(ގއ. ގެމަނަފުށި) ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭ 25 މަޝްރޫއެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ގެމަނަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވެފައިވާތީ ވެރިކަމަށް ވަޑައިގެން ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހިވަޑައިގަތް ކަމަށެވެ.

ގެމަނަފުށީގައި މިރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: އެމްޑީޕީ

އެހެންވެ، ގއ. ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި ޅ. ފެލިވަރު ކޭނިން ފެކްޓްރީއަށް ގެންނަ ބަދަލާއި ގދ. ތިނަދޫ އާއި އައްޑޫ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ޑަބަލް ކުރުން އަދި މަސް ގަންނަ އިތުރު ބޯޓުތައް ގެނައުމަކީ މަސްވެރިކަމުގެ ސިނާއަތަށް ގެންނަން ފަށާފައިވާ ހެޔޮ ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޫއްޑޫގެ މަސް ގަނެ ރައްކާ ކުރާ ކެޕޭސިޓީ އެބަ އިތުރު ކުރެވޭ. ފެލިވަރުގެ ފެކްޓަރީ އެބަ ބޮޑު ކުރެވޭ. ތިނަދޫގައި މަސް ގަންނަ ފެސިލިޓީއެއް ގާއިމު ކުރެވޭ. ހއ. އިހަވަންދޫ، އައްޑޫ، މ.މުލައް، ކަންޑުއޮއްގިރި، ޏ. ފުވައްމުލަކުގައި ވެސް މަސް ގަނެ ރައްކާ ކުރެވޭ ތަންތަން ހަދަމުން ދަނީ،" ރައީސް ވިދާޅުވިއެވެ.

ގެމަނަފުށީގައި ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް އަންނަ އިރު، ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ނިމި މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ ރައްކާ ކުރެވޭ ވަރު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަހުގެ އަގަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކީގައި މަޝްވަރާތަކެއް ކުރަމުންދާ އިރު، މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލެވޭނީ ކިހިނެއްތޯ ބަލައި މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި އަހަރު ނިމެން ވާއިރަށް އެދެވޭ ނަތީޖާއެއް ލިބި ބޭރު ކުރާ މަހަށް ރަނގަޅު އަގެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކކކކ

    އަސްލަމަކީ ދީނަށް ފުރައްސާރަ ކުރުމާ ލިވާތުގެ އަދަބު ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދިން ވީހެއް. ރަނިންމޭޓަކަށް ކޮލިފައިވަނީ އެހެންވެ ތޯއްޗެއް.

    15
    1
  2. ޒުވާން މަސްވެރިއެއް

    މަނިކުފާނު އޮޅުވާލައްވަން ނޫޅުއްވާ. އަޅުގަނޑުވެސް މި ދާއިރާގައި އުޅޭތާ ދޮޅަހަކަށް އަހަރު ވެއްޖެ. ވީކަމެއް ހަރާން. މަސްވެރިކަަމަކީ ކޮބައިކަމާއި މަސްވެރިންގެ އިހްސާސްތައް ދެނެލައްވާނީ ހަމަ މަސްވެރިންނަށް. މާލޭގައި ފިނިކޮޓަރީގައި ޓައީ އަޅުއްވައިގެން ތިއްބަވާ ބޭކަލުންނަކަށް ދިވެހީންގެ މަސްވެރިކަން ދެނެވަޑައެއް ނުގަންނަވާނެ.

  3. ޑައެލޯގް

    ކުރިއަށްދާންވީކީނޫނެވެ. މިހާރުނިމިފަ އޮންނަންވާނީ މިހާރުކުރިއަށްދާނަމަ އެކަމަކީ ވޯޓުގަތުމަށް ކުރާއަމަލެކެވެ. މައުމޫނު އިރުގައި ކުޑަކާފުޖެހީ ފައިސާނުދީއެވެ. މިހާރުތިކުރަނީ އަހަރުމެންފެލައިގެން ނަގާފައިސާ ރިޝްވަތުން ވޯޓުގަންނަނީއެވެ.

  4. ޗޯރުއިބުރޭ

    ހިނގަމުންތާ ދާނީ ފަށާ އެއްވެސް ކަމެއް ނިމެނީކީ ނޫން