ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދިފާއު ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވި އިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވަނީ ކަނޑައަޅައިފައެވެ.

އަދި އިދިކޮޅު ފަރާތްތަކުން ހިންގަމުން އަންނަ ކެމްޕެއިން ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ އިން ބަރޯސާވެފައި ވަނީ އަވަށްޓެރި އިންޑިއާއަށް ކަމަށެވެ. ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ސަމިނިވަންކަމާއި އިސްތިގްލާލް ދިފާއުކޮށް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި، އިންޑިއާގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށް ވެސް ޝަރީފްގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.

އެކަމުގެ ސަބަބުން ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް ރައީސްގެ ގަރާރުގައިވެއެވެ.

ރައީސްގެ ގަރާރާއެކު، ފުލުހުން ވަނީ މާލޭގެ އިމާރާތްތަކުގެ ބޭރުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެެނާތައް ނަގަން ނުކުމެފައެވެ. އެގޮތުން، ޕީޕީއެމްގެ އޮފީހުގައި ދަމާފައި ހުރި ބެނާގެ އިތުރުން، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދެމި ބޮޑު ބެނާ ވެސް ނެގިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބުރާންތިވޯޓާ

    މުސްލިމުންގެ ހިމާޔަތަށް ބުދަށް އަޅުކަންކުރާ މުޝްރިކުންގެ ކިބައިން އެދުމަކީ އިސްލާމްދީނުގައި ގަދަ އަމުރުން ނަހީ ކުރައްވާފައިވާކަމެއް. ނޭނގޭނަމަ އިސްލާމްދީން އުނގެނި ދަސްކޮށްގެން ހުރި ޢިލްމުވެރިއަކާ ސުވާލުކުރާށެވެ.

    40
    1
    • ޙައްގުބަސް

      ބުރާންޗާ!! ކަލެއަށް އިންޑިޔާިން ކިހާވަރެއްދީގެން ޓްވީޓްތިކުރަނީ؟ ގައުމަށް ޣައްދާރުނުވޭ!! މިސަރުކާރުގެ ނިމުން އިރާދަކުރެއްވިއްޔާ ދާދި ކައިރިވެއްޖެ!! މިކަހަލަ ގައުމަށް ޣައްދާރު ބުރާންތިންތަ ބޭރުކުރޭ މަގާމުތަކުން ރައްޔިތުންނޭ!!

  2. Anonymous

    ރާއްޖޭގެ މިނިވަންކަމަށް އުނދުޅި ބާނަން އިންޑިއާ ބޭނުންވާނެ. ބޮޑެތި ގައުމުތަކުގެ ބޮޑެތި އުނދުޅި ކުދިގައުމުތަކުގެ ތެރެއަށް ބޭނުމަކީ ބޮޑެތި ގައުމުތަކުން ކުރާ ކަމެއް. އެމެރިކާގެ އުނދުޅި އިންޑިއާގެ މިނިވަންކަމަށް ބާނާ. ރަޝިޔާގެ އުދުނޅި ވެސް އިންޑިއާގެ މިނިވަންކަމަށް ބާނާ. އުނދުޅި ބާނަން ފުރުޞަތު ދީގެން މިނިވަންކަންމަތީ ތިބުން ރަނގަޅީ. އިންޑިއާގެ އުނދުޅި ނުބާނައިފިއްޔާ ޗައިނާގެ އުނދުޅި ބާނާނެ. މި ނޫން ގޮތެއް ނެތް ދޯ.

    17
    7
  3. އަބްދޫ

    ސަރީފް ރާއްޖެއަކީ މިނިވަންގައުމެއް . މިނިވަންކަން ދިފާއުކުރަން ރާއްޖެއަށް ބޭނުންވަނީ ހުރިހާގައުމަކާއެކު ހަމަހަމަ ހާރިޖީ ސިޔާސަތެއްގެންގުޅުން. މިހާރު މިވަނީ ވަކިފަރާތަކަށް ޖެހި ވަކިފަރާތަކަށް ބުރަވާ ހާރިޖީ ސިޔާސަތެއް ފަށަފަ. މިހެން ވުމުން ރާއްޖޭގެ މިނިވަންކަން މިވަނީ ގެއްލިފަ.ނުވަތަ ގެއްލުވާލާފަ.

    38
  4. ޫހުސެން

    ކޮންްކަހަލަ ކަޅޮދަބަހެއް އިންޑިއާ އިން މިކަލޭގެ އަށް ދިނީ ' ކުރީގަވެސް މިތާމިނިވަންކަން އޮވޭ ، ކުއްލިއަކަށް މިހާރު އިންޑިއާ ބޭނުންވެގެން މިއުޅެނީ ކޯޗެއް ގެއްލޭތީ މިމީހުންނަށް.

    33
  5. ޖާނޭ

    ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އިންޑިއާގެ އެހީބޭނުންވަނީ ކޮން ބައެއްގެ ކިބައިންތޯ އަހާލަން ބޭނުންވޭ މަވޯޓާގެ ކިބައިން. ރާއްޖެއާ ހަގުރާމަ ކުރަނީ ކޮން ޤައުމަކުންތޯ އަހާލަން ބޭނުންވޭ؟ ދިވެހި ތާރީޚް ހެކިދޭ ގޮތުގައި، މިހާތަނަށް ރާއްޖެއާ ހަގުރާމަކޮށް ވެރިން ހައްޔަރު ކުރުމަށާއި އަޅުވެތި ކުރުމަށް ހަގުރާމަ ކުރީ އިންޑިއާއެވެ. އެއީ
    - ކަންނަައްނޫރު ޢަލީ ރާޖާ ( އިންޑިއާ)
    - ގޯދީ ރާޖާ ނާކާމިޔާބުވި ބަޣާވާތަށް ޕިޗޯރީން ގެނައުން (އިންޑިއާ)
    - 9 ވަނަ ހަސަން ރަސްގެފާނު ފޮނުވި ލަޝަކަރު
    - ކަނައްކަ ފޫޅު (އިންޑިއާ)
    - 1988 ގެ 3 ނޮވެމްބަރ ގެ ނާކާމިޔާބުވި ބަޣާވާތް (އިންޑިއާގެ ތަމަޅައިން)
    ވީމާ، މިވަރަށް ދިވެހި ފަސްގަނޑަށް ދަހިވެތިވެފައިވާ ޤައުމަކާ ގުޅުމުން ލިބޭނެ ކެހި ވަރަށް ސާފުވޭ. އަނެއްކޮޅުން ބަލާއިރު ރާއްޖެއާ ހަގުރާމަ ކުރަން އުޅެނީ ކޮން ޤައުމަކުންތޯއެވެ؟ އިންޑިއާއަކީ އަވަށްޓެރިންނަށާއި މުސްލިމުންނަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ޤައުމެއް. މިހާރުވެސް މުސްލިމު އަންހެން ކުދިން ބުރުގާ އަޅާތީވެ ކިޔެވުމުންވެސް އެބަ މަޙުރޫމް ކުރޭ. އެކަކު ހައިރާން ވާން ޖެހޭ ކަމަކީ ޕަންޖާބީންނަށް ފޮށާ (ޓާބަން) އަަޅައިގެން އުޅެވޭ. ޔުނިފޯމް ބޮޑީތަކުގައިވެސް އެމީހުން ތިބެންޏާ ކެޕްގެ ބަދަލުގައި އަޅަނީ ޓާބަން (ފޮށާ). ކްރިންޓިއަން ފައްޅިތަކުގައި އުޅޭ އަންހެން ހާމަދުރުން ހަމަ މުސްލިމުން އަޅާވަރަށް ހެދުން އަޅަން އެއްވެސް ހުރަހެއް ނެތް. އެކަމަކު މާތް ﷲ އަށް ސަޖިދަ ކުރާތީވެ، ހަސަދަވެރިވަނީއެވެ. ދެން މިވަރުގެ ޤައުމަކާ ދިވެހި ރާއްޖޭގެ މިނިވަންކަން ބަލަހައްޓަން މިމީހުނާ ޙަވާލު ކުރަން ޖެހެނީ ކޮން ކަމަކާ ތޯއެވެ؟ މިކަމަކީ ރިޝްވަތާއި ފަސާދައިން ކަޅިވެފައިވާތީވެ ލިބޭ ލާރިގަނޑުގެ ކުލަވަރު. އަނެއްކޮޅުން ބަލާއިރު، މަވޯޓާއަކީ އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިދާ ގަނޑު ލިބުނު މީހެއް. ހަރުބަހެއްގައި އޮވޭ " އެއްފުޅަށް މަތިން ފުއްމާޅި ބަކަރި 7 ފުޅަށް މަތީންވެސް ފުއްމާލާނެޔޭ" ވީމާ، މަވޯޓާމެންގެ އެކަންއުންޓް ތައް ވަޤުތުން ޗެކް ކުރެވޭނެ ގޮތެއް ހޯދައި ވަޤުތުން ކޯޓް މެދުވެރިކޮށް ހައްޔަރު ކުރަން ޖެހެއެވެ.

    25
  6. އހ

    ގޭ ގެ އެދުގައޮވެ މިނިވަންކަން ހޯދަބަލަ އިންޑިޔާ ގޮވައިގެން

    24
  7. އަސޯ

    ތިޔަކަހަލަ ބޮލު ރޮދިކެނޑިފަ ހުންނަ ދިވެހި ދަރިންނާހުރެ މަލިކު ރާއްޖެޔައް ގެއްލުނީ މިހާރު އަވައްޓެރިން މަސައްކަތް ކުރަނީ އައްޑު އަތޮޅު އައްދަށު ލެވޭތޯ މިކަމަކީ ދުރާލާރޭވިގެން ހިންގާ ޖަރީމާއެއް

    23
  8. އަފީ

    މީއަޅެހޭބުއްދިސަލާމަތުންހުރިމަވޯޓާއެއްބާ؟
    ބަލަމިތިބަ ގަމާރުންތަކެތްދޯ މީގެކުރީދިވެހިރާއްޖެ
    މިނިވަންކުރީ އިންޑިޔާތަ ހާދަހަޔާތްކުނޑަވާހަދައްކާބަޔެކޭ
    ދޯމީ ފައިސާގެދަހިވެތިކަމުގަތިއްބަސްތީބޮނޑުވަރު!
    ދިވެހިގައުމެއްނޫވިއްކާގެންތިއުޅެނީކީ ދިވެހިއަސްކަރިތްޔާ
    ވިއްކާފި ކަލޭމެން މަޖިލީހައްވެއްދިބަޔަކު މިގައުމައްވާ
    ކޮއްމެގެއްލުމެއްގެޒިއްމާނަގަންޖެހޭނެ؟ އަޅެމިގައުމުގަތިބި
    ލޮބުވެތި ދިވެހިރައްޔެތުކޮބާތޯ؟ މީސިޔާސީކަމެއްނޫ މީގައުމީ
    ކަމެއް ހޭއަރާދަރިންނޭ؟ ގައުމައްޓަކާ އިސްލާމްދީނައްޓަކާ
    ގައުމުގެދިފާއުގާނުކުމޭ ދަރިންނޭ؟ އިންޑިއަރު އައުޓް

    17
  9. ރޫޅާލި

    ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރޫޅިގެން ހިނގައްޖެ އިންޑިއާ މީހުން ކައިރީ ރީތިކޮށް ފައިބަން ބުނީމަ ނުފޭބީމަ. ދެން އެރި ވެރިކަމުން މިހާރު އެއޮތީ ގައުމު އަޅުވެތިކުރަން އޯކޭ ދީފަ. އެއްވެސް ބަޔަކު ނުއުޅޭ ރާއްޖޭގެ މިނިވަންކަން ނަގާލާކަށް މިހާރު ތިބި ވެރިންނޫނީ. މިނިވަންކޮށް އޮތް ގައުމެއް މިހާރު މިވަނީ އަޅުވެތިކޮށްފަ. އެކި ނަންނަމުގަ ސޮއިކުރާ އެއްޗެހީގެ ނިވަލުގަ ހިތަކަށް އިންޑިއާ ބޭނުން ކަމެއް ކުރަން މިގައުމު މިއޮތީ ދީފަ.

    24
  10. ރާޒީ

    އެންމެންވެސް އެހީ ބޭނުންވާނެ. ޢެކަމަކު ތިބުނާ އެހީގެ އަގަކީ ކޮބާތޯ ؟ މިފެންނަނީ އެއީ ދީނާ މިނިވަންކަމަށް

    1
    1
  11. ޑީޑީ

    ޝަރީފުވެސް ތިހެން ތިބުނަނީ ހަމަ ހިތާއި ދެކޮޅަށްކަން ޔަގީން. ތިމާމެންނަށް ލިބުނު ބޮނޑިވަރު ގެ ސަބަބުން ތިޔަތިބީ ބޭރުގައުމެއްގެ މުށުތެރޭގައި ރަނގަޅަށް ހައްޔަރުވެފައި. ދެން މިއަދު އިންޑިޔާ ސިފައިންގެ މީހަކު ގޮސް ޝަރީފުގެ ގެއަށް ގަދަކަމުން ވަދެގަތަސް ޝަރީފުމެންނަށް ގޯސްވާނީ ގޭގައި ތިބި ގާތްތިމާގެ މީހުން. އެހިސާބަށް ތިޔަތިބި ތިމާމެން އަމިއްލަޔަށް ވެއްޓިގަނެގެން. ދެން ހަމަ މަރުދުވަހަށް އުޅެވޭނީ ހަމަ ތިހެން އިންޑިޔާއަށް ސަނާކިޔާލަ ކިޔާލައި.
    ރީޗާޖް ޕޮލިޓިޝިއަނުންނަށް އުޅެވޭނީ ވެސް ތިގޮތަށް.

    2
    1
  12. ޖާނޫ

    ރާއްޖެ އާއި އައްޑޫ ހިމާޔަތް ކުރަން މަވޯޓާ ސަރީފް އެމް ޕީ ކަމުން ދުރުކުރަން އެބްޖެހޭ ލާހިކަ އެއް ނޫން ދެނެއް މަވޯޓާ ޔަކައް މަރަދޫ ގޮޑި ކާމިޔާބު ކުރާކަށެއް ފާއިސާ އަޅައިގެން ވެސް މަވޯޓާ ބޭރުކުރާނަން އަހަރުމެން ޒުވާނުން

  13. Anonymous

    ޖީބަށް ވަންނަ ފައިސާކޮޅަކަށް ޤައުމު ވިއްކާ ބަގަ

  14. ހާމިދު ޝާޙިދު

    ޝަރީފް ތިހެން ތިޔް ބުނަނީ އެގެން ގައުމަކުން މިތަން ހިފަން ހަމަލާއެއް ދޭން އުޅެނީތޯ! ކީއްކުރަންތޯ، މި މުސްލިމް ފަސްގަޑަށް ޝިރުކުގެ އެންމެ ސުންޕާ ބިމުގެ ވެރިންނާ ގާތްކުރަންވީކީ. އަހަރުމެންނަށް ބައިނަލްއަގުވާމީ މިންގަނޑުތަކުން ލިބޭ ޕްރޮޓެކްޝަނުން މިނިވަންކަން ދިފާއު ކުރެވިދާނެ.

  15. ގައުމު

    ތިމީހުންނަކީ މިގައުމު ޖަހާގަންނަން ކެތްމަދުވެފަ ތިބިބައެއް. އެންމެފެރަތަމަ އަތުލަން މަސައްކަތް ކުރާނީ އައްޑޫ އެއައްފަހު ފަހަރަކުބައެއް. ތިތިބީ ލާރިކޮޅަކާހެދި ހޭބަލިވެފަ. ނިކަން މަސައްކަތްކޮއްގެން ލާރިހޯދަން ދަސްކޮއްބަލަ.