އިދިކޮޅުން އިސްނަގައިގެން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ކުރިޔަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތް "އިންޑިއާ އައުޓް" ކުރިޔަށް ގެންދަން ދެން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކާއޮތް ހަރަކާތެއްކަމަށް ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. އެކަން ހުއްޓުވުމަށް ރައިސްގެ ގަރާރަކުން އިދާރާތަކަށް އެންގި އެންގުމާއި ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާލުވީ، މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ޚިޔާލް ފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ދޭދޭ ޤައުމުތަކާއި، ޚާއްސަކޮށް އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއްކަމަށާއި މި ހަރަކާތަކީ އަޑީގައި ނުރައްކާތެރި އެޖެންޑާއެއް އޮތް ހަރަކާތެއްކަމަށް ގިނަ މައުލޫމާތުތަކެއް ލިބިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ރާއްޖެއަކީ ބައިނަލް އަޤުވާމީ ގިނަ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ސޮއިކޮށް ޑިމޮކްރަޓިކް ހަމަތަކުގެ މަތީން އުޅޭ ޤައުމެއްކަން އަލީ ޒާހިރު ފާހަގަކުރެއްވިއެވެ. އެއްބަސްވުންތަކުގައި ރާއްޖެއަށް އަންނަ ބޭރުގެ އެކި ޤައުމުތަކުގެ މީހުންނަށް އިޚުތިރާމު ކުރުމާއި، އެމީހުންނަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުންވެސް ކަށަވަރު ކޮށްދޭ ހައްގެއް ކަމަށެވެ.

"އަވަށްޓެރި އިންޑިއާ ކަމުގައި ވީނަމަވެސް، އެހެން ޤައުމެއް ކަމުގައި ވީނަމަވެސް ވަކި ޤައުމަކާއި ވަކި ނަސްލަކާއި، މެދުގައި އެބާވަތުގެ ނަފްތަރެއް އުފައްދައި، މީސްމީހުންގެ ފުރާނައަށާއި، އަދި ދިރިއުޅުމަށް އޭގައިން ދަރިވާ ހިސާބަށް ކަންކަން ގެންދިއުމަކީ އެއީކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އަދި ފަރާތްތަކަށް މިފުރުސަތު ނުދެއްވާނެކަން މިއަދު ޔަގީން ވެގެން މިދިޔައީ." އޭނާ ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ސިޔާސަތުތަކާއި، ރައީސްގެ ނިންމެވުމާއި ގުޅިގެން ޤައުމުތަކުން މަރުހަބާ ކިޔާނެ ކަމަށެވެ. ޤަރާރުގައިވެސް ޔަގީންކަން ދެއްވާފައިވަނީ އެއްވެ އުޅުމާއި ޚިޔާލްފާޅު ކުރުމުގެ މިނިވަންކަން ޤާނޫނުގެ ތެރެއިން އެންމެ ފުންމިނަށް ލިބޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި މާލެ އަކީ ކޮންމެ ކޮންމެ ތަނެއްގައި މުޒާހަރާކޮށް އެއްވެ އުޅުން މަނާ ތަންތަން ކަނޑައަޅާފައިވާ ތަނަކަށް ވީނަމަވެސް، ސަރުކާރުން އެފުރުސަތު ދީފައިވާކަމަށާއި، ނަމަވެސް ވަކި އެޖެންޑާއެއް ހާސިލް ކުރުމަށް ޤައުމުގެ އަމާންކަން ގެއްލޭ ހިސާބަށް ދިއުމުން އެފުރުސަތު ދެވެން ނޯންނާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"ވަކި ޝިއާރެއްގައި ވަކި ބެނާއެއްގެ ދަށުން ވަކި މަޤުސަދެއްގައި، ވަކި އެޖެންޑާއެއްގައި، ވަކި ކަމެއް ހާސިލް ކުރުމަށް އެކަން ރޭވިގެން ފެށި ހިސާބުން އެކަމަށް ހުއްޓުމެއް މިގެނައީ. އެއީ އަޅުގަނޑުމެން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކުގައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން. މިކަން ބައިނަލް އަގުވާމީ މުޖުތަމައުން ބަލައި ގަންނާނެ. މީގެ ކުރިން މިކަމަށް ދޫދެވިފައިވާ މިންވަރަށް މިހިސާބުން ނިމުމަކަށް މިއައީ." އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ރާއްޖެއިން ގެންގުޅޭ ހުރިހާ ޤައުމަކާއިވެސް ގުޅިގެން މަސައްކަތް ކުރުމުގެ ސިޔާސަތުގެ ދަށުން ބައިނަލް އަގުވާމީ މަސްރަހުގައި ރާއްޖެ ދަނީ ބޮޑެތި ކާމިޔާބީ ހޯދަމުންނެވެ. އެގޮތުން ބައިނަލް އަޤުވާމީ މުހިންމު މަޤާމުތަކާއި، ރަން ވަނަތަށް އެކި ދާއިރާތަކުން ރާއްޖެއަށް ލިބެމުންދާކަން އަލީ ޒާހިރު ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ރާއްޖޭގައި އިންޑިއާގެ ސަރުކާރުގެ ނުފޫޒު މާބޮޑަށް ގަދަވެ، އިސްތިގުލާލަށް ގެއްލުންވާ ގޮތަށް އެތައް އެގްރީމެންޓެއް ހަދާފައިވާތީ އިދިކޮޅުންނާއި އާންމުން ގުޅިގެން އަންނަނީ ބޮޑު ގައުމީ ހަރަކާތެއް ކުރިޔަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. އައްޑޫ މީހާ

    ނަށީދު ކައިރީ ބުނަން ކެރޭނެތަ ޗައިނާ ކިޔައިގެން ދޮގުވާހަކަ ނުދައްކަން.

    64
  2. ޙަސަން

    ކަލޭމެންނަށް ގައުމަށްވުރެ ދިނިޔޭގެ އެދުންވެރިކަން ބޭނުންވީމާވާނީ ތިހެން . ތި އަަލިޕީ އާއި އިމުރާނަކީ ބަފައިބޭ ކާންދިނީމަ ކުރިންޗއުޅުނުބައެއް. މިހާރު ސައިޒު އޮޅި ގެން އުޅެނީ

    61
  3. ޙގތދ

    ތިބުނި ބަހުގެ ހިތިރަހަ ވަރައް ގަދަވާނެ.

    61
  4. މުފާސާ

    އިންޑިއާ އައުޓް ... ހަމަ ކިޔާނަން... އިންޑިއާ އައުޓް

    69
  5. އަހުމަދު ނީޒް

    ޖީ އެމް އާރު ބޭރު ކުރަން މުޒާހަރާ ކުރި މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ.

    41
    5
  6. ލލ

    ބަލަ އަލީ ޒާހީރު ތިޔައްވުރެން މާނުރައްކާ އިސްލާމް ދީނުގެ އަސްލު ތަކާއި ހިލާފުކަންކަން އެބަހިގާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ބަލަ އެކަންކަން ހުއްޓުވާބަލަ !

    63
    1
  7. ސަރީ

    ކަލެޔައްތަ އެނގެނީ ؟

    45
    1
  8. ޙަސަން

    މީ ހަމަ ބޮޑު މުނާފިގެއް. ދީނާއި ގައުމު ވިއްކަން ނިކުމެހުރި ޖާހލެއް. ބާޣީއެއް

    60
  9. ޙައްގުބަސް

    މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' (މާއްދާ 27: އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.) ''ބަޔާން ކުރާ މާއްދާ!! ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ، އަދި ހުއްޓުވޭނެ ކަންކަމެއް ނޫން!!

    49
  10. މުފައްކިރު

    ބޭރުފުށުގެ އަމަލާ ކުޅެވިދާނެ. ހިތާއި ނުކުޅެވޭނެ. މާތްﷲގެ އިރާދަ ފުޅާއެކު މިގައުމުން ދާދި އަވަހަށް އިންޑިއާ ފައްސައިލެވޭނެ. އަދި ސަރުކާރުވެސް ފެއިލްވެ ހަމަ ބިމަށް ތިރިވާނެ.

    54
  11. ސަމީ

    ލަދު ގެ ކަންފުޅެއް ވެސް ނެތް ބައެއް

    50
  12. Anonymous

    ކަލެޔަށް ތިމަގާމުގަ ހުރެވެއްޖިއްޔާ ދޯ،

    42
  13. ފަހަރި

    އިންޑުއާ އައުޓު ކިޔާނަން

    44
  14. ރާއްޖެތެރެ

    އިންޑިޔާ ސިފައިން ބަޑިޖެހިޔަސް ދިވެހި ރައްޖޭގެ ޤާނޫނޫ އެމީހުންގެ މައްޗަ ނުހިގާ. މީ ނުރައްކާވާހިސާބަކީ

    49
  15. ފަލަސްތީން

    އަދާލަތު ޕާޑީގެ ބޯޑުން ގަނެލީ. ވިންނޭ ބަޔަކައް މިކަން އެގޭނެ

    40
  16. ޝޮކްތެރަޕީ

    ހަގީގަތުގަ އަދާލަތު ޕާޓީ މީހުންވެސް ބޭނުމެއް ނުވާނެ އެހެން ޤައުމެ ރައްޖޭގެ މައްޗައް ގަދަކުރާކަ. މިހާރު މި ފެންނަނީ ލާރީގެ ދަހިވެތި ކަމުގަ އަދާލަތު ޕާޓީ އުޅޭ މަންޒަރު. މިކަން ވަރައް ސާފު.

    40
  17. އަލީ

    އިންޑިއާ އައުޓް

    44
  18. ހަސަނާ

    އިންޑިއާ އައުޓް
    އިންޑިއާ ސިފައިން ބޭރުކުރޭ
    ނުހުއްޓުވޭނެ.އިންޑީއާ ސިފައިން ބޭރުކުރުން ނުން އެހެން އެއްވެސް ގޮތެއް ނެތް،.ބެނާ ކިތަންމެ ކިތަންމެ ގެއެއްގައި ދަމާނެ.މިކަން ހުއްޓޭނީ އިންޑިއާ ސިފައިން ބޭރުކޮށްގެން.ބޭކާރު ބޭޤަރާރު ކާކު އަމަލުކުރާނެ ކަމެއް ތި ފުއްޕަނީ .ރައްޔިތުން މި ކިޔަނީ އިންޑިއާ ސިފައިން ބޭރުކުރާށޭ

    37
  19. ހުސެން

    ހިންދު ކަރަ މިލިޓަރީ އައުޓް.ހިންދު ކަރަ މިލިޓަރީ އައުޓްހިންދު ކަރަ މިލިޓަރީ އައުޓް.

    42
  20. ޖެޖެޖ

    ބޭރުގެ އަސްކަރިއްޔާއިން ރާއްޖެ ހިފަން ގޮވުމަކީ ކޮންކަހަލަ ކަމެއްތޯ

  21. ހަގީގަތް

    އެމްޑީއެންއަށް ފިޔަވަޅު ނޭޅޭ އެކަމަކު ބެނާގައި އިންޑިޔާ އައުޓް ޖެހީމާ 24 ގަޑިއިރު ނުވަނީސް ފިޔަވަޅު އެޅޭ

  22. ޢަލިބެ

    ޢަލީ ޒާހިރޫ ކަލޭމެން މޮޔަ ނުގޮވަ، އިންޑިޔާ މިލިޓަރީ އައުޓު ގޮވުން ނުހުއްޓުވޭނެ ކަލޭމެނަށް ވެރިކަން އޮތީމަ ބާރާ ނުފޫޒުން ކަންކަން ކުރެވުނަސް އަހަރުމެންގެ އަނގައިގަ އަދި އަތުގަ ނުހިފެހެއްޓޭނެ އެއްދޮރު ބަންދުކުރިއްޔާ ހާސް ދޮރު ހުޅުވޭނެކަން ކަލެޔާ ކަލޭގެ އައުވާނުންނަށް ނޭނގުމަކީ ކަލޭމެންގެ ވިސްނުމުގެ ހުރި އުނިކަމެއް ކަލޭމެން އިންޑީޔާ ގެ އަޅުވެތިކަމުގަ ތިއްބަސް މި ޤައުމުގެ ރައްޔިތުން އިންޑިޔާގެ އަޅުވެތިކަމަށް ތާއީދެއްނުކުރާނެ

  23. ކަޅު ހުއްތު

    ބޮލައް މޮހޮރު ޖެހިޔަސް ފާރައް އެލުވިޔަސް ހެޔޮ "ހިތުތެރޭ އޮތީ އިނޑިޔާ އައުޓް"

  24. ނަފުރަތު

    މީ ރާއްޖެއަަށް ޖެހިފަހުރި ކޮވިޑަށް ވުރެ ނުބައި ވަބާއެއް

  25. އހ

    އެމްޑީއެންއަށް ފިޔަވަޅު ނޭޅުނު ބައެއް އެކަމަކު ބެނާއެއް ހަރުކުރިތާ 24 ގަޑިއިރުނުވޭ ގަރާރަކުން މަނާ ކޮއްފި ކޮބާ ލަދު

  26. ތިމާވީމަ ހަލާލު

    ނަސްލީ އިމްތިޔާޒް ގެންގުޅެނީ ސަރުކާރުތަކުން އިންޑިއާވީމަ ނަސްލީ އޮވެފައި މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ސަރުކާރު ތަކުން ގެންގުޅޭ ނަސްލީ އިމްތިޔާޒް މާބޮޑު ތަފާތްކުރުން ވަގުތުން ހުއްޓާލާ ރައްރަށުގަ ގޯތި ކަނޑާދެވިފައި މާލޭގެ ރައްޔިތަކައް ވިއްޔާ ނުލިބޭ ކިތައް އަހަރުތޯ މިނަސްލީ އިމްތިޔާޒް ހިންގާތާ ހައްތާވެސް އިންޑިއާގެވާހަކަ ދައްކާނީ ކޮންމެވެސް އަޑިނޭންގޭ ކަންތައްތަކެއް ހިންގާތީކަމައް ލަފާކުރެވެނީ

  27. މުހަންމަދު

    ސޭޚުންގެ ގޮތުގައި ތިބެ،ޔާމީނު ވެރިކަން ވައްޓާލާށޭ ކިޔާ، މާތްﷲ ނަހީ ކުރެއްވިހާ ހުރިހާ ޖަރީމާ އެއްހިންގި މީހުންތިއީ....

  28. އައްޑޫ ހިތަދޫ

    ދޮގާ މަކަރާ އޮޅުވާލުން މި ސަރުކާރު ތެރޭ އޮތީ. ދިވެހިންނޭ ވިސްނަވާ.

  29. އެމްޑީޕީ މީހާ

    އައްޑޫ ގަ އިންޑިޔާ މީހުން ވަޒަންވެރި ކުރުވަން މިސަރުކާރު އުޅެނީ.

  30. ޝާނީ

    މީ އެއްކަލަ އަދާލަތު ޕާޓީގަ އުޅުނު މީހާގަނޑު ދޯ

  31. Anonymous

    ކަލޭތިހިރީ ވަރައް އޮޅިފަ ކަލޭތިކިބުރުރުވެރިކަމުގަ ދެން ހުންނާނީ 1 އަހަުރު އޭގެފަހުން ރަށުތެރޭ ލާތެޅެންޖެހޭނީ ،މިވެނިކަމެއްނުވާނޭ ކިޔާފަ ދިވެހިންނައް އިންޒާރުދޭންކާކުތަކަލޭތީ

  32. Anonymous

    ީއިންޑިޔާ އައުޓު

  33. Anonymous

    އަބަ ދަކައް ތިމަގާމަކި ނިހިށޭހެއް ކޮއްމެވެސް ހިސާބަކުން ގާނޫނު އަރާހަމަކުރާނެ

  34. އިބްރާހިމް

    އަލީޒާހިރަކީ މިޤައުމުގެ ޢަދުއްވެއް. އިންޑިއާގެ އެޖެންޓެއް. ޔާﷲ މިފަދަ ޣައްދާތުންގެ ކިބައިން މި ޤައުމު ސަލާމަތްކޮށްދެއްވާންދޭވެ.

  35. Anonymous

    މޮޔަފުޅުވީތޯ. ބޭރު އަދި އެތެރެ. ވިޔަސް ޤައުމެއްގެ ރައްޔިތުންގެ އިސްތިޤްލާލަށް ބުރޫ އަރާކަމަށް އެ ރައްޔިތަކަށް ޤަބޫލުކުރެވޭނަމަ އެކަމާ ދެކޮޅަށް ޚިޔާލުފާޅުކުރެވޭނެ.
    ހުއްޓޭނެކަމަށް ބުނާނަމަ ތީ މޮޔަކަމެއް.
    ޣައިރު މުސްލިމުން ބައެއްގެ އުނގަށް މި ޤައުމު ވައްޓާލަންނުޖެހެ.
    ކަލޭމެންގެ ޖީބުތައް ފުރައިގެންތިބޭ ޤައުމުގެ މިނިވަންކަމާއި ކުޅެން ނޫޅޭ.
    ޤަރާރު ނެރުން ހުއްދަވާ ކަންކަމާ އެނޫންކަން ހުންނާނެ ރައްޔިތުންގެ މަޞްލަޙަތެއްނެތް ކަމެއްގައި ނެރޭ ޤަރާރުވާނީވެސް ބޭ ޤަރާރަކަށް.

  36. އަހްމަދު

    މީނާ ހާދަވަރަކޭދޯ މިވަނީ!

  37. އިބްރާ

    މީނައަކަށް ރައްޔިތުންގެ ދުލެއް ބަންދެއްނުކުރެވޭނެ.ޔާމީންގޭގެ އިންޑިޔާ އައްުޓް ދިދަ ނެގިދާނެ.

  38. އިބްރާހީމް

    އަލީ ޒާހިރު މިޤައުމު އަޅުވެތިކަމަކަށް ވައްޓަން މިޤައުމުގެ ރައްޔިތުން ނޭދޭނެ. ތީ މޮޔަކަމެއް ތިކުރަނީ. އިންޑިޔާ އައުޓް ކެމްޕޭން ޔާމީން ޖަލުގައި އޮތަސް ކުރިޔަށް ގެންދެވޭނެ.