އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމްގެ އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ފުލުހުން ނަގާފައި ވަނިކޮށް މިރޭ މާލޭގެ އިތުރު ގެއެއްގައި އެފަދަ ބެނާއެއް ހަރުކޮށްފިއެވެ.

އިންޑިއާ އާއި ދެކޮޅު ވާހަކަ ދެއްކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޤަރާރަކުން މަނާކޮށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބެނޭތައް ނައްޓުވާފައި ވާތީ މިރޭ ހަރުކުރި ބެނާގައި އިންޑިއާގެ ސްޕެލިން އަށް ވަނީ ބަދަލު ގެނެސްފައެވެ. މިރޭ ހަރުކުރި ބެނޭގައި ލިޔެފައި ވަނީ "INDEAR OUT" އެވެ.

ޕީޕީއެމް އިން މިރޭ ބުނީ ގަލޮޅު ގެއެއްގައި މިރޭ "އިންޑިއާ އައުޓް" ބޮޑު ބެނާއެއް ހަރުކޮށްފައި ވާކަމަށެވެ.

ޕީޕީއެމް އޮފީހާއި ރައީސް ޔާމީންގެ ގެކޮޅާއި އަދި ހެންވޭރު ގެއެއްގައި ނަގާފައި ހުރި "އިންޑިއާ އައުޓް" ބެނާ މިއަދު ފުލުހުން ނެގީ ކޯޓު އަމުރެއްގެ ދަށުންނެވެ. ކޯޓު އަމުރުގެ ދަށުން ފުލުހުން އެތަކެތި ނެގި ނަމެވެސް ކޯޓު އަމުރުގައި ބަޔާން ކޮށްފައި އޮތީ އާއްމު ތަނެއްގައި ހުރެ މީހަކު ކުރާ ކުށްތަކެވެ. އެހެންކަމުން މީހެއެއްގެ ގޭގައި ހުރި އެއްޗެއް އެމާއްދާގެ ދަށުން ނުނެގޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވާފައެވެ. މިއީ ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދާ ހަރަކާތެއް ކުރިއަށް ގެންދަން ރާއްޖޭގެ ތާރީޚްގައި ވެސް ރައީސުލްޖުމްހޫރިއްޔާއަކު ރިޔާސީ ގަރާރެއް ނެރުއްވި ފުރަތަމަ ފަހަރެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާތީ ޤަރާރެއް ނެރުއްވީ ކަމަށް ރައީސްގެ ޤަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މޕ

    ރަނގަޅު ހަމަ އެންމެން ވެސް ހަރުކުރަންވީ ގޭގަ

    29
    2
  2. ކިނބޫ

    ގެރި މޯދީ އާއި ކުޑަ މޯދީ ލޮލުފިޔަ ޖެހިޔަ ދީބަލަ. ހެޔޮނުވާނެނު ތިހެން ހަދަން.

    18
    3
  3. ޕޮގުބާ

    ސާބަސް ޔާމީން

    27
  4. ޗޯޓާ

    ބެނާ ދަމާ ގޯތިތައް މުއްދަތެއް ނެތް ގޮތުގައި ނެގީމާ މައްސަލަ ހައްލުވާނެ

    4
    34
  5. އަލީ

    މިއީ ވަކި ގައުމަކާ ދެކޮޅަކަށް ނޫން. މިއީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ބެހެއްޓުމާ ދެކޮޅަށް ކުރާ ކެންޕޭނެއް. އިންޑިޔާ ގެ ރިޝްވަތު ހިފުމުގެ ސަބަބުން މިވަތުގު މިތަނުގައި ތިބީ އިންޑިޔާ ސިފައިން.

    30
  6. Anonymous

    މިވެރިކަމުގަ ތިބި އެންމެން ގައްދާރުންގެ ގޮތުގަ ކުޑަގޮޅިތަކުގަ ބަންދުކުރެވޭނެ.

    26
  7. ރައްޔިތު މީހާ

    ނަންވާނީ މައުމޫނު...އިބޫ އަދި އަންނި މާ ނުބައި..
    "ހުދު މުހުތާރު" ކިޔަންވެސް ނޭނގޭ މިހާރު...

    26
  8. ޙައްގުބަސް

    އިންޑިޔާއައުޓް! މުސްލިމުންނަށް އަނިޔާކުރާ ހަރުކަށި ހިންދޫ ގެރިމޯދީއާއި ބައިއަތު ހިފައިގެންއުޅޭ މިނާގާބިލް ކޮރަޕްޓް އަދި ގައުމަށް ޣައްދާރުވެފައިވާ ސަރުކާރު އިސްތިއުފާ!! ޣައިރު ގާނޫނީ ގަރާރުނެރޭ ރޯނުއެދުރުގެ ސަރުކާރު އިސްތިއުފާ!!

    28
    2
  9. ޙަޒާ

    ހިތްވަރުގަދަ
    ޣައުމީ ކަންކަމުގައއި ބިރުން އުޅޭ އެއްޗެއްނޫން.

    22
  10. ކޮއްޔާ

    ކުފޫ ހަމަނުވާ މީހުން ވެރިކަމަށް އައީމަ ވާނީ މިކަހަލަ ގޮޓްތަށް //

    22
    1
  11. ހުސޭނުބޭ

    ދެން ފަހަރަކު ގެޔެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުޅި މާލެ ހިފައިގެން އުޅެގަ؟

    20
    1
  12. އަދުރޭ

    ތިއޮތީ ނަން ގޯސް ކޮއް.. ވާންޗޯ ވެފަ ތަ!!

  13. ހަސަނާ

    އެންމެ ޑިމޮކްރަޓިކް ކަމަށް ދުނިޔެ ގަބޫލުކުރާ އެތައް ގައުމެއްގައި އެހެން ގައުމުތަކާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރެއެވެ.

  14. ޙަދިސައިބު

    ޢެގޭގެ ވެރިމީހާ ވަރިކުރަން ގަރާރެއްނެރެނީ ބޯގަޅި ވިޔަސް މީބޮޑުވަރު މިވަރުގެ ފަހުޒަމާނުގައި ވެރިކަމުގައި ތިބޭނީ ނާގާބިލު މީހުން މުޅިކެބިނެޓުގައިވެސް ނާގާބިލު މީހުން.