އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދެ ރަށުގައި ޔޫތު ސެންޓަރު ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން 10 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށެވެ.

ޔޫތު ސެންޓަރުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމް، އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިންގ ރޫމް ހުންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީންނެވެ. މި ޕްރޮޖެކްޓްތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާޟީ

    މިރާއްޖެއަކީ އިންޑިއާގެ އަވަށެއް ތޯ؟؟؟

  2. އަލިމަތާ

    ކީއްވެހޭ ހިލޭއެހީއަށް ވާންވީ... އޮލުވާލަން މިކިޔަނީ ހިކޭ އެހީއޭ.