(ގއ. ގެމަނަފުށި) ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މި ރަށުގެ ބިން ހިއްކައި ރަށް ކައިރީގައި އޮންނަ ފަޅު ރަށް ގދ. މާރެހާ ރިސޯޓަކަށް ބަދަލު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މި ރަށަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފެނިވަޑައިގަތީ "ފުނޑި" އަދި "ހަލާކުވެފައިވާ" ބަނދަރެއް ކަމަށެވެ. މުއިއްޒު ފުރަތަމަ މި ރަށް ސިފަ ކުރެއްވީ "މަސް ފެކްޓަރީ" އެއް ގޮތަށެވެ. އެއީ މި ރަށުގައި މަސްވެރިކަން ފުޅާވެފައި އޮތް މިންވަރު ހާމަކުރެއްވުމުގެ ގޮތުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭރު ކުރެއްވި މަސައްކަތުން ރަށުގެ ބަނދަރު ވަނީ ހަދައިފައެވެ. ނަމަވެސް އަދިވެސް އެ ބަނދަރު ބޮޑު ކުރަން ޖެހޭތީ އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ގެމެނެފުއްޓަށް ވަޑައިގަތުން، އެރަށުން އޭނާއަށް ހޫނު މަރުހަބާއެއް ދެންނެވި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރު ވެރިކަމަށް ވަޑައިގެންފި ނަމަ ބޮޑެތި މަގުތައް ހަދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭރުން ނެޝަނަލް ހައުސިން ޕޮލިސީގެ ތެރެއިން ރަށަށް ފައިދާ ކުރާނެއެވެ.

"އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަމުގެ ޔަގީންކަން ގެމަނަފުށީގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން،" އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އާބާދީގައި ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގެމަނަފުށީ ކައިރީގައި އޮންނަ މާރެހާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަމަށް އެއްބާރުލުން ދީ، އިންވެސްޓަރުން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ގެމެނެފުށީ ރައްޔިތުންނާއި ބައްދަލު ކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ކުރުކޮށް:

1- ރަށުގެ ބަނދަރު ބޮޑު ކުރުން.
2- ރަށާ ކައިރީގައި އޮންނަ މާރެހާ ރިސޯޓަކަށް ބަދަލު ކުރުން.
3- ރަށުގެ ބޮޑެތި މަގުތައް ތަރައްގީ ކުރުން.
4- ރަށުގެ ބިން ހިއްކޮށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން.
5- ރަށުގައި ބޭންކްގެ ބްރާންޗެއް ގާއިމުކުރުން.
6- އެކްސްރޭ ފަދަ ހިދުމަތްތައް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން.
7- ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް.

މި ދަތުރުގައި ގއ. ގެ ރަށްތަކުގެ ތެރެއިން ވަގުތު ހުރި ގޮތުން މުއިއްޒަށް ވަޑައިނުގެންނެވޭ ރަށްތަކުގެ ތެރޭގައި ގއ. ކޮނޑޭ ހިމެނެއެވެ. މުއިއްޒު ވިދާޅުވީ ދަނޑުވެރިކަމާއި އެހެނިހެން ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ކޮނޑޭ ރައްޔިތުންނަށް އިޖާބަދޭ ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެ ރަށު ރައްޔިތުން ބޭނުން ނަމަ، ބަނދަރު ވެސް ބޮޑުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ގެމެނެފުއްޓަށް ވަޑައިގަތުން، އެރަށުން އޭނާއަށް ހޫނު މަރުހަބާއެއް ދެންނެވި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މި ރަށަށް ވަޑައިގެންނެވުމުގެ ކުރިން، މުއިއްޒު ވަނީ ގއ. ދެއްވަދު އަށް ވަޑައިގެންފައެވެ. އެ ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ ދެއްވަދޫގެ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މުއިއްޒު ވަނީ ދެއްވަދޫ ރައްޔިތުން ކީ މަރުހަބާއަށް ޝުކުރު ދަންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވާންވީއޭ

    ގާސިމް ޒިންދާބާދު ގާސިމް ބާރަށް ކުރިއަށް އަދިވެސް ގެންދަންވީ އަދި ވެސް ޓެކްސް ކުޑަ ކުރާނެ ކަމުގެ ވައުދުވެސް ވާންވީއޭ ޓެކްސް ކުޑަކުރާނެ ކަމުގެ ވައުދު ގާސިމް ވައުދުވާންވީއޭ ވައުދުވާންވީއޭ ވައުދުވާންވީއޭ އަދި ކޮތަޅު ޓެކްސް އުވާލާނެ ކަމުގެ ވައުދުވާންވީއޭ ކުނި އުކާލުމަށް ނަގާ ބޮޑުފީ ކުޑަކުރާނެ ކަމުގެ ވައުދުވާންވީއޭ ކުޑަ ޕިކަޕަކަށް 5000 ރުފިޔާ އެބަ ދަމައިގަނެއޭ ޓެކްސް އާއި ކުނިފީ ކުޑަކުރަންވީއޭ މިވައުދު ގާސިމްވާންވީއޭ

  2. ސުހާ

    ކޮބާތޯ ޔާމީން ކޮންެމެ އާއިލާއަކަށް ބަހައްޓަވާ ދެއްވި ފެމިލީ ޑަކްޓަރު؟ ކޮބާތޯ އަލަތު ކައިވެނި ކުރާ ކޮންމެ ދިވެއްސަކަށް ދެއްވި ފްލެޓް؟ ތިގޮތަށް ކިތަށް ވައުދުތޯ ވާނީ ؟ނުވާ ވަރުގެ ކަން ކަން ކިޔާނީ. ވާކަމެއް ހަމަ ހަރާން

    1
    5
  3. ޙޖދޖދ

    ހެމާހެޑް ސާކް ޕޮއިންޓް ހަލާކު ނުކުރޭ. ތަރައްގީ އަކީ ނެތިކުރުމެއް ނޫން

  4. އަބްދޫ

    ރައްޔިތުންނަށް ވައުދުވާންޖެހޭނީ ގައުމުގެ ތަރައްގީގެތެރެން ރައްޔިތުންނަށް ތަނަވަސްކަންއަންނަ މިފަދަ ވައުދު

  5. އަބްދޫ

    ފެމެލީ ޑޮކްތަރުން އުފެއްދުމަށްޓަކާ ޔާމީނު ވަނީ ދަރުމަވަންތަ ބިލްޑީން އިމާރާތް ކޮށް އެ ބިލްޑިންގް ގަ ޑޮކްޓަރުކަން ކިޔަވައިދޭން ފަށާފަ.ގައުމީ ޔުނިވަރސިޓީގެ ބައެއްގެގޮތުގަ ޑޮކްޓަރުކަން ކިޔަވާ ދިވެހިކުދިންނާއި ބޭރު މީހުން މިހާރުވެސް އައިޖީއެމްއެޗް ގަކިޔަވަމުންދަކަމެއް ނޭގޭތަ؟ ކޮންމެ ފެމެލީއކަށް ޑޮކްޓަރެއް އެއީ އެފެމްލީން ޑޮކްޓަރަކު ބޭނުންނަމަ މިހާރު ރާއްޖޭގަ ކުރެވެން ހުރިކަމެއް.ތިބޭފުޅުން ހީކުރައްވަނީ އެއީ މުސާރަދީފަ ބޭރުން މީހަކުގެނެސް ކޮންމެ ގެއަކު އިންޑިޔާ ޑޮކްޓަރަކު ބަހައްޓާ ވާހަކަ ކަމަށްތަ ؟ޔާމީނު ވިދާޅުވީ ޑޮކްޓަރުކަން ކިޔަވާފަ ހުރި ކުއްޖަކު ކޮންމެ އައިލާއެއްގަ ވެސް ބަހައްޓާނަމޭ ގައުމުގެ ތަރައްގީއަށް ކަންކަން ކުރަނީ މިގޮތަށް މިގޮތަށް ތަރައްގީކުރުމުން އާއިލީ ޑޮކްޓަރަކު ހުރެފަ އާއިލާއަށް ތަނަވަސްކަންލިބި ފުދުންތެރި ބަޔަކަށް އާއިލާވެގެން ދާނެ . ގައުމަށް ތަރައްގީ ގެންނަންޖެހެނީ މިގޮތަށް.

  6. Anonymous

    އެއީ ޖަމީލާތަ ފޮޓޯ ގަ އެހުރީ؟