ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަށް ބުނެ އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިޝް ސަަސްޕެންޑް ކޮށްފި އެވެ.

ޝައިހް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ޤާނޫނާ ޚިލާފަށް ރާއްޖެ އަރައިތިބި އިންޑިއާ ސިފައިން މިޤައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމުންނެވެ.

އޭނާ ސްކޫލަށް ނުކުތުން މަނާކުރިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ފޮނުވި ލިޔުމުގައި ބުނީ، އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޒަމްޒަމް ފާރިޝްގެ އަމިއްލަ އެކައުންޓުން އިއްޔެގެ ހަވީރު ޓުވީޓް ކޮށްފައިވާ ކަމަށެވެ.

"މި ކަމަކީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި، ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމަކަށް ވީ ހިނދު، އަދި މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައި ވެ އެވެ،" ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވާފައިވާ ލިޔުމުގައި ވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި، ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެކެވެ.

ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރި 30 ދުވަހުގެ މުއްދަތަށް މުސާރަ ވެސް ނުލިބޭނެ ކަމަށް އޭނާ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީ

    މިއީ ވަކި ގައުމަކާ ދެކޮޅަކަށް ނޫން. މިއީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ބެހެއްޓުމާ ދެކޮޅަށް ކުރާ ކެންޕޭނެއް. އިންޑިޔާ ގެ ރިޝްވަތު ހިފުމުގެ ސަބަބުން މިވަތުގު މިތަނުގައި ތިބީ އިންޑިޔާ ސިފައިން.

    57
    4
    • ލޮލް

      ގައުމުގެ ރައީސަކަށް ހުރީ ހައްގުބަހާ ގޮންޖެހުން ފަރަގުކުރަން ނޭނގޭ ގަމާރެއް. އޭނާގެ ގަމާރުކަން މުޅި ތައުލީމީ ނިޒާމަށް ފޯރާފި.

  2. އަހުމަދު

    ޒަމްޒަމް އެބުނީ ވަރަށް ރަނގަޅު ވާހަކައެއް.

    56
    3
  3. ބޭބެ

    މިސަރުކާރުންދަނީ ގާނޫނާއި އަދި ގާނޫނުއަސާސީއާއި ޚިލާފަށް އެތައް ބައެއްގެ ޙައްގަށް މިގޮތަށް އަރައިގަންނަމުން!! މިއަދުވެސް ވަނީ ފާޅުކަންބޮޑުގޮތެއްގައި ގާނޫނުއަސާސީއާއި ޚިލާފު ބާޠިލް ގަރާރެއް މިސަރުކާރުން ނެރެގެން އެބާޠިލް ގަރާރުގެ ބޭނުން ކޯޓްގައި ހިފައިގެން އަމުރުތަކެއް ނެރެގެން ރައްޔިތުންގެ އަމިއްލަ އިމާރާތްތަކަށް ވަދެގެންފަ!! މިގޭގެ ވެރިފަރާތްތަކަށް ސަރުކާރާދެކޮޅަށް ދައުވާކުރެވޭނެ ގެއްލުމުގެ ބަދަލުހޯދަން!! ގޭގެ ޙުރުމަތް ކަނޑާލާފައި އެވަނީ ބާޠިލް ގަރާރަކަށް ބަލައިގެން ނެރެފައިވާ ބާޠިލް ކޯޓް އަމުރަކުން! ގަނޫނުއަސާސީއާ ޚިލާފު ބާޠިލް އެއްޗަކަށް (ގަރާރު) ރިޣާޔަތްކޮށްގެން ނެރޭ އަމުރުވެސްވާނީ ބާޠިލް އަމުރަކަށް!! ބާޠިލް އެއްޗަކަށް ނުވަތަ ޣައިރު ގާނޫނީ އަމުރަށް ކިޔަމަންވި ފުލުހުންގެ އިސް އޮފިސަރުންނަށްވެސް ދަޢުވާކުރެވޭނެކަމަށް ދެކެން!! މިކަމާއިގެން ކުރިއަށް ވަޑައިގަންނަވާ ގޭގެ ވެރިފަރާތްތަކުން!!

    44
    1
  4. ޏނނ

    އިސްލާމް ދީނަށް ފުރައްސާރަ ވާގޮތަށް ބުނެވޭ ބަސްތަކަށް ވެސް ފިޔަވަޅު އެޅި ކުށްވެެރު ކުރަންޖެހޭނެ. ޢެއީ ހަމަ ޤައުމަށް ވަރަށް ނުރައްކާ ހުރި ކަންކަން..

    46
    4
  5. ދރާއްޖެ

    ޒަމްޒަމް ފާރިސްގެ ޓްވީޓަކީ ސަރުކާރު ހާސްވެ ގޮތް
    ހުސްވާވަރުގެ ޓްވީޓަކަށް ވުމުން އަނެއްކާވެސް އުފެދެނީ
    އިތުރު ސުވާ ލެވެ އަދި ހާމަވަނީ ސަރުކާރުގެ ދެފުށް ދެގޮތް ކަމުގެ ހެކިތަކެވެ.

    56
    4
    • ޕީޖީ

      ސަރުކާރުގެ ދެފުށް ދެގޮތްކަމެއްނޫން. ސީދާ ސަރުކާރުގެ ބަލިކަށިކަން. ސަރުކާރު ނޭވާހޮޅިއަށް އެޅިއްޖެކަން. އިންޑިއާ އައުޓް މިބަހަކީ މިސަރުކާރު ބިރުން ތުރުތުރު އަޅާ ނިއުކްލިއަރ ވޯރ ހެޑެއްކަން.

  6. އިރެކްސް

    އެޑިއުކޭޝަން ކަހަލަ ތަންތަނަށް ލާދީނީ އެއްޗިހި ލާފަ ތިބީ، ވީމާ ބޭނުން ގޮތަކަށް ނިންމާނެ. ތިތަނުން

    51
    3
    • ހަޖަމް

      ލާދީނީ އޭ ބުނެފިއްުޔާމުން ރީދޫ މީހަކަށް ހަމަ ހަޖަމުގެ މައްސަލަ އުޅޭ ޑިސް ލއިކް މިދެނީ އެގެ އރއްޗެއް މިގައުމުގާ އިސްލާމްދިނާ މިނިވަންކަމާ ދެކޮޅު ހަރަކަތްތަށް ހިނގަނީ މޑޕ ވެރިކަމުގަ އޮންނައިރު ހަޖަމްވިޔަސް ނުވިއަސް މޑޕ ގަ ލަދީނި މޑނ ރިޕޯޓްނެރުނު މިހުން އެބަތިހަޖަމް

      10
  7. 😡😡😠

    ކިހާދރަކަމެއްތަ. އެެންމެން ނިކުންނަންވީ

    53
    3
  8. ހެހެހ

    ޢެހެންވިއްޔާ 2018 ވަނަ އަހަރު މުޅި ރެހެންދި ސްކޫލް ހުރިހާ ޓީޗަރުން އޭރުގެ ރައީސް ޔާމީނާއި ދެކޮޅަށް ނުކުމެ އިބޫއަށް ތާޢީދުކުރިކަން އޭރު ހާމަކޮށް ފޮޓޯނެގި މައްސަލަ ބަލަން ނުޖެހޭތޯ

    9
    1
  9. ޒާ

    ވަޒީފާގެ ބިރު ނުދައްކާނެ ކަމަށްވެސް މިވެރިން ވައުދުވި. އެކަމަށްވެސް ޚިޔާނާތްތެރިވީތަން މިފެނުނީ.

    11
  10. އަލީ

    އަހަރެންނަކީ ސިވިލްސަރވިސްގެ އިސްމަގާމެއްގައި މިވަގުތު ހުރިމީހަކީމެވެ އަހަރެންވެސް އިންޑިއާ އައުޓައް ފުރިހަމައައް ތާއީދުކުރަން އަދިމުޒާހަރާއައްވެސްނުކުއްނާނަން.އަދި ނުކުއްނަން

    11
  11. ޏިޔާޒު

    އަމިއްލަ އަށް މަސްހޫރުވާން އުޅޭ ސޮރެއް މީ. ސޯސަލް މީޑިއާ ގަ ފޮލޮވާރސް ހޯދަން މަސައްކަތް ކުރަނީ. ﷲ އާ ރަސޫލާ ދެކެ ލޯބި ވާނަމަ، އަމިއްލައަށް މަސްހޫރުވާން ނޫޅި ﷲ ގެ ދީން ހެޔޮ ގޮތުގަ ފޯރުކޮށް ދިނުމަށް މަސައްކަތް ކޮއްބަލަ. ދީން އުގެނިގެން ވަކި ސިޔާސީ ލީޑަރެއްގެ ނޯށައްވަނީމަކާ އާންމު ރައްޔިތުންނަށް ދައްކާ ވާހަކަ ގަބޫލުކުރަން އުނދަގޫ ވާނެ. ވަގުތު އިން މި ކޮމެއްޓް ޖަހާލަންވާނެ

    11
  12. އަފޭ

    ސިވިލް ސާވިސް ވަޒީފާގަ ހުރެގެން ޕީ.ޕީ.އެމް ކެމްޕެއިންގަ އުޅެންޔާ އިސްލާހީ ފިޔަވަޅު އަޅަންޖެހޭނެ

  13. ސަމްކުޅިބޭ

    ރައީސް ނެރުއްވިގަރާރަކީވެސް މީހުންގެ މެދުގައި ނަފުރަތު އުފައްދާ ސުލްހަ މަސަލަސްކަން ނަގާލާ ހަމަނުޖެހުން އުފެއްދުމަށް ބާރުދޭ ގަރާރެއް. އެގަރާރުގެ ސަބަބުން ޒަމްޒަމްގެ ހިތުގައިވެސް އެޝުޢޫރު އުފެދުނީ. އެހެންވީމާ އެގަރާރު ނޫންތޯ ބާތިލް ކުރަންވީ.