އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އާމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ޖިންސީ ގޯނާގެ ތުހްމަތުގައި ހައްޔަރުކޮށްފައި ހުރީ އުމުރުން 59 އަހަރުގެ އާމިނަތުދިޔެ ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ވަނީ ހިތަދޫ ކޯޓުގެ އަމުރު ދަމަހައްޓާފައެވެ.

ހައިކޯޓުން ނިންމީ އާމިނަތުދިޔެ ބަންދުގައި ބަހައްޓަންނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އާމިނަތުދިޔެ އަކީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ތުހުމަތު ކުރެވެނީ އެސްކޫލްގެ ދަރިވަރަކަށެވެ.

އާމިނަތުދިޔެ ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއިދު ކުރިއިރު އޭނާ ބަންދުން ދޫކޮށްލަން ގޮވާލައި އައްޑޫގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި އޭނާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އައްޑޫގެ ގިނަ ބަޔަކު ސޮއިކޮށް ކަމާބެހޭ އިދާރާތަކަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކަށް ވާތީ މިމައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންތިރި

    ރިޔަލުގަ އޮޑި ދުއްވޭނީ ވައިޖެހޭ ގޮތަކަށް. ކޯޓުތަކާ ފަނޑިޔާރުންނަކީވެސް އެ ޒާތުގެ އެއްޗެއް

    1
    1
  2. ާއަބޫ

    ދެން ބުނަންވީ ހައިކޯޓުވެސް އޮތީ އެއާއިލާގެ ނުފޫޒުގެ ދަށުގައޭތަ ؟ މިފަދަ ކަންކަމުގައި ބަލާ މުހިންމު ކަންކަން ހުރޭ، ކުއްޖާ އެންމެ ފަހަރަކު އޮޅިގެން ވިޔަސް "ކާފަ" އޭ ބުނިނަމަ އެކާފަ ބަންދު ކުރާނެ. ކުއްޖާގެ ސާމްޕަލް އިން އަންހެންމީހާގެ ފޮރެންސިކް ހެކި ފެނި، ކުއްޖާ އެމީހާއޭ ބުނެގެން ނޫނީ ތަހުގީގު ނިމެންދެން ބަންދެއްނުކުރާނެ. އެކަމަކު މިވަރުންވެސް އައްޑޫގެ މޭޔަރު ހިމެނޭހެން ޕެޓިޝަން ހަދައި އޭނަދޫކުރަން ޕްރެޝަރކުރަނީ. ކާފަގެ އަބުރު ކަތިލަމުން މުޒާހިރާ ކުރަނީ، އަންހެނެއްވީމަ އެކަމާ ދެކޮޅަށް އަޑު އުފުލާނެ އެން.ޖީ.އޯ އެއްވެސް ނެތް. ފިރިހެނެއްނަމަ މުޅި ގައުމުގަ އޭނަ ޖަލަށްލާން މުޒާހިރާ ކުރާނެ، އެން.ޖީ.އޯ ތައް ނުކައި ނުނިދާ މަގުމަތީގަ ތިބޭނީ. ޖިންސުގެ ހަމަހަމަކަން ؟

  3. މުޙައްމަދު

    ނިކަމެތިންނަށް އުފާވެރި ދުވަހެއް އަންނާނެ. މި ދުނިޔެ މީ ވަގުތީ ތަނެއް. މިދުނިޔޭގެ އުފާ އެންމެ ފުރިހަމަ ގޮތުގަ ލިބިގެން އެއްބަޔަކު އުޅޭތި. އަނިޔާވެރިންނަށް ދެދުނިޔެއިންވެސް ގެއްލުން ފެންނާނެ. އާމިންދައްތައަށް ދެދުނިޔެއިންވެސް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން.