ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ޤަރާރުތަކުގައި ރައްޔިތުން މަޖިލީހުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ޤަރާރެއް ނެރުއްވާފައެވެ. ރައީސް ސޯލިހްގެ ޤަރާރުން އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރާކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ރައީސްގެ ޤަރާރަކުން އަސާސީ ހައްގެއް ހަނިނުކުރެވޭނެ ކަމަށް ގިނަ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނުގެ ބާރު އޮންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން އެގަރާރު ހަވާލާދޭ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ގާނޫނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ހުއްދަކުރަނީ ތިން މަސްދަރަކުން. އެއީ 01.ޤާނޫނު އަސާސީގެ 115 (އ). 02.ޤާނޫނު އަސާސީގެ 115 (ވ) 254 ވަނަ މާއްދާ އާއިއެކުގައި ކިޔާލުމުން އަދި 03. (115) ވަނަ މާއްދާގެ (ގ) އާއި ޤާނޫނީ ފަންނުގެ ގާނޫނު އެކުގައި ކިޔުމުން މީގެ މަތުލަބަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭނީ ތިން ހާލަތުގައިކަން އެނގޭ." ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ އެތިން ހާލަތަކީ ހަނގުރާމަ އާއި ސުލްހަ އިއުލާން ކުރައްވަން އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަންށާއި ރިޔާސީ ކޮމިޝަން އުފައްދަންނެވެ.

"ރައީސުލްޖުމްހޫރިއްގެ ގަރާރަކީ ގާނޫނާއި އެއްފަދަ އެއްޗަކަށް ވާހިނދު ގާނޫނު ހެދުމުގެ ބާރަކީ މަޖިލިސް އަށް ކަށަވަރުވެފައި އޮންނަ ކަމަކަށް ވާތީ މަޖިލިސްގެ ދައުރެއް އޭގައި ނޯނަ ގޮތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނުނެރެވޭނެކަން ވެސް ސާފުވޭ." ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރިޔާސީ ގަރާރު ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި ތިން ހާލަތުގެ ތެރެއިން ފުރަތަމަ ދެހާލަތުގައި ވެސް ގަރާރު މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އެބައޮތް ކަމަށެވެ. އަދި ތިންވަނަ ހާލަތަކީ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދާ ކޮމިޝަނެއްގެ ރިޔާސީ ގަރާރު ކަމަށް ވުމުން އެކަމުގައި ވެސް މަޖިލީހުގެ ދައުރެއް ހިމެނިފައި އެބައޮތް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ހުއްދަކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭނެ. އެގަރާރު އޮންނަން ޖެހޭނީ އެމަސްދަރުން ކަނޑައަޅާފައިވާ ހުދޫދެއްގެ ތެރޭގައި ކަމާއި އެގަރާރު އެއީ މަޖިލިސް ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވޭ." ދިޔާނާ ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތައް ރައީސް ސޯލިހް ނެރުއްވި ގަރާރު މަޖިލީހަށް ހުށަހަޅާނެކަން ނުވަތަ ނޫންކަން އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަސަންބެގެ ބޮޑުސޮރު

    ދިޔާނާހުސްތަ ހާދަ އުޖާލާ ތާޒާކޮށޭ ފެންނަނީ ދުވަސް ކޮޅެއްވެއްޖެ ހަބަރެއް ނުވެ ނޫހެއްގެ ސުރުހީއަށް އަރަ ނުލާތާ އެހެންވެ ސުރުހި އަޅާލީ ދެއްތޯ ރަމަލާން މުބާރިކު އީދު މުބާރަކު ދިޔާ

    10
    1
  2. Anonymous

    ޑަޔާނާ ބުނެފިއްޔާ އެކަން ކުރަންޖެހޭނެ. ޑަޔާނާއަކީ ޤާނޫނީ ކަންކަމުގައި ފުންނާބު އުސް ކަނބަލެއް.

    5
    4
  3. Anonymous

    މިއީ ކުއްލިއަކަށް ގައުމުދެކެ ހާދަ ލޯބިވެގެންއުޅޭ ޢަންހެނެކޭ!! ހީވަނީ މިސަރުކާރުން މަގާމެއް ބޭނުންވެގެންއުޅޭ ރޯނުއެދުރެއްހެން؟؟ ސަރުކާރުް ގައުމުގެ މިނިވަންކަން ބޭރުގައުމެއްގެ އަތްދަށަށް އެމީހުންގެ އަމިއްލަ ނާޖާއިޒު ފައިދާއަށް ދޫކުރަމުން ދާއިރުވެސް އިދިކޮޅު ލީޑަރުންނާއި ރައްޔިތުން ތިބެންވީ ކަސްތަޅު އެޅުވިގެންތަ؟؟

    16
  4. ކަނޑުކޮސް

    ކުރީގެ ކަނޑުކޮސް އަނެއްކާ އަގަ ފެޅީ ދޯ؟؟؟؟!!!!

    39
    8
  5. ސޫއޫދު

    އިބޫގެ ވިސްނުންހުރީ ނަރުދަމާހޮޅިއެއް ޖަންގުށަނެއްގެވަރު މުޅިގައުމު މިމީހުންގެ ކުންފުނިތަކައް ދީދޮވެލަނީ މިމީހުން މަސްފަލަ ކުރަން ކާންދޭން ވޯޓްއެޅުމައްވުރެ ބޭރުތޮއްޓައަރާ ކަޅުރޮނޑު ތަކައް ކާންއެޅިއަސް އެބާނާބަޔަކައްވެސް އެއްޗެއްލިބިދާނޭ މަސްރަނގަޅުނަމަ ރާއްޖޭގެ ތާރީހުގަ ވެރިކަން ކުރާފަރާއްތަކުގެތެރެއިން ހުރިހާގޮތަކުން ވެސް އެއްމެނާގާބިލް ކުފޫހަމަނުވާ 2018

    8
    1
  6. ޒަބީބު

    ދައުލަތުގެ އެންމެ މަތީ ވެރިޔާ ގެ ހައިސިއްޔަތުން ދައުލަތް ހިންގުމަށް ބޭނުންވާ ސިޔާސަތު ކަނޑައެޅުމަކީ ރައީސުލް ޖުމުހޫރިއްޔާގެ (އެގްޒެކަޓިވް ބާރުގެ) ޒިއްމާއެއް ކަމުގައި ވީހިންދު އެސިޔާސަތުތަށް ހިންގުމަށް ހުރަސް އެޅޭ ކަންކަން ހައްލުކުރުމުގެ ޤާނޫނީ ޒިއްމާވެސް އޮންނަނީ ރައީސުލްތ ޖުމުހޫރިއްޔާ އަށް. ވީމާ އެކަންކަން ހައްލުކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ނެރޭ އެގްޒެކަޓިވެ އޯޑާރ (ޤަރާރު) އެއީ މަޖިލީހުން (ލެޖިސްލޭޗަރ ބާރުން) ރުހުންދޭން ޖެހޭ އެއްޗަކަށް ވެއްޖެ ނަމަ ރައީސުލްޖުމުހޫރިއްޔާ ހުންނަވަނަ ޖެހޭނީ އަތްބަނދެވިފައި ނޫންތޯއެވެ؟ ވީމާ ދައުލަތް ހިންގުމަށް ބޭނުންވާ އިންގްތިސޯދީ، އިޖްތިމާއީ، ޚާރިޖީ އަދި ދާޚިލީ ސިޔާސަތު އެކުލަވާލައި ހިންގުމަށް ޤާނޫން އަސާސީއިން ރައީސުލް ޖުމުހޫރިއްޔާ އަށް ދީފައިވާ ބާރުގެ ދަށުން އެސިޔާސަތުތަށް ތަންފީޒް ކުރުމަށް ރައީސުލް ޖުމުހޫރިއްޔާ އެކްސަސައިޒް ކުރައްވާ އެގްޒެކަޓިވް ބާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ތަޅުވަން ޖެހޭ ސަބަބެއް ނުވިސްނޭ. މިކަން އިތުރަށް ހައްސާސްވާ ސަބަބަކީ މިހާރު ރާއްޖޭގައި މިއޮތް ހާލަތުގައި މިކަން އިތުރަށް ގޯސްވެ ރައީސުލް ޖުމުހޫރިއްޔާ އަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެތީ. މިއަދު ފެނިގެން މިދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ވެރިކަންކުރާ މައިޕާޓީގެ އެތެރެއިން ބްރޭކްއަވޭ އޮޕޮސިޝަން އުފެދި އެއޮޕޮޒިޝަންގެ ލީޑަރު ޤާނޫން ހަދާ ބާރު(ލެޖިސްލޭޗަރ)ގެ ވެރިއަކަށް އިންނަތަން. ވަކިން ޚާއްސަކޮށް އެފަދަ ޤަރާރުތައް އޭޖެންޑާކުރުމާއި ނުކުރުމަށާއި އަދި ފާސްކުރުމުމާއި ނުކުރުމަށް ނުފޫޒު ފޯރުވޭ ފަދަ މަޤާމެއްގައި މިބާވަތުގެ "އޮޕޮސިޝަން-ފްރޮމް-ވިތިން"ގެ ލީޑަރު އިނުން.

    ވީމާ ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމުގައި މިފަދަ ޤާރާރުން(އެގްޒެކަޓިވް އޯޑަރ) އިން ސިޔާސަތުތަށް ހިންގުމުގެ ކަންކަން ތަންފީޒު ކުރުމުގެ މުތުލަގު ބާރު ރައީސުލް ޖުމުހޫރިއްޔާ އަށް ލިބެން ޖެހޭ. އެހެން ނޫންނަމަ ރައިސުލް ޖުމުހޫރިއްޔާ ވެގެން ދާނީ ރައީސުލް ޖުމުހޫރިއްޔާއެއްގެ ސްކެލިޓަނަކަށް ނޫންތޯއެވެ؟

    2
    9
  7. ައުދައްޔު

    ކަމަނާގެ އޭޖީ ކަމުގައި ތިކަމަށް ކުރެއްވީ ކޮން މަސައްކަތެއް އަދި އުފުލީ ކޮން އަޑެއްތޯއެވެ ؟ ތިބުނާ މަޖިލީސް މެމްބަރުންގެ ހުންނަންވާ ޝަރުތުތައް ތިބުނާ ގާނޫން ތަކުގައި ބަޔާންވެފައި އޮތްއިރު، އެމަޖިލީހުގެ މެމްބަރަކު ކަމަނާގެ ފިރިކަލުންގެ ހައިސިއްޔަތުން ހުރެ އާންމު އަދަބީ އަޚުލާގީ މިންގަނޑުންވެސް ބޭރުވެ، މުޖުތަމައުގެ އަމަން ނަގާލައި ވާނުވާ ނޭނގޭ ފަދަ ހަލަތަކަށްްވެއްޓި އުޅުނު އިރު ތިބުނާ ގާނޫނު އަސާސީ ހިފައިގެން ނުނިކުތީ ފަހެ ކީއްވެތޯއެވެ.

    12
  8. ޔ

    ގަރާރު ނެރުމަށް ރައީސަށް އެއްވެސް ގާނޫނަކުން އިހްތިޔާރެއް ލިބިދެވިފައި ނެތްކަމެއްގައި ގަރާރެއްނެރެ ރައްޔިތުން އެއަށް އަމަލުކުރަން ލާޒިމުކުރުވާ އަދި ފުލުހުން ލައްވާ މިގައިރު ގާނޫނީ ގަރާރު ތަންފީޒުކުރުމުގެ މަސައްކަތް ކޮށްފައިވާތީ އަދި ކުރަމުންދާތީ މިކަމަކީ ޖިނާއީ ތަހުގީގެއް ކުރެވި މިކަމުގައި ޝާމިލުވާ އެންމެންގެ މައްޗަށް ވަކިވަކިން ދައުވާކުރެވެންޖެހޭ ކަމެކެވެ.

    12
    1
  9. ރަ އީސް

    އެ ޤަރާރަކީ މަސްދަރެއް އޮންނަން ޖެހޭ ޤަރާރެއް ނޫން!

    5
    1
  10. ޜިއަލް ޑިކްޓޭޓަރ

    ޅަދުހަޔާތުގެ ކަންފުޅެއްވެސް ނެތް.މި ރީދޫ ގެރި ވެރިން ކުރަންވީމަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން.އެހެންބަޔަކު ކުރާއިރަށް ބޭގަރާރު. ޖިނާއީ ކުށް.މި ދެން ފުކެއްބޮޑުވަރު.އިބޫ ސޯލިހު ގާނޫނުގެ ބާރުކަޑުވާލި މައްސަލަބެލޭނެ ދުވަހެއް އަންނާނެ. ޢިންޝާﷲ

    10
    1
  11. ހަޔަސިންތް

    ދިވެހިރާއްޖޭގާ ބިނާކުރެވިފާވާ ފަޱިޔާރުގެތަކުގާ މަސައްކަތް ކުރާ ސީނިއަރ މީހުން ގައިގަ މިހުންނަނީ ބޯވަގެ ސިފައެވެ ބުރާސްފަތިދުވަހުގެ އަމުރުން ސާބިތުވެއެވެ ގ ބެލުމެެއްނެތި ބޭސްއަޅާލީމަ ކުލަބަދަލުކޮއްފަ ރަބަރު ސްޓޭމްޕް ޖަހާލާ އިރަށް ސ ފަހުލަވާނުން އެހިފާގެން ބެލުމެެއްނެތި ފުމެން ފަށާނެ ވާވާ ވެރިކަމެ ކޯލަ މިކުރަނީ

    8
    1
  12. ބީރުބޮލު ވަޒީރު

    އިބޫގެ ބޭގަރާރު.

  13. ވ.ހުސައިން

    ވަކުތުން ވަކުތައް ޖެހޭ މި ގަރާރު ފާސްކުރަން . ހަމަ ވަކުތުން ވަކުތައް. ލޮލީ

  14. ސާބަސް

    ދިޔާނާ ކަލޭ ޖާބިރުގެ ދަށު ނުވިޔަށް އިބޫގެ ދަށުވެފަ ތިޔަހުރީ ރައްޔިތުންގެ ހައްގުގައި ތެދުވެބަލާ ވަކި މީހެއްގެ ހައްގުގައެއްނޫން ރައްޔިތުން ހައްޤުގަ ހުރިހާ ވަކީލުން ހުރިހާ ފުންނާބު އުސް ވަކީލުން ތީމުގެ ކަރިއަށް އެއްވި ހަނދާން ނެތުނީތަ ކޮބާތަ އެބައިގަޑު އަމިއްލ ޖީބަށް މަދުވެގެން އިޙްތިޖާޖަށް ނުކުތީ ދިވެހިންނަކީ މޮޔަބަޔެއް ކަލޭމެން އަނބިންނާއި ދަރިން އަދި އިންޑިޔާއަށް ވިއްކާނެ ދުވަސް އިންނާނެ ތިބޭ ބަލަން މާދަން ދުނިޔޭގައި ކަލޭމެންވެސް މަވެސް ނުހުންނާނެ ތިބޭނީ ދަރިން އިންޑިޔާގެ އަޅުންގެ ގޮތުގަން އެދަރިން ވާނެ މުޅި ގައުމު ހޭލާ ހޭލާ ހޭލާ ފަނޑިޔާރުންނާއި ވަކީލުން އެންމެ ބޮޑަށް މިކަމާއި ވިސްނަން ޖެހޭނީ ނޫންތޯ.

  15. Anonymous

    ރާއްޖޭގައި ޒަމާނުއްސުރެ އޮތް ދޫ ބަންދުވެފައި އޮތް އޮތުމަށް ދޫދިނުމަށް އެދި އެއްމެ ބޮޑަށް ވަކާލާތުކޮށް ހެދިމީހުންނަށް ވެރިކަން ލިބުނީމާ މިކަން ހަމަމިޖެހުނީ ޖެހުނުތާނގައި.އަލުންއައިކޮޅަށް ހުރިހާކަމެއްވެސް އެނބުރި މިޖެހެނީ. މިކަމުން ދޭހަވަނީ އެއްވެސް ދުލުގެ މިނިވަންކަމެއް ރައްޔިތުންނަށް ދޭ ބޭނުންވެގެން އެމްޑިޕީ ޖެހި ސަކރާތެއްނޫންކަން. އެމްޑީޕީ އޭރުދެއްކި އެއްވެސް ވާހަކައެއް އެގޮތަކަށް އެމީހުންނަށް ވެރިކަން ލިބުމުން. ނުހިނގާ.ދެއްކީ ހުސްވާހަކަ. ޖެހީ ހުސްސަކަރާތް. މައުމޫނު އަށް ފާޑުކިޔަމުން. ރައްޔިތުންގެ ތެރޭގައި އޮތް އެކުވެރިކަމާ ސުލްޙަ މަސަލަސް ކަން ނަގާލުމަށް އެމްޑިޕީ ޖެހިސަކަރާތެއްކަން މިހާރު އެގިއްޖެ.ވެރިކަމާ ހެދީ ކަރުހިފަނީ.ކޮބާ މިވީ ކިހިނެއް.

  16. ޖަބުރާ

    މީނައަކީ ކުލަ ބަދަލުކުރާމަހެއް. 12 އަނގަޔާ 10 ދޫ މީނައަތުގައި އޮވޭ..