(ގއ. ގެމަނަފުށި) މި ރަށާ ކައިރީގައި އޮންނަ ފަޅު ރަށް، ގއ. އަރައިގައްތާގައި ރިސޯޓެއް ތަރައްގީކުރުމަށް އެ ރަށް ބިޑަށް ހުޅުވާލުމަށް ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އެކަން އިއުލާން ކުރެއްވީ ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގެމަނަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކުގައި ބޭއްވެވި ބައްދަލުވުމުގައެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގެމަނަފުއްޓަށް ކުރަން ވައުދުވެވަޑައިގެންނެވި ކަންކަމުގެ ލިސްޓެއް އާންމު ކުރައްވައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ގެމަނަފުއްޓަށް މަސް ކިރޭނެ އަދި މަސް ރައްކާ ކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި ގެމަނަފުށި ކުރިމަތީގައި އޮތް އަރައިގައްތާގައި ރިސޯޓެއް އެޅުމަށްޓަކައި ބިޑަށްލުމާއި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ހެދުމާއި ހައުސިން ޔުނިޓް އެޅުމާއި ކައުންސިލްގެ އިމާރާތެއް އެޅުމެވެ.

އަދި ފަސް އަހަރު ތެރޭގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެކަންކަމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާކުރުމަށް ފަހު ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކެކެވެ. އަދި އެކަންކަން ފުރިހަމަކުރުމަށް ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު އެދެނީ 9 ސެޕްޓެމްބަރުގައި އުފާވެރި އަމާން ރާއްޖެއެއް މި ހޯދުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންނާ އެކީގައި ބައިވެރިވެވަޑައިގަތުން. ކެންޑިޑޭޓް ނަންބަރު 3 އަޅުގަނޑު ނަމަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މާދަމާ ވެސް ގިނަ ރަށްތަކަކަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓޯޓޯ

    ސެޕްޓެމްބަރު 9ގެ ކުރިން ހަދޭނެބާ؟ ހުސް ފޮނި އަނގަ

    1
    1
  2. މުހުއްމަދު

    ޜައީސް ތި ޖައްސަވަމުން ގެންދަވާ ކަޑަތަކަށް އަދިވެސް އެއްފަހަރު ހަމަ ޝުކުރިއްޔާ

    1
    1
  3. ހަސަން

    ބަލަގަ މިދިޔަ 5 އަހަރު ނުވީ ކީއްވެ.ކަލޭ ފެއިލްވެއްޖެ ދެން މާމޮޅެތި ވައުދުވާނެ ކަމެއް ނެތް .ރައީސް އޮފީހުން ކަލޭ ބޭރުކުރަން ރައްޔިތުން ތިބީ ވޯޓް ކަރުދާސް އަތަށް ނައަރައިގެން .ހުރިހާ ތަނަކަށް ނުފޫޒު ފޯރުވައިގެން ގަދަބަދަވިކަން ދައްކައިގެން އިންތިހާބު ކާމިޔާބު ކުރަން ތިޖަހާ ހިޔަޅު ރޭވުން ރައްޔިތުން ނިކުމެ ނިންމާ ކަލޭ ބަލިކުރާނެ އިބިރިހިމާ .ބޮޑަ ވަގަ އިބިރިހިމާ