މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ކުރިމަަތިލާނީ އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާ ކުރިމަތިލާނީ އިލެކްޝަން ކޮމިޝަން ބަދަލު ކުރުމަށް ފަހު ކަމަށް އިންތި ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީން ރޭ ގެނެސްދީން ފަލަސުރުހީ ޕުރޮގްރާމްގައެވެ.

ރިޔާސީ އިންތިހާބާ ކުރިމަަތިލާނީ އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށްފަހު ކަމަށް އިންތި ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަގާމުން ދުރުކޮށް މަގާމަށް އައްޔަން ކުރުމުގެ ބާރު ލިބިފައި ވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވެ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތައް އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނީ ކިހިނެއް ކަމެއް އިންތި ވިދާޅެއް ނުވެއެވެ.

"އިންތިޚާބު ތާރީޚަށް ބޭއްވޭތޯ ވެސް މަސައްކަތް ކުރާނަން. އަދި މިނިވަން ކުރެއްވޭނޭ މިންވަރަކަށް މިނިވަންވެސް ކުރާނަން. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށްފައި ރިޔާސީ އިންތިޚާބަކަށް ދާނީ" އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވިގޮތުގައި ޔޫރަޕިއަން ޔޫނިއަން ފަދަ ބޭރުގެ މިނިވަން އޮބްޒަވަރުން އިންތިހާބަށް ގެނެސްފިނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ނުނެރެވޭނެކަން ސަރުކާރަށް އެނގޭ ކަމަށާއި އެހެންކަމުން ފަޟީޙަތްވެ ބޭޒާރުވެދާނެތީ އޮބްޒާރވަރުންނަށް ގެންނަނީ ދުވަހަކު އިންތިޚާބު ނުވެސް ބާއްވާ ޤައުމުތަކުން ކަމަށެވެ.

އަދި އެކަމުގެ ބޭނުމަކީ ރައްޔިތުންނަށް ޙަޤީގަތް އޮޅުވާލުން ކަމަށާއި އެހެން ނަމަވެސް އެއްކަމެއްވެސް އޮޅުވާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ އެމްޑީޕީއިން ކުރިމަތިލާނީ އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހުކަމަށް އިންތި ވިދާޅުވި އިރު އެމްޑީޕީއިން ވަނީ މީގެ ކުރިންވެސް މިމޭރުމުން ވާހަކަ ދައްކަވާފައި ކަން ފާހަގަކޮށްލެވެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވާނެކަން އެޕާޓީއިން ވަނީ އިއުލާން ކުރައްވާފައެވެ.

ރިޔާސީ ރޭހުގެ ކެމްޕެއިންނަށް ރައީސް ޔާމިންގެ ރަނިންމޭޓް ޑރ.މުހަންމަދު ޝަހީމް އަދި އިބޫގެ ރަނިންމޭޓް ފައިސަލްވެސް ގެންދަވަނީ ތާއިދު ހޯދުމަށް ޑޯޓުޑޯ ހަރަކާތްތަށްކުރިޔަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދީދީ

    ސަރުކާރު ބޭނުންވާ ނަތީޖާއެއްނޫން ނެރޭނީ ރައްޔިތުން ބޭނުންވާ ނަތީޖާ، ރައްޔިތުން ބޭނުންވަނީ ރީނދޫ ފާދިރީންގެ ކިބައިން ދީނާއި ޤައުމު ހިމާޔަތްކުރަން، އެކަން ކުރުމަށް ވޯޓްދޭނީވެސް

  2. ޙަފްޞާ / މާލެ

    މިމީހުން ފުވާދު ކިޔާ އެމްޑީޕީގެ އިސް އެކްޓިވިސްޓަކު އިލެކްސަންސްކޮމިޝަންގެ ރައީސަކަށްލައިގެން އަދި އެވަރުން ނުފުދިގެން ، އޭނަގެ އަންހެނުން އެމްޑީޕީގެ މުޒާހަރާތަކުގެ ކުރިޔަށް ނެރެގެން އުޅުނުއިރު އެތަން މިނިވަން؟؟ ޢަޖައިބެއްނުމީ! މިމީހުން މި ހީކުރަނީ ވޯޓުއޮޅުވައިލައިގެން ފުވާދު އެމްޑީޕީއަށް ހަދައިދިން މަކަރު އެހެންމީހުންވެސް ހަދާނޭކަމަށް؟

  3. ރޫމާ

    އިންތިޚާބު އަތަށްގޮވާނޭކަން ކަށަވަރުވީވީހެން އެއްޗެކޭ ކިޔަންވާނެތާ ދޯ؟ މީނަޔަށް އެގޭނެ ރައީސް ޔާމީން ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރާނޭކިަން!

  4. ބިންތި

    ކަލޭ ތީ އަންނި ނަންވެސް އޮނާނޭ ބުނި މިހާ. ރަނގަލު ވާހަކައެ ބުނަތައް ދޫ ރަކާތެރިކޮން ގެ ހިރެބައް

  5. ބަފާާބެ

    3 އަހަރުމިވީ ވައުދުކުރަމުން ވަޢުދުވަމުން ވަޢުދު އޮޅަމުންއަންނަތާ! އަދި މިވީތަނަށް އަމިއްލަ އެތީގަ އޮޅާލެވުނު އެއްޗެއްފިޔަވާ އެހެންކަމެއްނުވޭ ނުވެސްވާނެ!

  6. ހުސޭނުބޭ

    އިންތިޚާބާ ކަލެއަށް ކުރިމަތިލެވޭނީ ޝަރުބަތު ތައްޓެއް ބޮއިގެން.

  7. އިބޫ

    އިބޫ އަކަށް އަދި ތިކެޓް ނުދެން ދޯ!!!! ކޮންއިރަކުން ރަސްމީކޮށް ޓިކެޓް ދެނީ!!! ރަސްމީ ކެންޑިޑޭޓް ކޮބާ !!!!

  8. ގިންތި

    އިންތިގެ ނަންވެސް ބަދަލުކުރަން ފެނޭ. އޭރުން ތަންކޮޅެއް ސައިޒް ވެދާނެ!

  9. ގގގގގގގ

    ހެހެހެ

    ބުނިދޯ ޔާމީނު ގެ ވެރިކަންވެސް ރޯދައިގެކުރިން ވައްޓާލާނަމޭ

    ބުނިދޯ ޔާމީނު ގެ ވެރިކަންވެސް ޖުލައި 26 ކުރިން ވައްޓާލާނަމޭ

    ބުނިދޯ ޔާމީނު ގެ ވެރިކަންވެސް ވަރަށް އަވަހަށް ވައްޓާލާނަމޭ

    އަބަދުވެސް އެމްޑީޕީގެ ވެރިންގެ ފިލޯސަފީ އަކީ މާޔޫސް ވިޔަނުދީ ދޮގުހަދައިގެން ހިތްހަމަ ޖައްސާލަދިނުމުގެ ބަސްތަށް ބުނެހެދުން

    އިންތި މެމްބަރުކަމަށް އަންނަން ވެގެން ވީ ވައުދުތަށް ފުއްދާދިނުން މާރަގަޅު ކަންނޭގެ އެހެން ކަންތައްތަކާ އުޅުމަށްވުރެ

  10. ކައްތިރި

    އިލެކްޝަން ކޮމިޝަން ބަދަލުކޮށްފައި ދެން އެތަނަށް ގެންނަނީ އިންސާނުންނެއް ނޫންތޯ؟ ބަލަ ދެންއަންނަ ބަޔަކަށް އިތުބާރު ކުރެވެނީ ވަކި ކީއްވެގެންތޯ؟ އެތަނަށް ކަމުދަނީ އމޑޕ މީހުންތޯ އެބަ ސުވާލު އުފެދޭ

  11. "އިންތި"ހާބު

    އިންޑިޔާގަ ދުވަކުވެސް "އިންތި" ހާބެއް ނުބާއްވާ ދޯ އިންތި؟ އިންޑިޔާއިން އޮބްޒާވަރުންނަށް ދައުވަތު ނުދޭތަ؟ މޮޔަވެދާނެ މީހަކު މި މީހުނާހެދި!

  12. އެދުވަސް

    ހެހެހެ

    ބުނިދޯ ޔާމީނު ގެ ވެރިކަންވެސް ރޯދައިގެކުރިން ވައްޓާލާނަމޭ

    ބުނިދޯ ޔާމީނު ގެ ވެރިކަންވެސް ޖުލައި 26 ކުރިން ވައްޓާލާނަމޭ

    ބުނިދޯ ޔާމީނު ގެ ވެރިކަންވެސް ވަރަށް އަވަހަށް ވައްޓާލާނަމޭ

    އަބަދުވެސް އެމްޑީޕީގެ ވެރިންގެ ފިލޯސަފީ އަކީ މާޔޫސް ވިޔަނުދީ ދޮގުހަދައިގެން ހިތްހަމަ ޖައްސާލަދިނުމުގެ ބަސްތަށް ބުނެހެދުން

  13. Anonymous

    ހިނިވެސް އަންނަނީ. ގެރި ބަކަރި ޖަމަލުވެސް އަންނަނީ. މުސަޅުވެސް އަންނަނީ. ޢަމަށަކު ހިންޏެއްވެސްނޫން މިސޮރު ކިޔާ އެއްޗަކުން އަންނީ

  14. ދިވެއްސެއް

    އިންތި ފުރަތަމަ މަޖިލިސް މެނބަރުކަމުން އިސްތިއުފާ ދޭށެވެ އޭގެފަހުގައި އެހެންކަމެއް
    ކުރަން ގަދަބަސް ބުނާނީ

  15. ސިކުނޑި

    އިންތި ސިކުނޑީގެ ޑޮކުޓަރަކަށް ދައްކަބަލަ. ބޯވެސް ހަމަނުޖެހޭ. އަދި މާގިނައިން ދޮގުވެސް ހެދެނީ ޔޫރަޕަށް ވެސް ދޮގު ފުނި ފުނި އެބަހުރި ފޮނުވިފަ.

  16. ރުޒާނާ ޗޮއްޕަޓު

    ތިކަންވެސް ތި ނުވީ. ހެހެހެހެ ކުޅަނދުރެއްފަދަ އިމްތިޔާޒު ތިހެން ބުނެފިތަ ދެން އެކަމެއް ނުވާނެ. ވޯޓު ކަރުދާސްކޮޅުގަ ނަޝީދުގެ ނަން އޮންނާނެ އޮންނާނެ އޮންނާނެ ގޮވަމުންވެސް ދުވީ މި ސޮރު. ގުޅިއަށާއި ފުޅިއަށާ މޮޔައިން ލައްވާ ވޯޓު ލައްވައިގެން ޖެހި ސަކަރާތް މީހަކު އަންތަރީހެއް ނުވާނެތަ. ރަތް ލާޖެހި ބޮޑު ޖޯކަރު

  17. އިންތި

    މިއީ ޖަމަލު ފޮޑި ޖަހާމީހެއް. ނިކަން ބާރު ބާރަށް އެއްޗެހި ބުނާނެ. ވާކަމެއްނޯންނާނެ އެއްކަމެއްވެސް.

  18. ވިސްނާ

    ޢިންތީ ބޭކާރުވާހަކަނުދައްކަވާ ތިކަހަލަވާހަކަދައްކަވަނީ ސަޕޯޓަރުން ހިތްހަމަ
    ޖައްސަންތޯ ނުވަތަ ގައުމުގައި ހަމަނުޖެހުން އުފައްދަންތޯތިފަދަބޭފުޅުންދައްކަވާތިޒާތުގެ
    ވާހަކައަޑުއަޙަން މިހާރުވަރަށްފޫހިވޭ މިހާރު ގަބޫލްކުރެވެނީ ތިކަހަލަޥާހަކަފުޅުތަކަކީހަގީ
    ގަތެއްނެތް ބޭކާރުވާހަކަފުޅެއްކަމަށް ( ވެރިކަން ބަދަލުކުރުމަށް ކިތަށްފަހަރު ތާރިޚް
    ކަނޑައަޅައިފިތޯ ބޭރުގައުމެއްގެ ސިފައިން މިގައުމަށްއެރުވުމަށްކިހާމަސައްކަތެއްކޮށްފިތޯ
    ބޭރުގެ ޖަމާއަތްތައްމެދުވެރިކޮށް މިގައުމަށް ފި ވަޅުއެލުމަށް މަސައްކަތްކުރައްވާ ނުވިއެއް ނޫންތޯ ) ފޫހިވާކަމަށް ބުނީ މިކަންކަން ނުވާތީއެއްނޫން ﷲ މިގައުމަށް މިފަދަކަންކަން މެދުވެރި ނުކުރައްވާންދޭ އިންތި އަގައޮތީމަ ކިޔަންބޭނުންއެއްޗެއްކިޔުނު
    ކަމުގައިވިއަސް ކަންކަން މިންވަރުކުރައްވާ ފަރާތެއްވޭ އެއީﷲ އިންތި ކިތަންމެއަޑަށް
    ބާރުލައްވާފައި ކަންކަންކުރައްވާނެކަމަށްވިދާޅުވެ އަޑުފުޅުބާރުކުރެއްވިއަސް ﷲ އިރާދަ
    ކުރެއްވިކަމެއްވާނެ އިރާދަނުކުރައްވަކަމެއްނުވާނެ ﷲ އެއީ ނަސްރަށް ކާމިޔަބުދެއްވާ
    ރަސްކަލާގެކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ އަދި މިގައުމުގަ އަހަރެންކަހަލަ
    ކިތަށްރަށްޔިތުންގެދުއާ ﷲ ދެނެވޮޑިވެގެންވާކަން ހަނދާންކުރައްވާ
    މި ގައުމުގެ ވެރިކަމުގައިހުންނެވި ބޭފުޅާއަކީ އިސްލާމްދީނަށް ލޯބިކުރައްވާ
    ވަރަށް ހަރުދަނާ އިތުބާރުކުރެވޭ ލީޑަރެއްކަން އެންމެ ހިދުކޮޅަކަށްވެސް ( ހިދުކޮޅު
    އަންނަވަގުތެއްވެސް ފަހަރެއްގައި ހިގައިދާނެ ދައްކަވާ ބައެއް ވާހަކަފުޅުތަކުންހީކުރެވޭ)
    ޙަނދުފުޅުނައްތާ ނުލައްވާ

  19. އަޑަފި

    ކޮންމެހެންވެސް ސާބެ ކޮމިޝަންގެ މެމްބަރަކަށް ލާންވާނެއެވެ. އޭރުން 2008 ގައި ކުނުނު ކުޅިގަނޑު ކުޅެލަން ވަރަށް ފަސޭހަވާނެއެވެ.

  20. މަރީނާ

    ވޯޓް ކާމިޔާބު ވާނެކަން އިންތިއަށް އެނގެނީ ކިހިނެއް؟ މިދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މިހާރު މިތިބީ އަންނަިއަށް ވޯޓް ނުދޭން. އެއީ މިޤައުމާއި ދިީން ހިމާޔަތުގައި އޭނާއަށް ވޯޓް ދިނީމާ މިރާއްޖެ ދާނީ އަނަދަވަޅަކަށް ވެއްޓިގެން. ފުރަތަ އަހަރު މަވެރިކަން މަށަށް ކިޔާފަ އިބޫއާފައިސަލް ބޭރުކުރާނީ.އަނެއްއަހަރު ކޯލިޝަންގެ ތަޅާފޮޅުން .މިހެންގޮސް މިސަކަރާތަކުގައި މުޅި ފަސް އަހަރު ދުއްވާލާނެ. ރައީސް ޔާމީންގެ އޮންނަ ފަދަ ތަސައްވުރެއް އަންނީގެ ނޮއޮންނާނެ. ވެރިކަމާ ހެދީ ކޮންމެ ފަދަ ކަމެއްކޮށްލާނެ. މިހާރު ޔޫޕިއަން ޔޫނިއަނަނަށް އެއުޅެނީ މިރާއްޖެ ވިއްކައިގެން.އެކި ފަހަރު އެކި ވާހަކަދައްކާ މީހެއް.ވެރިކަމާ އަރާއަރަފޯދޭ މީހެއްނޫން.ޝަޚްސިއްޔަތެއްނެތް. އަހަރުމެން ވެރިކަމަށް އަންނި އަރުވަން ލަދުވެސް ގަނޭ.

  21. ކެރަފާ

    ކައޭ ތިވިދާޅުވިބަސް އަހަރުމެން މިތިބީ ބަލަން އެދުވަހު ކަލޭއިލެކުސަންސް ކޮމިސަންސް ބަދަލު ނުކޮއްފިނަމަ ކަލޭގެ ނަން އިންތި އިންޗި އަށް ބަދަލުކުރާނަން އެ ވަރިހަމަ ދެއިންޗިން އެއްއިންޗި އައް ނަމަވެސް.

  22. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    އެއްވެސް މީހެއްގެ ދުލަކު ނުހިފެހެއްޓޭނެއެވެ. މިސްމީހުން ދައްކައި އުޅޭ ވާހަކަތަކުގެ ތެރޭގައި ހެޔޮލަފާ ރަނގަޅު ވާހަކަތަކާއި ނުބައި ނުލަފާ ވާހަކަތައް ހުންނާނެއެވެ. ކަމަށް އެކަށީގެން ނުވާ މީސްމީހުންނަށް ފުރުޞަތު ދިނުމެއް ނޯންނާނެއެވެ. އެކަށީގެންވާ މީހުން އެނގޭނީ، އިންޓަވިޔު ދީގެންނެވެ. މިވަގުތު އެތާނގައި ހުންނެވީ މީގެކުރިންވެސް އެތާނގައި ޚިދުމަތް ކޮށްފައިވާ ބޭފުޅެކެވެ. އޭރު އޭނާ ހުންނެވީ އެސް.ޖީ. އަކަށެވެ. އަލިފާން ފޮއްޓަކަށްލާ ވާހަކައަކީ، ޖަޒުބާތީ ޚިޔާލާތެއްގެ މައްޗަށް ބިނާވެފައިވާ ލަޣުވުގެ ބަހެކެވެ.

  23. އިންތި ގަމާރު

    ހުވަފެން ދެކޭނީ މަހަށޭ މަދާނީ ފަރަންޖީން އެކުގަވާނީ ގައުމަށް ގައްދާރުވާނީ އިންތި ކަލޭ ފުނޑު ފުނޑު ވިއަސް ތިކަމެއް ނުވާނެ މަހައްދޭ މަހައްދޭ މަހައްދޭ

  24. ސައްބު

    ވައްކަން ނުކޮށް ހަމަހޭގަތިބޭ!

  25. ޖޮއްބެ

    ތިޔާ ރީނދޫ ލާދީނީ ފިކުރުގެ މީހުން ވާވަޢުދަކީ ފުއްދާނެ އެއްޗެއްނޫން. އެހެންނޫންނަމަ ވެރިކަން ލިބުމުގެ ކުރިން ގަންޖާބޯ ވިވަޢުދު ތައް ވެރިކަން ލިބުމުން ފުއްދީހެއްނު...؟