ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ކަނޑައަޅައިފިއެވެ.

ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން އެގޮތަށް ކަނޑައަޅާފައިވާތީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާ ގުޅޭ ގަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނެރުއްވައިފައެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރުކާރުގެ ސަލާމަތާއި ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ހިންގަމުންދާ ކެމްޕެއިނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތައް ކަމުގައިވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން (1961) އާއި ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް (1963) ގެ ދަށުން ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

މީގެއިތުރުން އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމް އޮފް ރޭޝަލް ޑިސްކްރިމޭޝަން (1966) ގެ ދަށުން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތު ކުރުން ހުއްޓުވުމަކީ ގައުމުތަކަށް އޮންނަ ޒިންމާއެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އަދި އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަންގެ އެކިއެކި މުއާހަދާތަކާއި ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވާލައި އދ. އިން ފާސްކޮށްފައިވާ އެކިއެކި ގަރާރުތަކަށް ބަލާއިރު ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތި ކުރުން، ނުވަތަ ފުރައްސާރަ ކުރުން ނުވަތަ ތަފާތު ކުރުމަކީ މަނާ ކަމެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނޫލް އުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި 615 ވަނަ މާއްދާގެ (ހ) ގެ ހަ ވަނަ ނަންބަރުގެ ދަށުން މިފަދަ ކަންކަމަކީ ރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެކެވެ.

ރައީސް ވިދާޅުވީ އިންޑިއާއާ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

މި ހަރަކާތަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެއް ކަމުގައި ގަބޫލު ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވަކިން ހާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ފާހަގަ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ، އެކި ގޮތް ގޮތުން ދިވެހި ރައްޔިތުން ތަހައްމަލުކުރަން ޖެހޭ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލު ކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވައިފި ނަމަ، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައި ރައީސް ވިދާޅުވިއެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައިވާތީ ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމުގައި ފާހަގަކޮށް އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި، ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތިން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެޅީމެވެ،" ގަރާރުގައިވެއެވެ.

އެ ގަރާރު ނެރުއްވިއިރު، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން އަނބުރާ ދިއުމަށް ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ގެންދަވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. މާލެ އާއި އެކި ރަށްރަށުގައި އިންޑިއާއާ ދެކޮޅު މުޒާހަރާތަކާއި އެއްވުންތައް ވަނީ ބާއްވައިފައެވެ.

ޔާމީންގެ ގެކޮޅުގައި އިއްޔެ ވަނީ "އިންޑިއާ އައުޓް" ބެނާއެއް ވެސް ނަގައިފައެވެ. އެކަމަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެއަށް ވަދެ އެ ބެނާ މިހާރު ވަނީ ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. މިލިއަން

    ރައްޔިތުންނަށް ސިއްރުކުރަންޖެހޭފަދަ އިންޑިއާ އެއްބަސްވުމާ، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އައިސް އިންޑިއާ ސިފައިން ޖަގަހަ ޖަހައިގެން ތހިބުމަކީ ޤައިމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ނުވެ، އެވާހަކަ ބުނުން ޤައުމީ ސަލާމަތަށް ނުރައްކާ ވީމާ، އެމްޑީޕީ އަކީ ވަރަށް ފުރިހަމަ ޑިމޮކްރެޓިކް ޕާޓީއެއްކަން ގަބޫލުކުރަން ޖެހޭ!

    201
    4
    • ބޮކި

      މޑޕ އަކީ ހިޔާލްފާޅު ކުރުމުގެ މިނިވަންކަމށް ވަކާލާތު ކޮށް ވެރިކަމައައިސް އެކަން ވެއްޔާޔާމޮޑެލި ބައިގަނޑު މޑޕ އަކީ ދުވަހަކުވެސް ގާނޫނެއް ގަވާދެއް އެމީހުންގެ މައްޗަށް ނިހިނގާ ގައުމަށްގައްދާރުވާ ބައެއް ވެރިކަަމަށް އަންނަ ކޮންމެފަހަރކު ގައުމުގެ މިނިވަންކަމާ އިސްތިގުލާލް ނޭވާ ހޮޅިޔަށް ވައްޓާލާ އިސްލާދިނަށް ފުރައްސަރަކުރާމީހުނަށް ފުރުސޮތު ފަހިވެގެންދެ ކޮން ގާނޫނެކޭ ހިޔާލްފާލު ކުރުމުކޭ މިކިޔަނީ

      101
      3
      • Anonymous

        ދިވެހިންނަކީ އެމްޑީޕީގެ މަކަރުވެރިކަމަށް ހެއްލުނު ގަޅި ބަޔެއް.

        94
        1
    • ޙައްގުބަސް

      މިނާގާބިލް ގައުމަށް ޣައްދާރުވެފައިވާ ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދޭންވީ!! ރައްޔިތުންނަށް ބިރުދައްކަން އަދި އަނިޔާވެރިވާން ފާޑުފާޑުގެ ގަރާރުނުނެރެ!! މުސްލިމުންނަށް އަނިޔާވެރިވަމުންދާ އިންޑިޔާގެ ހައްދުފަހަނައަޅާފައިވާ ގެރިމޯދީގެ ސަރުކާރާ ބައިއަތުހިފައިގެން ގޮތްނޭގޭ ފޮރުވައިގެންއުޅޭ އެތައް އެއްބަސްވުންތަކުގެތެރެއިން ގައުމަށް ބޮޑުތަނުން މިސަރުކާރުންވަނީ ޣައްދާރުވެފަ! ތިޔަބުނާ ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ތިބީ މިގައުމަށް ޣައްދާރުވެގެންއުޅޭ މީހުން!! ގައުމީ ސަލާމަތާބެހޭ ކޮމެޓީގައި ތިބެނީ ރައިސް އިބޫ، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ހޯމް މިނިސްޓަރ އިމްރާނު، އެޓާނީޖެނެރަލް ރިފްއަތު، ޗީފް އޮފް ޑިފެންސްފޯަސް ޝަމާލް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު! އިންޑިޔާއާއެކު ހަދާފައިވާ ޑީލްތައް ފޮރުވަން މިމީހުން ގަރާރުނެރޭނެ!! މިފަަދަ ބިރުދެއްކުމުގެ ގަރާރުތަކަށް ބޯލަނބާކަށް ނުޖެހޭނެ!! ގާނޫނީއިމުގެތެރެއިން ޚިޔާލުފާޅުކުރެވޭނެ!! އިންޑިޔާއައުޓް ގޮވޭނެ!! އެހެންނޫނީ ފޮރުވައިގެންއުޅޭ އެއްބަސްވުންތައް ރައްޔިތުންނަށް ދައްކާ!!

  2. އަހުމަދު

    ރަށްޔިތުން ޙައްގުބަސް ބުނުމުގެ އެއްވެސް އިޙްތިޔާރެއް މިހާރު ދެން ނެތް މިގައުމަކު.

    180
    6
  3. ގޮރުބަކުރު

    ﷲ އަކުބަރު ! ހައްގަށް ނަސްރު ލިބޭނެ ، އިންޑިޔާގެ ޕޭރޯލް ތެރޭ އުޅޭ ގުންޑާއިންނޭ ކަލޭމެން ނަށް ވޯޓްލީ ތިގޮތަށް ގައުމު ވިއްކާލާކަށެއް ނޫން ، ހެޔޮނުވަނެ ތިޔަހެން ގައުމު އިންޑިޔާއަށް ވިއްކަލާކަށެއް ، ދާދި އިހަކަށް ދުވަހަކު ޕާކިސްތާނުން ވެސް ތިޔަ ކަހަލަ ގުންޑާއިން ފެނިގެން ދިޔަ ، ހިތާމަހުރި ،

    163
    5
    • ލޮލް

      ގޮރުބަކުރަށް އިނގޭތަ ހެވާއި ނުބައި ވަކިކުރަން؟

      2
      89
    • Happy 321

      ޢިންޑިޔާ އައުޓަކީ ބޭކާރު ކޭންޕޭނެއް.ޕޕމ ޔާމީން ގެ ކޮރަޕްޓް ޥެރިކަމާއި ޖަރީމާތަކާއި ކުރި ބޮޑު ވައްކަންތަކުގެ އަޑުކަނޑުވާލަން ހިންގާކަމެއް😡

  4. އހ

    މިއަހަރު ނިންމި އެންމެ ރަނގަޅު ނިންމުން

    8
    131
    • Anonymous

      އިންޑިޔާ އައުޓް ހުރިހާ ގެއެއްގެ ބެލްކަނިތަކުން ނެރެންވީ. މުސްލިމުން ކަތިލާ ޝައިޠާނު ވެރިކަމަކަށް އަޅުދާސްތުވެފަ އޮތް ދިވެހިގައުމެއްގެ ވެރިކަމެއް މިއޮތީ. ދުވަސްކޮޅަކުން ދިވެހި މުސްލިމުންނަށްވެސް ޖައްސާނީ އިންޑިޔާގެ މުސްލިމުންނަށް އެޖައްސާ ހާލު. ރައްޔިތުންނޭ ހޭއަރާ އިންޑިޔާ ހަމަ އައުޓް ކޮށްލަންވީ.

      32
      1
  5. ދުމައިން

    މިއަދަކީ އަލަށް އަހަރެން "އިންޑިއާ އައުޓް" އޭ ކިޔާ ދުވަސް. ދެން ތާއަބަދުމެ ކިޔާނަން. ދިވެހި އެންމެ ރައްޔިތުންނަށް މިހާރު އެނގެން އެބަޖެހޭ ޒަމާނީ އަޅުވެތިކަމަކީ ކޮބައިކަމާ މިހާރު ދިވެހިން މިތިބަ ހާލަތު. ކުރިން ވެރިކަންކުރިމީހަކު ޗައިނާ އޭކިޔާފަ ހަޑިމުޑުދާރު ވާހަކަދައްކައިގެން ވެރިކަމަށް އައީ. އައިސްވެސް ހަމަ އެވާހަކަދައްކާ ރައީސް މީހާވެސް ވިކިގަނެ ދިވެހި ދައުލަތް ވިއްކާލާފަ މިހާރު މިޖެހެނީ އެވެރިން ބުނިހާކަމެއް ކުރަން.

    130
  6. ނޫރު

    ބަލަ ތިބޭފުޅުން ރައްޔިތުން އިންތިޚާބު ކުރީ ވަކި ޤާނޫނީ ހަމަ ތަކަކުން، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާ ޚޮދު މުޚުތާރު ޖައްބާރު ނުލަފާ ވެރިކަމެއް، ތި ކުރަނީ. ޔޫ އައުޓް، އނޑއާ އައުޓް.

    110
  7. މަހުދީ

    މިފަހަރުވެސް ވޯޓުން ކުރާނީ ވައްކަން. ވައްކަން ނުކޮށް ގައުމު ވިއްކާ މީހުންނަށް ކާމިޔާބެއް ނުވާނެ. ޔާﷲ މި ބަލާވެރިކަމުން މި ލޮބުވެތި ފަސްގަނޑު ސަލާމަތްކޮށްދެއްވާނދޭވެ.

    96
  8. ނާދިރާ

    މި އެމްޑީޕީ ސަރުކާރަކީ ޤައުމީ ސަލާމަތާ އިސްލާމް ދީނަށް ހުރި ނުރއްކަލެއް

    119
    1
  9. ސަމްކުޅިބޭ

    މީހުންގެނިޔަތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާ.

    78
  10. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އީވާ އައުޓް އިންތި އައުޓް

    97
    3
  11. ރެފްރީ

    އިންޑިއާގަ ސިރީލަންކާއައުޓް ޖަހައިގެން އެހެންގޮވަމުންދަނީނަމަ ސިރީލަންކާސަރުކާރުންވެސް ހިތްހަމަނުޖެހޭނެ އަދި ލަންކާރައްޔިތުންވެސް ރުޅިއަންނާނެ . ރާއްޖޭގަ ކޮންމެސަރުކާރެއްއޮތަސް އިދިކޮޅަށްތިބޭބަޔަކު މިކަހަލަ ތާކުންތާކުނުޖެހޭ ކޫސަނިކަންތައްކުރާތަންފެންނަނީ..

    3
    100
  12. ރެފްރީ

    ތިފަދަގޮތަކަށްނިންމައިގެންވިއަސް ތިކަހަލަ ކަންތައްހުއްޓުވަންޖެހޭކަމަށްފެނޭ.. ދެންއޮންނަ ރިޔާސީއިންތިޚާބަށް ބުރަކޮށް ރަނގަޅުހަރުދަނާކެމްޕެއިނެއްކުރަންވީމަ ތިކުރެވެނީބޭކާރުކަންތަކެެއް.. ދިވެހިންނަކަށް ދަހެއްނުވިއޭ ރަނގަޅަށްކެމްޕެއިންކުރާކަށް..
    އަމަޔާ ނޫނީ ބަފަޔާއަޅުވާކޮންމެވެސް ނުބައިއެއްޗެއްބުނުމަކީ ހަރުދަނާކެމްޕއެއިނަކަށްނުވާނެ..

    1
    72
  13. ނަންނެއްގޮލާ

    މީގެ ކުރިންވެސް އަހަރެމެންގެ ކާބަފައިން ގައްދާރުން ބަލިކޮއް ނަސުރު ހޯދި.އަދިވެސް ގައުމު،އަހަރެމެންގެ އުފަން ބިން ދެކެ ލޯބިވާ ދިވެހި ދަރީން ކާމިޔާބު ހޯދާނެ.އެވަގުތު އަންނާނެ. ތާރީހު އެކަމައް ހެކިދޭ.

    91
    1
  14. މޮޔަ ގެރި

    ނަސީދަ ނަސީމާ މާރޮޔާ އިނޑިޔާ ސިފައިން މިތަންހިފަން ގޮވާލާ ރާއްޖެން ބެރުގަ ގައުމު ބޮއެކަަޓް ކުރަން ގޮވާލި ކޮބާ ހަނދާންހުރި ކޮންބައެއް އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކާ ޓެރަރިޒަމްގެ އޯކޭވެފަ މިއަދު މިތާގަ ބަޔަކު އިންޑިޔާ މިލިޓަރީ އައުޓް ޖަހާފަ ބެނައެއް ދަމާލީމަ ގައުމު ކިހާވރެއްގެ ނުރައްކަލަކަށް ބާ އެވެއްޓުނީ ކޯޓްތަކުގެ ގާޒީން އެދުވަހުކޮބާ މިއަދު މަގާމާ ބޮޑުގޮޑިޔާ ފިނިކޮޓަރީގަ ވެޑުވިފަ ތިބެވިދާނެ އަމުރުވެސް މދޕ ބެޭނުން ވާގޮތަށްނެރެވިދާނެ ހަނަދާން ކުރާތި ސަރުކާރަކީ ބަދަލް ވާނެ އެއްޗެއްކަން

    74
  15. އިންޑިޔާ އައުޓު

    މަވެސްނިއްމައިފިން އިންޑިޔާ އައުޓު ނުވާނަމަމިރާއްޖެއަށާއި އިސްލާމުދީނަށާއި ދިވެހިރައްޔިތުންނަށް ހުރިނުރައްކަލެއްކަމަށް

    64
  16. ހާލުފޮޅި

    އިންޑިޔާގެ ދަށުވެފަ ތިބިކަން އިނގޭ، އެކަމު މިދެން ބޮޑުވަރު . .. އެމީހެއްގެ ގޭގައި އެމީހަކު ބޭނުން އެއްޗެއް ހަރުކުރެވިދާނެ.. މިވަރުން ދަންޏާ އަދި ގޭގޭ ރޯނުގައި ހިއްކަން އަޅުވާފަހުރި އެއްޗިހި ނަގަންވެސް އިންޑިޔާއިން އަމުރުކުރާނެ... މުސްލިމުންނަށް އަނިޔާކޮށް މަރާ ބަޔަކާ ކޮން ގުޅުމެއް ބާއްވާކަށް..

    61
  17. ޢަލީ

    ތި ބަޔާނަކު އަދި ހަވާލާދީފައިހުރި އެކިއެކި ޤާނޫނީ އަދި ޤާނޫނު އަސާސީއާއި ކޮންވެންޝަން ތަކުގައިވެސް މިގޮވާ އިންޑިޔާ މިލިޓަރީ އައުޓް ގޮވުން ހުއްޓުވޭނެ ގޮތެއްނެތް، މިތާކު ނުގޮވާ އެމްބަސީ ބޭރުކުރާކަށް ނުވަތަ އެމްބެސެޑަރ ބޭރުކުރާކަށް އަދި މިޤއުމުގައިތިބި އިންޑިޔާގެ ސިވިލިއަނުން ބޭރުކުރާކަށް. މިގޮވާ ގޮވުން ހަމަ ނޭގެނީތަ. 2023 ގަ އެނގޭނެ ކަމަށް މިބަލަނީ

    55
  18. އައުޓް

    އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް

    54
  19. Anonymous

    އިންޑިޔާ ސިފައިން މިޤައުމުގައި ތިބުމަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް.
    ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލަން

    66
  20. Anonymous

    ހުރިހާ ބޭފުޅުންވެސް ފަހު ދިޔައެއް މީ މި ޚުދްމުޚްތާރު ސަރުކާރުގެ ކިބައިން މިންޖުކޮށްދެއްވުން އެދި ދުޢާކުރަންފަށާ.

    59
  21. ހާލަތު

    2023 މިނޫންބަޔަކު ވެރިކަމައްއަތުވައްޖިއްޔާމު މިގައުމު އިދަޖައްސާނެ ހުރިހާގޮތެއް ހަދާނެ

    40
    1
  22. Anonymous

    މިސަރުކާރަށް ނޫނެކޭ ބުނަން ހުރިހާ ރައްޔިތުން ހޭސް ޓެގް ގޮތުގައި ބޭނުންކުރަންވީ އިންޑިޔާ އައުޓް.

    53
  23. ޙާލު

    ތިޔަބުނާ ކޮމިޓީގަ ވިކިފަތިބި މީހުންގެ ވަނަވަރު ހާމަކޮއްދެއްވޮދާނެތޯ... ހާއިނުންގެލިސްޓް މިނިކާފަދަރިންމާމަޔައް ފޯރުކޮށްދިނުމަށްޓަކާ އާކައިވްކޮށްލުމަށް

    45
  24. ވެއްޖެ

    މިސަރުކާރު ހަމަމަގައް އެޅުވުމައް ރައްޔިތުން މަގުތަކައް ނުކުންނަންޖެހޭ ވަޤުތަކީމީ އަވަހައް ނުކުމޭ އެހެން ނޫނީ ދެން މިޤައުމު އަތަކު ނުޖެހޭނެ މިތާ މިހާރު މިހިނގަނީ ދިވެހި ވެރިކަމެއްނޫން އިންޑިޔާގެ ވެރިކަމެއް

    36
  25. މާމީ

    ފުވައްމުލަކު މާހުގޭ މޭހިގޫ ކަލެއައް މިއަނދު ހީނަނީ އިނޑިއާ އައުޓު އަހަރެމެން ކިއު ހުއްޓުނީ ކަމައްތަ އަދި މިއައް ވުރެ ނާރައް އިންޑިއާ އައުޓު ކިއާނަން މުޅި ފުވައްމުަކުގަ ވެސް އިންޑިއާ އައުޓު ބެނާތައް ދަމާނެ މާހުގޭ ފާރުގަވެސް

    25
  26. ސައްލި

    މީހަކު އެމީހެއްގެ ހިޔާލާއި ޝުޢޫރު ފާޅުކުރުމަކީ ޤައުމެ ސަލާމަތަށް ކޮންނުރައްކަލެއް ދިމާވާ ކަމެއްތޯ ؟ ޑިމޮކްރަސީގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ހިޔާލާއި ޝުޢޫރު ފާޅުކުރެވޭނެ ކަމަށް ޑރ އަހުމަދު ޝަހީދު ވެސް ބުނެފައިވެ !

    22
  27. އަބްދޫ

    ތިޔަ ގަރާރާއި ކޯޓްއަމުރުން ސާބިތުވެގެން އެދިޔައީ އިންޑިޔާއާއި ދިވެހި ސަރުކާރާއި ދެމެދު ހެދިފާހުރި އެގްރީމެންޓް ތަކަކަީ ގައުމީސަލާމަތަށް ހުރި ނުރައްކަލެއްކަން. ދިވެހިރާއްޖޭގެ ގާނޫނުއަސަސީއާއި ގާނޫނުތަކުގެ ބާރު ކެނޑޭގޮތަށް ހެދިފާހުރި އެގްރީމެންޓްތަކުގެ ސަބަބުން ގައުމީސަލާމަތަށް ނުރައްކާވެފައިވާކަން. ނުރައްކާ އަންނަނީ އިންޑިޔާ އައުޓް ގޮވާތީ އެއްނޫން ބެނާތަކުގެ ސަބަބަކުންނޫން. އިންޑިޔާ އައުޓް ބެނައާއި އިންޑިޔާ އައުޓް ކެމްޕޭނު ފެށުނީ މިދެންނެވި ގައިރުގާނޫނީ އެގްރީމެންޓް ތަކުގެ ސަބަބުން.ފެށުން ގޯސްވީމަ ފެށުން ރަނގަޅުނުވަނީސް ނިމުން ރަނގަލެއްނުވާނެ.

    29
    1
  28. ޚިޔާލު 2

    ޔާމިންވެސް ކުރެއްވީ ޒާތެއްގެ ވެރިކަމެއް ކޯޓުއަމުރު ނެރޭ އެއިރުވެސް ދަންވަރުވެސް. ވެރިކަަން ކުރޭވޭނީ ވެރިކަން ކުރެވެން އެއިރަކު އޮތްގޮތަކަށް ވެރިންޖެހޭ އެންމެހައި މަސްލަހަތަށް ރައްކާތެރިވާން. ޢަމުރުނެރުން ގަޑިއަކީ މައްސަލައެއްނޫން އަޅުގަޑަކަށް.

    1
    32
  29. ބީރުބޮލު ވަޒީރު.

    ކިނބުލާ ގަންޖާބޯނޫން މީހަކު މިގައުމުގެ ވެރިކަމަށް ކުރިމަތިލުމަކީވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ނިންމާނެ ދުވަސް މިހާރުވެސް އެބަ ފެނޭ.

    25
  30. އުތުރުން

    އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ވަ ރަށް
    ނު ރައްކާތެ ރި ކަމެކެވެ ސިފައިން ބޭލުމަށް ކު ރާ މަސައްކަތަށް
    އެކި ގޮތްގޮތުން ސަ ރުކާ ރުން ހު ރަސްއެޅުން ބަލައި
    ނުގަންނަމެވެ އިންޑިއާ ސިފައިން ރާއްޖޭގައި ބަޑަނހަޖެހުމުގެ
    ބޭނުމަކީ އެމީހުންގެ ވަ ރުގަދަ ބިންގަލެއް ރާއްޖޭގައި ބިނާ
    ކު ރުމެވެ މިއީ އަޅުވެތިކަމަށް ހުޅުވޭ ބިޔަ ގޭޓެކެވެ.
    މިހާ ރުން މިހާ ރަށް އެސިފައިން ނުބޭލިއްޖެނަމަ ވަގުތު
    ފާއިތުވެދާނެއެވެ!

    34
  31. Happy 123

    ސާބަސް ރައިސް.. ވަރަށް ފުރިހަމަ ގަރާރެއް👍👌

    4
    54
    • Anonymous

      އަނބިދަރިން މޯދީއަށް ދިނުމަށް ނެރޭ ގަރާރު އަދި މާފުރިހަމަވާނެ. ދަރިން ކަތިލުމަށްދޭ ގަރާރު ފުރިހަމަކަން އަދި ހަބޭސްވާނެ.

      21
  32. Anonymous

    އެކިއެކި މުއާހަދާތަކާއި ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވާލައި އދ. އިން ފާސްކޮށްފައިވާ އެކިއެކި ގަރާރުތަކަށް ބަލާއިރު ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތި ކުރުން، ނުވަތަ ފުރައްސާރަ ކުރުން ނުވަތަ ތަފާތު ކުރުމަކީ މަނާ ކަމެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ...( އެހެން ވީއިރުގަ އިންޑިޔާވަނީ ތިކަންކަމުގެ ޒިންމާ ނަގަންޖެހިފަ ).

  33. ގލޅ

    ރައްޔިތުންގެ ސަކުވާތައް ސަ ރުކާ ރަށް އެނގުނަސް ނޭނގޭކަމަށް
    ހަދަނީ ހެއްޔެވެ؟
    ރައްޔިތުން މިބުނަނީ އެއްވެސް ގައުމެއްގެ ސިފައިންނަށް
    ރާއްޖޭގައި ޖަގަހަ ނުޖެހޭނެކަމުގައެވެ އިންޑިއާ ސިފައިން ނޫން
    ބަޔަކު ރާއްޖޭގައި ބަނޑަހަޖަހައިގެންނެތެވެ ދިވެހިން ގޮވާ
    ލަނީ އެމީހުން ރާއްޖޭއިން ފޭބުމަށެވެ އެއީ ދޭދޭ ގުޅުމަށް
    ބު ރޫ އަ ރަން ޖެހޭކަމަކަށް ވަނީނަމަ އެކަމުގެ ނު ރައްކާ
    އެދަނީ އިތު ރުވަމުންނެވެ.

  34. ފަޒޫމައިއެކްސް

    ފަޒޫ ކޮބާ ސައުދީ ކަދުރު؟

    15
  35. މުފާސާ

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް .... ހަމަ ކިޔާނަން އިންޑިއާ އައުޓް

    15
  36. Anonymous

    ތިޔައްވުރެން މާނުރައްކާ އިސްލާމް ދީނުގެ އަސްލު ތަކާއި ހިލާފުކަންކަން އެބަހިގާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ވެސް ބަލަ އެކަންކަން ހުއްޓުވާބަލަ !

    14
  37. ފްލޭޝް މޮބް އެކްޓިވޭޓް

    އެއް އަވަށް/ރަށް، ނޫނީ އެންމެންއެކީ އެއް ދުވަހެއްގަ އެއްގަޑިއެއްގަ ބެނާވެސް ހަރުކުރަންވީ ގޮވަންވެސްވީ، ފްލޭޝް މޮބް ޖައްސާގޮތަށް. ރައްޔިތުންގެ ވެރިކަމެކޭމީ، ރައްޔިތުން މިލިޓަރީ ގާއިމްވެ ތިބެން ނޭދެންޏާ ލަންކާގަ ދިވެހި އެމްބަސީތެރޭ ތިމީހުންނާ ތި ހުރިހާ އުޅަނދަކާ ގެންގޮއްސަ ބައިތިއްބަބަ. މިތާތިބެ ކުރާކަމެއް އެތާތިއްބަސް ދިވެހި ސަރުކާރާ އެކީ ގުޅިގެން ކުރެވޭނެނު.

  38. ޢަޒްރާ

    ކަލޭމެން ކޮނޑުގަ ޑިމޮކްރަސީ ކަލޭމެން އަތުގަ ތިލަފަތް ކަލޭމެން އަތުގަ ކޮރަޕްޝަނާއި ފަސާދަ ދެން ކީކޭ ބާ ބުނާނީ ހުރިހާއެއްޗެއް އަތުގަ ހުރެ އެއަށް ޢަމަލު ނުކުރެވުނު ޔަހޫދީބައެއް

  39. ޢަހު

    ރޯނު އެނދުރަކަށް ނެރެވޭނީ ކޮންކަހަލަ ގަރާރެއް

    14
  40. Anonymous

    ރައީސް ވިދާޅުވެފައި ތިޔަވާ އެއްވެސް މުވާޙަދާއަކުން އަދި ގާނޫނަކުން މަނައެއް ނުކުރޭ ގައުމުގެ ދާޚިލީ މިނިވަންކަމަށް އޮތް ނުރައްކަލާއި ދެކޮޅަށް އަޑުއުފުލާ ޝިއާރު ފާޅުކުރުމަކަށް. ގައުމެއްގެ ސިޔާދަތައް އޮތް ނުރައްކަލެއް ނެތިކޮށް ލުމަށް އަޑުއުފުލުމީ އަނެކާއަށް އޮތް ނުރައްކަލެއްނޫން. ނަމަވެސް މިކަމަށް އަޑުނޫފުލައި ހަނުތިބުމީ އަމިއްލަ މިނިވަންކަމަށްއޮތް ނުރައްކަލެއް.

  41. Anonymous

    ގައުމީ ސަލާމަތަށް ނުރައްކާވަނީ ދާރުންގެ މިވެރިކަމުން. ކޯޓުން މިވެރިކަން ނިމުމަކަށް ގެންނަންވީ!

    10
  42. Anonymous

    އިންޑިޔާ އައުޓް ހުރިހާ ގެއެއްގެ ބެލްކަނިތަކުން ނެރެންވީ. މުސްލިމުން ކަތިލާ ޝައިޠާނު ވެރިކަމަކަށް އަޅުދާސްތުވެފަ އޮތް ދިވެހިގައުމެއްގެ ވެރިކަމެއް މިއޮތީ. ދުވަސްކޮޅަކުން ދިވެހި މުސްލިމުންނަށްވެސް ޖައްސާނީ އިންޑިޔާގެ މުސްލިމުންނަށް އެޖައްސާ ހާލު. ރައްޔިތުންނޭ ހޭއަރާ އިންޑިޔާ ހަމަ އައުޓް ކޮށްލަންވީ.

    17
  43. ފަލަސްތީން

    އިންޑިޔާ ރައްޖޭން ބޭރުކުރަންޖެހޭ. އެހެންނޫނީ އަންނަންއޮތްޖީލު ހަތަރެސްފައި ބަދެވިފަ ތިބޭނީ.

    16
  44. ޙަސަނާ

    ހެވާއި ނުބައި ވަކިކުރަން އެނގެނީ ކަލެއަށާއި ކެނެރީގޭ އަންނި ކިޔާ ސޮރަށް.

    15
  45. އަހަރެން

    އިންޑިޔާ އައުޓް ނުކިޔޭނަމަ އަހަރެންގެ މިނިވަންކަން އޮތްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.
    އަލީ ޒާހިރުމެން ތިތިބީ ވިކިފައި. މަޤާމާއި ފައިސާއަށްޓަކައި ތިބާގެ ނަފުސު ތިވަނީ ވިައްކާލެވިފައި-
    އިންޑިޔާ އައުޓް،

    18
    2
  46. ހުސްނާ / ކަސަބުގެ

    ނުރައްކާ ވާތީ އެހެން ގޮވަންޖެހެނީ. ބަޔަކު އެހެންގޮވުމީ އެގައުމުން މިތަނަށް އަރައިގަންނާނެ ސަބަބެއް / ހުއްޖަތަކަށް ވެގެން ނުވާނެ. ވަންޏާ އެއި ދިވެހި އެންމެ ރައްޔިތުން ނުކުމެގެން ވިޔަސް އެމީހުން މިގައުމުން އަސްލަށްވެސް ފައްސާލަންޖެހޭކަމުގެ ސާފު ދަލީލެއް. މިއަދުންފެށިގެން އަހަރެން މި ހަމަ ރަނގަޅަށްވެސް ގަބޫލުކުރީ މި ގައުމުގެ ވެރިންނީ ޢައްދާރުން ކަމަށް.

  47. ޙަަަހަ

    ވަކި ބަޔަކު ކަމެއް ކުރީމަތޯ ޤައުމީ ސަލާމަތަށް އަަސަރުކުރަނީ ، އަޑުއެހިން ކުރީގައި ، މިޤައުމަށް މިލިޓަރީ ސިފައިން އަރަން ، މިޤައުމު ހިފަން ، މި ނުވޭތޯ ނުރައްކަލަކަށް ، ޤައުމުގެ ދިފާއުގައި ބަހެއް ބުނުމަކީ ކުށެއް ކަމަށް ވާނަމަ ، މިތާ ދެން އެކި ދީންތަކަށްވެސް ފުރުޞަތު ދޭނެ

  48. އަބްދޫ

    ގާނޫނުއަސާސީގެ 115 ގެ އ ގަ ބުނަނީ ރައީސަށް ގަރާރު ނެރެވޭނީ ހަގުރާމަ އިއުލާނު ކުރުމަށާ ސުލްހަ އިއުލާންކުރުމަށް. މިއަދު ރައީސުލް ޖުމަހޫރިއްޔާ ނެރުއްވި ގަރާރަކީ ދިވެހި ރައްޔިތުންގެތެރޭން ބަޔަކާ ދެކޮލަށް ހަގުރާމަ އިއުލާން ކުރެއްވީތޯ ސުވާލު އުފެދޭ.؟

  49. އިންޑިއާ އިން

    ޔާމީނު އައުޓު ކޮއްބަލަ ކުރާނެ ކަމެއް ނެތިއްޔާ!!

  50. ޝޮކްތެރަޕީ

    އިންޑިޔާއިން ވަނީ ސިޔާސީ މީހުންނަ ޑޮލަރު ބަހާފަ.

  51. ބުއްޅަބެ

    ސޭފްޓީ ނެޓަށް ސްޕްރޭ ކޮއްގެން އިންޑިޔާ އައުޓް ލިޔަންވީ ދެން ކީއްތޯ ކުރަނީ ބަލަން ، އިންޑިއާ އައުޓް

  52. ކަނބަލެއް

    އިންޑިއާ އައުޓް. އިންޑިއާ އައުޓު

  53. ފަހަރި

    ގައުމީ ސަލާމަތަށް ނުރައްކާވަނީ އިންޑިއާ އައުޓު ގޮވީމަ އެކަނިތަ މިގައުމުގެ މިނިވަންކަން ވެއްޔާލާ މޮޑެލުމަކީ ސަލާމަތަށް ހުރި ރައްކަލަކީތަ؟ ވަރަށް ސާފްކޮށް މިބުނަނީ އެއްމެ ފަހުވިންދާ ޖެހެންދެންވެސް އިންޑިއާ އައުޓު ގޮވާނަން