންނޫންނަމަ ހަމަ ރަނގަޅު ތައުލީމީ މީހުން ކުރިމަތިލީސް. އަނެއްކާ ސަރުކާރު އެއްވަޒީފާ އޮތް މީހަކަށް މިފަދަ ޒަމާނެއްގައި އެނެއް ވަޒީފާ ދީގެން ނުވާނެ. ހަމަ ވޯޓަށް ޖަހާ މަޅިވިއްޔަދޯ. ބައެއް ކޮމިޓީތަކުގެ ރައީސުންނަށް ހަމައަށް ލެޓިނުން މެސެޖެލިޔަން ނޭނގޭ މީހުންވެސް އެބަތިބިވާހަކަ އަޑުއިވެނީ. ދެން ކޮންކަމެއްތޯ ރާވާ ހިންގާނީ. އަދިވެސް ބައެއް މީހުން ހީކުރާކަހަލައޭ ކޮމިޓީތަކުގެ މެމްބަރުންނަކީ ރަށްކުނިކަހާ މީހުންކަމަށް. ކޮމިޓީތަކަށް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ކުރިމަތިލެވެންޏާ ޑިގުރީ މާސްޓަރ ފެންވަރުގެ މީހުންނަށް ފުރުޞަތު ދޭންވީދޯ. އޭރުންތާ މިޒަމާނާ އެކަށީގެންވާ ކަންކަން ކުރެވޭނީދޯ.

  23. ޙަސަން

    ދެން ކީއްކުރަން ވީޔޯ؟ ދޫލާން ނިކުންނާށޭތަ ތި ކިޔަނީ؟ މޮޔަ ޖީވާ